ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަނގާ ކުރުމުގެ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޑީއާރުޕީން ސިޔާސީ ހަޔާތް ފެށްޓެވުމަށް ފަހު، 2013 ގެ ރިޔާސީ އިންތިޚާބަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ރޮޒައިނާ އަކީ "އެމްޑީޕީގެ ދޮން މަންމަ" ގޮތުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ޕާޓީގެ މެންބަރަކު ލިޔެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރޮޒައިނާ ރޭ ކުރެއްވި ޓްވީޓެއްގައި މި ކަމަށް ރިއާޔަތް ކުރައްވަމުން އޭނާ ވިދާޅުވީ ދެކެވަޑައިގަންނަވާ ގޮތެއް ހާމަ ކުރެއްވުމުގެ ވިސްނުން އޮތުމަކީ ސިޔާސީ ގޮތުން "ދޮން މަންމަ" ކިޔަން ޖެހޭ ކަމަކަށް ވާނަމަ އެކަން "ތައުރީފް" އެއް ގޮތުގައި ބަލައިގަންނަ ކަމަށެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީގެ މެންބަރުންގެ ފަރާތުން "ހަނގާ" ކުރުމުގެ އަމަލުތައް އަމާޒުވާ ކަން ރޮޒައިނާ ވަނީ ފުރަތަމަ ފަހަރަށް އާންމު ތަނެއްގައި ހާމަ ކުރައްވައިފައެވެ.

ރޮޒައިނާ ކުރެއްވި އެހެން ޓްވީޓެއްގައި ފާހަގަކުރެއްވި ކަމަކީ ހަނގާ ކުރުމަކީ ހަމައެކަނި ސްކޫލްތަކުގައި ހިނގާ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން، އޭނާއަށް ހަނގާ ކުރުމުގެ އަމަލުތަކާ ކުރިމަތިލާން ޖެހުނީ ސްކޫލްގެ ބަދަލުގައި މަޖިލީހުގެ ތެރެއިންނެވެ.

ރޮޒައިނާ ފާހަގަކުރެއްވީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އިތުރުން އަމިއްލަ ޕާޓީގެ މެންބަރުންގެ ފަރާތުން ވެސް ހަނގާ ކުރުމުގެ އަމަލުތައް އަމާޒުވެފައި ހުންނެވި ކަމަށެވެ.

"އަޅުގަނޑަށް ސްކޫލްގައި ބުލީއެއް ނުކުރޭ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބުލީ ކުރުމާއި، މޫނަށް ކުޅު ޖެހުމާ ލައްކަ ކަންތައް ދިމާވެއްޖެ، އިދިކޮޅުން ވެސް އަދި އެއްކޮޅުން ވެސް." މަޖިލީހުގައި ތިންވަނަ ދައުރެއް އަދާ ކުރައްވަމުން ގެންދަވާ ރޮޒައިނާ ވިދާޅުވިއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާގެ އޭރުގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ އޭރުގެ ލީޑަރު އަހުމަދު ނިހާން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ކުރިމަތީގައި ހުންނަވާ ރޮޒައިނާ އަޑުގަދަ ކުރައްވަމުން ގެންދެވިއެވެ. ދެން ނިހާން އަނގައަށް ފެންފޮދެއް ލުމަށް ފަހު ރޮޒައިނާ ގަޔަށް ފެން ޖެއްސެވި މައްސަލަ އޭރު ވަރަށް ބޮޑަށް ހޫނުވިއެވެ.

ރޮޒައިނާ ވިދާޅުވީ އޭނާ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ އެއްވެސް މީހަކު ކިޔާ އެއްޗަށް "އާނއެކޭ" ވިދާޅުވާން ނޫން ކަމަށެވެ. ސިޔާސީ ދާއިރާގައި އުޅުއްވާ މަދު އަންހެނުންނަށް އަމާޒުކޮށްގެން ހަނގާ ކުރަމުންދާ ކަމަށާއި އެއީ ވަރަށް ދެރަވަރު ކަމެއް ކަމަށް ރޮޒައިނ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސސ

    އަބިން ނާއި ފިރިން ވެސް ދަރިން ނާއި ބޭބެ ކޮށްކޮ ތިބެގެން މަސައްކަތް ކުރާތަނެއް !

    20
  2. މާރިޔާ

    ފެނުނަސް ފޫހިވޭ

    30
    1
  3. ބަޒީގަރ

    މަޖްލިސް މެމްބަރުން ރައްޔެތުންގެ ޓެކްސް ލާރީން ނުކަތާ ވަރުގެ ބޮޑު މުސާރަޔެއް ނެގުން އެއި އެކަނިވެސް ރައްޔެތުންނައް ތި ނުފުރުއްޕާން މަޖްލިހުން ހަންގާ ކުރުން. ކަލޭމެންނައް ނުފެންނާނެ ކަލޭމެން ކުރާކަންތަކެއް. އަހަންނައް ވަރިހަމަ ކަލޭމެން މަޖްލިސް ތެރޭ އެކަކު އަނެކަކު ރޮލާ ކެޔަސް. ކަލޭމެންނައް ސުޕަރ މެޖޯރިޓީ ލިބުނީމަވެސް ޤައުމު ނުހިންގުނު. ނަސީބެއް ކަލޭމެންނައް ސުޕަރ މަޖޯރިޓީ ލިބުންކަން އެހެންނޫނަމަ އިދިކޮޅު ބޮލުގަ އެޅުވިސް ޤައުމުނުހިންގިގެން ބޮއްސުން ލަމުން ހުރިހާކަމެއް ފެއިލްވެގެން މިހާރު މިދާގޮތް. މަޖްލިސް އުވާލަންވީ.

    36
  4. ފާތުމާ

    ދޮންމަންމަ ނުކިޔާ ، ދޮންތަ ކިޔަންތަ؟ ދޮން އާދަންފުޅުގެ ދޮން ރޮޒައިނާ ސަޅިވާނެ

    27
    2
  5. ސައިނޯ

    ދެން ލަލލަަލަލާ ސިޔާސީ ވެވޭނީ ކޮންމެ ވެސް ވަރަކަށް ރަންޑިން ނަށް ވެސް ވެގެން

    23
    2
  6. މަންސޫރު

    އެއީ ތެދެއް މިހާރު ބުނުއްވަނީ "އާނއެކޭ" ނޫން މިހާރު ވިދާޅުވަނީ " އާދެ، ލައްބަ "
    ދެމުށްކެހެރި ރޮޒައިނާ

    25
  7. އައްޑޫ މީހާ

    މި ރޮޒައުނާ މެންގެ އެކަނި ދުލެއްވެސް އޮންނަނީ އަދި އޮންނަން ޖެހެނީވެސް އެހެން ބަޔަކު އެއްޗެކޭ ކިޔާ އިރަށް ފަޅައިގެން ދަނީ މިމީހުން އެހެން މީހުންގެ އަބުރު ކަތިލަމުން ބުލީ ކުރަމުން ދުވިޔަސް އެނުވޭ އެއްވެސް ކަމަކަށް

    19
    1
  8. މުހައްމަދު

    ރޮޒޭއަށް ފުރައްސާރަ ކުރާލެމަދު ގިނައިންކުރަންވީ މިގައުމު ހަލާކުކޮށް މާމޮޅުމީހަކަށް ވެގެން އުޅޭ މީހެއްތިއީ

    16
    2
  9. ސަލީމް

    ދެން ތިމައްސަލަ ބެލޭނީ ކޮންތާކުންބާ؟

    12
  10. Anonymous

    ކަލެޭވަރު ހަޔާތްކުޑަމީހަކައް އެހެންމީހަކު ގަނަާކުރާނެ ގޮތެއް ނުވިސްނުނު އެިރުން އެމީހާ ނޮޅަާލަާނެ

    15
    1
  11. ބުއްޅަބޭ

    މަޖިލީހުގަ ހަނގާ ކުރީމމ މަ ފިޔަވަޅު އެޅޭނެތަ؟

    15
  12. ބުލް ބުލް

    ރޮޒޭ ރީތިވީމަ ކަމަށް ވާނީ...

    1
    4
  13. ރެފިއުޖީ

    މީ މީހަކު ހަނގާ ކުރާ ވަރުގެ މީހަކީތަ؟

    14
  14. ޝެހެންޝާހު

    ބައްލަވާ ކަމަނާ
    ސިޔާސީ ދާއިރާގައި ކަމަނާ އުޅުއްވާ ކަމުގައިވާނަމަ ރައްޔިތުން ފާޑު ކިޔާނެ.އެކަމާ ހިތްހަމަނުޖެހެންޏާ ސިޔާސީ ދާޢިރާއިން އިސްތިިއުފާ ދިނުމަށްފަހު ދުނިޔަވީ ކޮންމެވެސް އެހެން ކަމަކާއިގެން އުޅުނީމާ ހުންނާނީ ރަނގަޅަށް ކަމުގައި ދަންނަވަން.

  15. އައްޑޫ ޝަކުވާ ބޯޓު

    ވަރަށް؛ ފުރިހަމަ؛ އުސާމްގެ؛ ގިނަ؛ ލިޔުންތަށް ؛ ޕާސްޓް؛ މައުުލޫމާތު؛ ޕްރެޒެންޓާ؛ އެކީ؛ ގެނެސްދޭތީ؛ ވ؛ ޑީޓެއިލްޑް؛ ވ؛ ޝައުގުވެރިކަމާއިއެކު: ކިޔާލެވެ؛

  16. އަށާރަވަނަމަޖްލިސް

    ކަނޑުގަލެއްވިނަމަ އޮޑިދޯނިފަހަރު ދުއްވަން އުނދަގޫވީސް އެވަރުގެ އަންހެނަކައް ނުކެރޭނެ ކަމަނާއައް ގަނާކުރާކައް