ގދ. ތިނަދޫން އިތުރު 24 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު އިތުރު 24 މީހަކު ތިނަދޫން ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 645 އަށް އަރާފައެވެ.

ތިނަދޫން ބަލި ޖެހުނު މީހުންގެ ތެރެއިން 397 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައިތިބީ 248 މީހަކު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ބަލި ޖެހިގެން މިވަގުތު ހަތަރު މީހަކަށް ފެސިލިޓީގައި ފަރުވާ ދެމުން އަންނައިރު، އެކަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ތިނަދޫގެ ހާލަތު ގޯސްވުމާއި ގުޅިގެން އެރަށް ވަނީ ފުރަބަންދުކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު ވަގުތު އިތުރުކޮށް، ބޭރުގައި އުޅުމަށް ހާއްސަ ހުއްދައެއް ބޭނުންވާ ގޮތަށް އުސޫލު ވަނީ ބަދަލު ކޮށްފައެވެ. އެ ހުއްދަ ދެވޭނެ ކޮންމެ ގެއަކަށް ދެ ހުއްދައިގެ މަގުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ތިނަދޫން އިތުރު 24 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އެ އަތޮޅު ގައްދޫން ވެސް މިއަދު އިތުރު ފަސް މީހަކު ފައްސިވެ، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 149 އަކަށް އަރާފައެވެ. އެހެން ނަމަވެސް 93 މީހަކު ބަލިން ރަނގަޅުވެ، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 56 މީހުން ކަމަށް ވެސް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮއި

    ހޭލުންތެރިކަން ކުޑައީ.
    މަގުމަތިން ، ފިހާރަތަކުން ރައްޓެހިން ފެނުނީ މާ އަދިވެސް ސަލާ މް ކުރު މާއި ، މަގުމައްޗަށް ކުޅުޖެހުންވެސް އެހާގިނަ.
    ޜައްޔިތުން ހޭލުންތެރިކުރުމުގެ ބޭނުން ބޮޑު

    7
    2
  2. Anonymous

    މިވަރަށް ހިފެހެއޓުމެއްނެތި މައްޗަށް ދާއިރު މިކަން ކޮންޓުރޯލު ކުރެވޭގޮތެއް ބަލައި ހޯދައި ދިރާސާ ކުރަންނުޖެހޭތޯ މިއަށްވުރެ މާއާބާދީބޮޑު މާލެވެސް އެއޮތީ ކޮންޓުރޯލުކޮއްފަ ފިދުގައި ރޯވެ އަރާއިރު އަދިވެސް ހޭވެރިކަންނުވަނީތޯ،؟؟؟؟؟؟؟