ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުންދާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ލުއިތަކެއް ދިނުމަށް މަޝްވަރާ ކުރެވުނު ނަމަވެސް އެކަމަށް އަދި ގޮތެއް ނިމިފައި ނުވާ ކަމަށް ސަރުކާރުން ހާމަ ކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮވިޑް ޖެހި ރަނގަޅުވެފައިވާ ފަރާތްތަކަށް ކަރަންޓީނަކާއި ނުލައި ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ވެކްސިން ގެ ދެ ޑޯޒު ފުރިހަމަ ކުރި މީހުންނަށް ދޭ ލުއި ރައީސް ހާމަ ކޮށްފައެއް ނުވެއެވެ.

އެކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކޮވިޑް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއި ދިނުމާއި ގުޅޭގޮތުން ރޭވެސް ޓެގް ޓީމުގައި މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް އެކަމާއި މެދު ގޮތެއް ނުނިންމުނު ކަމަށެވެ.

މިކަމާއި ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ލުއިތަކެއް ދިނުމުގައި ހުރަސްތަކެއް އެބަ ހުރި ކަމަށާއި އެއީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންގެ ނިސްބަތް ކުޑަވުމުން ކަމަށެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 38 ނުވަތަ 40 އިންސައްތަ ކަމަށާއި ލުއިތަކެއް ދެވޭނީ ރާއްޖޭގެ 70 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ދިމާވެގެން މި އުޅޭ ކަމަކީ ދެ ޑޯޒު އަޅުގަނޑުމެން ބޭނުންވާ ވަރަށް ޖެހިފައެއް ނެތް. އެހެންވީމާ އަޅުގަނޑުމެންނަށް މި ރިސްޓްރިކްޝަން މިއަންނަނީ. ވާހަކަ އަކީ މުޅި ރާއްޖެއަށް ދެ ޑޯޒު ޖެހިފައި އޮތްނަމަ، ބޭނުންވާ ވަރަށް އެއީ 75 އިންސައްތަ އަށް ޖެހިފައި އޮތްނަމަ، މި ކަންތައް ކުރެވިއްޖެ އަސްލު" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ވެކްސިންގެ ޝިޕްމެންޓް ރާއްޖެއަށް ޖުލައި މަހުގެ ތެރޭގައި ލިބުމުން ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރު ކުރެވުނީމަ އެބޭފުޅުންނަށް މިނިވަންކަން ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޙޯރަ

    ކަލޭމެން ދެމީހުންގެ އަނގައޭ ކިޔާބަލަ. ދެގެރި ބޯ ނުދުެްވާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    18
    • ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

      ދެން ރަނގަޅީ މަށަށް ކޮވިޑުޖެހުނިއްޔާ ތި ވީ ގޮތުން.. ކަރަންޓީނު ނުވެ ރަށަށްދެވެންޏާ އޯކޭ މަ ބަލިވިޔަސް

      2
      3
  2. ައަބްޅޯ

    ރާއްޖޭގައި ކޮވިޑުޖެހި ރަނގަޅުވެފައިތިބިމީހުންގެ އަދަދު %70 އަރަނީބާ؟ އެމީހުންނަށް ލުަިތަކެއްދޭން ނިންމީ

    20
    1
  3. ޥިޝް

    ވެ ކްސިން އާބާދީގެ ބޮޑު ބަޔަ ކަށް ދެވިގެން ދޯ ލުއި ދެވޭނީ. ޢިންސައްތަ އަދި ވަރަށް ދަށް. މިހެންވީ ވެ ކްސިންވެސް ނުލިބުނީމަ. ޖެހޭނެ ގޮތެއް ނެތް

    16
  4. ޙަސަނާ

    ތިޔަބުނާ ވެކުސިނެއް ޖުލައި މަހުތެރޭ ވެސް ލިބޭނެ ކަމުގެ އުއްމީދެއްނެތް ވެކުސިން ދިވެހިރައްޔިތުންނައްނުޖެހިގެންމިއުޅެނީ ސަރުކާރުގެ އިހުމާލުން.....

    24
  5. އުސްމާނުބެ

    އެންމްފަހުން ހުން ނިމޭއިރު ކޮވިޝީލްޑް ވާނީ ބޭކާރު އެއްޗަކައް، މިހާރުވެސް ގިނަ ގައުމު ތަކުން ގަބޫލް ކުރާކަމަކައް ނުވޭ...

  6. ޥެސް

    މީގެން އެގޭކަމަކީ ކޮރޯނާ ޖެހުން މާރަގަލހުކަން

  7. މޮޔަގޮލާ

    ފިއްތައިގެން ތިބެލާ އެހެންވިއްޔާ!

  8. ކާފަބޭ2020

    މިއީއަޅެ ދުފާއެއްޗިއްސޭކިޔާމީހެއްތަ؟ މިހަފްތާގަމިއަންނަމަހު އަދި15ދުވަސްފަހުން މިހެންކިޔާތާ ވީދުވަހެއްއިގޭތޯ؟ ތިމާގެނާޤާބިލުފޮރުވަން ކަތިލާކަންބަޅިއަށް ދެޑޯޒްފުރިހަމަވީމީހުން ޖޯޖް ފުޅިއްސާލިހެންދިވެހިންނަށްވެސްހަދަންތޯތިއުޅެނީ!؟؟؟؟؟

  9. ސިކުނޑި

    ރާއްޖޭގެ 70 އިންސައްތަ ވެކްސިން 2 ޑޯޒް ފުރިހަމަނުކުރާއިރު އިންޑިއާ ފަތުރުވެރިން ގެނައުމަކީ ގޯހެއް!

    12
  10. ޙަބީބު

    ދެވަނަ ޑޯޒް އާބާދީގެ %70 އަށް ނުޖެހިއޮތީ އެވަރަށް އެ ނެތުމުން. ސަރުކާރުގެ އިހުމާލު. ދެން މިހާތަނަށް ދެޑޯޒް ޖަހާފަ ތިބި މީހުންނަށް ކޮންމެވެސް ރަނގަޅު ގޮތްތަކެއް ހަދާދޭން ވެއްޖެއެއްނު؟ އޭރުން ދޯ ދެވަނަ ވެކްސިން ލިބުނީމަވެސް ދެވަނަ ޑޯޒް ނުޖަހާ މީހުންވެސް މޯޓިވޭޓް ވާނީ.

  11. ތޯތާ

    ދެޑޯޒްޖެހިމީހުންނަށާ ލުއިނުދީ ރާއްޖެއަންނަ އިންޑިއާ މީހުންނަށް ލުއިދިނުމަކީ ހަމަޖެހޭކަމެއްތޯ ފުރަތަމަބުނީދެޑޯޒުޖެހުމުން ކަރަންޓީނުނުވެ ރައްރަށަށްދަތުރުކުރެވޭނެ ކަށް މިހާރު ގޮނުގޮހޮރަށް

  12. ސސ

    ވެކްސިންގެ ނަމުގައި ފެންތޯ ޖެހީ !

  13. Anonymous

    މީ އަޅެ 100 އަނގައިން ވާހަކަ ދައްކާ މީހެއްތަ. ލަދުގެ ކަންފުޅެއްވެސް ނެތް. ދޮގަކަށްފަހު ދޮގެއް ހަދަހަދާ އެ ހުންނަނީ.

  14. އަޙްމަދް

    ދެޑޯޒް ޖަހާފަ ދެންޖެހެނީ އޯވަޑަޒޯވާން......
    އޭރުން ލުއި ލިބޭނއެވެ.

  15. އައްޑޫ ޝަކުވާ ބޯޓު

    މިމީހުން އުޅެނީ ދިވެހިން މަރަން.
    މިފަހަރުވެސް ހުރިހާ ލުއިތަކެއް މިދިނީ ޢިންޑިއާ ފަތުރުވެރިންނަށް ހުއްދަދޭން. މިޙާރުވެސް އިންޑިއާގައި ކޮންޓްރޯލް ނުވެ ފެތުރޭ އެންމެ ނުރައްކާތެރި ކޯވިޑް ވެރިއަންޓްވެސް ދިވެހިންތެރޭ ދެން ފަތުރާލާ. ކުރީފަހަރުވެސް ހެދިހެން، ފަތުރުވެރިންނޭ ކިޔައި އެމީހުންގެ ކަރަންޓީނު މަރުކަޒަކަށް މިގައުމު ހަދައި ކޯވިޑް ފަތުރާލީ. މިމީހުން މިޖައްސާ ސްޓަންޓްތަށް ދިވެހިންނަށް އެނގި ލޯ ހުޅުވޭނީ ކިހާވަރެއްވީމަތަ؟
    އަހަރުމެންނަށް ހެޔޮއެދިގެން ރަނގަޅަކަށް އެެއްވެސްކަމެއް ނުކުރާނޭ.

    ޢިންޑިއާ ގޮނޑިކޮއްކޮ ސަރުކާރު!

  16. އަހުމަދު

    ނުޖެހޭ 2 ޑޯޒު ޖެހިއަކަސް ލުއި ދޭކަައް. މިހާރު މިއޮތް ގޮތަށް އުޅެން ދަސް ކޮއްލާ.

  17. ހުސެން

    ޥޯޓް ލާންދެވޭނެ ޑޯޒެއް ފުރިހަމަނުވިއަސް.

  18. މޮޔަގޮލާ

    ލުޔެއް ނުދީ ފިއްތައިގެން ތިބޭ! ﷲ އިރާދަކުރެއްވިއްޔާ، އަންނަ އިންތިޚާބުގައި ކުޅި ދައްކާލާނަން.

  19. ދެބޯގެރި

    މިހާރު މިއޮތް ގޮތުން މަވެސް ވެއްޖެ ކޮރޮނާ މީހެއްގެ އަތުން ގަނެގެން ނަމަވެސް ބަލި ޖެހެން. އެއީ ބަލީޖެހުނީމަ ކަރަންޓީނުވާން ނުޖެހޭތީވެ، މަށަށް ހީވަނީ މިއީ ހެން މިހާރު ވެކްސިންގެ ދެ ޑޯޒަކީ، އެހެންޏާ ފަހެ، ދެވަނަޑޯޒް ނުޖެހި މިހާރު ހަތަރުމަސް ފާއިތުމިވަނީ އެއީ ނިކަމެތި ދިވެހި ރައްޔިތުންގެ މައްސަލައެއްނޫނޭ. ވެކްސިންގެ ދުނިޔޭގެ ރެކޯޑްހަދަން ހިފާލިގޮތަކުން އެފަދަ ރޭވުންތެރިކަމެއް ނެތިގެން ދިމާވިމައްސަލއެއް މިއީ.