މާލެ ސިޓީގެ ހުރިހާ މަގުތަކާއި މައިޒާންތަކުގައި އިންޓަނެޓް ލިބޭ ގޮޮތަށް މުޅި މާާލެ ސަރަހައްދު ވައިފައި ކުރަމުގެ މަސައްކަތެއް ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މުޅި މާލެ ވައިފައި ކުރުމާއި ގުޅޭ ގޮތުން ދިރާގާއި އުރީދޫއާއު އެކު މަޝްވަރާ ކުރަމުން ދާކަމަށެވެ. އަދި އެ ކުންފުނިތަކުގެ ޕްރޮޕޯސަލް ވަރަށް އަވަހަށް އެ އިދާރާއަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މާއި ގުޅޭގޮތުން "ވަގުތު" އިން އިތުރަށް ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ ފުރަތަމަ ވައިފައި ކުރަން ހަމަ ޖެހިފައި ވަނީ މާލެކަމަށެވެ.

އެއަށްފަހު ވިލިމާލެއާއި ހުޅުމާލޭގައިވެސް މި މަޝްރޫއު ކުރިއަަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މި ވައިފައި ހިލޭ ބޭނުން ކުރެވޭނެއެވެ. އެހެންނަމަވެސް ބޭނުން ކުރެވޭނީ ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް ވަންދެން ކަމަށްވެއެވެ.

ވައިފައިލުމުގެ މި މަސައްކަތާއި އެކު މައިޒާންތަކުއި ސްކޫލް އަދި ކޮލެޖް ކުދިންނަށް ކިޔަވަން ތިބެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސަވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ތަންތަން ގާއިމް ކުރާނެ ސަރަހައްދުތައް ލޭންޑް ޔޫސް ޕްލޭން ހަދާއިރު ހިމަނާނެކަން ފާހަގަކުރެއްވިއެވެ.

މުޅި މާލޭގައި ވައިފައި ލުމުގެ މަސައްކަތް ކުރިއަށް ގެންދަން ސިޓީ ކައުންސުލުން ނިންމާފައިވާއިރު އެ އިންޓަނެޓް ކަނެކްޝަންގެ ސްޕީޑެއް ހާމަކުރައްވާފައެއް ނުވެއެވެ. މުއިއްޒު ވިދާޅުވީ އިންޓަނެޓް ދޫކުރާ ދެ ކުންފުނީގެ ޕްރޮޕޯސަލް ލިބުމުން އެ ދެކުންފުންޏާއި އެކު މަޝްވަރާ ކުރުމަށްފަހު އިތުރު ތަފްސީލު ހިއްސާކުރާނެ ކަމަށެވެ.

އިންޓަނެޓަކީ މިއަދު ދިރިއުޅުމުގެ އެއްބަޔަށް ވެފައިވާ އިރު، އިންޓަނެޓަކީ އަސާސީ ހިދުމަތެއް ކަމަށް ބަލައި ކޮންމެ ރައްޔިތަކަށް ވެސް ފަސޭހަ އިން އެކަށީގެންވާ ފެންވަރެއްގައި އަދި އަގެއްގައި އިންޓަނެޓު ލިބޭނެ ޕެކޭޖް ތައާރަފް ކުރުމަކީ ސަރުކާރުގެ އަބަދުވެސް ވިސްނުމެކެވެ.

ސަރުކާރުން އިއުލާން ކުރި "ނެޓް އަގުހެޔޮ" ކުރުމުގެ ސިޔާސަތުގެ ދަށުން ބްރޯޑްބޭންޑް އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ނިންމާފައި ވަނީ އަންނަ މަހުއެވެ. މި ނިންމުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ހޯމް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޑޭޓާގެ އަގުތައް ހެޔޮކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރީން

    މާލޭ ބޭފުޅުން ނަށް އެ ކަނި ދޯ ދިވެހި ރަށްޔިތުންގެ ލާރިގަނޑު ތަޅާ ބާލަންޖެހެނީ... ކޮބާ ހޭ ރާއްޖެތެރޭ މީހުންގެ ހައްގު؟؟؟؟؟

    4
    5
    • ޢަލީ އަޙުމަދު

      މާލޭ ކައުންސިލުން މާލޭގައި އެ(ކަނި ނޫންތޯ ކުރެވޭނީ؟ ޜަށްރަށުގައި އެ ތަންތާގެ ކައުންސިލްތަ ކުން ނޫންތޯ ކުރާނީ؟

      1
      1
    • ކޮވިޑް

      ހައްޤު އެއޮތީ އެމްޑީޕީގަ. ބަލަ ކަމެއްވީމަ ދޯ ކޮންމެރަށަކަށް ކައުންސިލުން ލާފަ އެތިބީ؟ މާލޭ ސިޓީ ކައުންސިލަކަށް ނުޖެހޭ މުޅި ރާއްޖެ އަށް ހިދުމައި ކުރާކަށް. އެހެންނޫނަސް މާލެ އަށް ކުރާ ކޮންމެކަމަކީ ރައްރަށު މީހުން އޭގެ ބޭނުން ކުރާ ކަންކަން. ވާނުވާނޭގި މޮޅުވާހަކަ ނުދައްކާހުރޭ ރީން. ކަން ނުވީމަ ކަން ކުރާމީހުނަށް ފޮށެން ނަހަދާ؟

  2. ހުސައިން އިބުރާހީމް

    ނުވާނެތިކަމެއް

    3
    4