ދިވެހިންގެ ތެރޭގައި ބައެއް މީހުން ބޭނުން ކުރަމުން އަންނަ އުރީދޫ ޑޭޓާ ނެޓްވޯކް ޑައުންވެއްޖެއެވެ.

އުރީދޫން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަސްޓަމަރުންނަށް މޯބައިލް ޑޭޓާ ލިބުމުގައި މިވަގުތު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެފަދަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވީއެންމެ އަވަހަށް އެކަން ހައްލުކޮށްދިނުމަށް އިންޖިނިއަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އުރީދޫން ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް އުރީދޫން ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ.