ސިފައިން ވޯލްޑް ކަޕް ބެލުމަށް އުރީދޫ މޯލްޑިވްސްއިން، އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާކޮށްފިއެވެ.

އެކަމަށް ޓަކައި ބަންޑާރަކޮށީގައި، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓީވީތައް ހަވާލު ކުރީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސާ އަދި މެނޭޖިން ޑައިރެކްޓަރު، ހާލިދް އަލް ހަމަދީއެވެ. އަދި، ހަދިޔާ ކުރި ޓީވީތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވީ ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީއެވެ.

އެމްއެންޑީއެފްއިން ބުނީ އުރީދޫން ހަދިޔާކުރި އެ ޓީވީތަކަކީ، ކުރިއަށްއޮތް ވޯލްޑްކަޕްއާ ދިމާކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރޭގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ފަހިކޮށްދިނުމުގެ ގޮތުންނާއި، ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކުންފުނިން ހަދިޔާކުުރި ޓީވީތަކެއް ކަމަށެވެ.

އުރީދޫއިން އެމްއެންޑީއެފަށް ހަތިޔާ ކުރީ ފަސް ޓީވީ ކަމަށެވެ.

އެ ރަސްމިއްޔާތުގައި، މިނިސްޓަރު މާރިޔާ ވަނީ އުރީދޫ މޯލްޑިވްސްއިން ދިވެހި ސިފައިންނަށް އެކި ދާއިރާތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

"އުރީދޫއިން ވަނީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިޖުތިމާޢީ ޒިންމާގެ ދަށުން ދިވެހި ސިފައިންނަށް ވެސް އެކި ދާއިރާތަކުން ބޮޑެތި އެހީތައް ފޯރުކޮށްދީފައި. އުރީދޫއިން ދެމުންދާ އެކިއެކި ޚިދުމަތްތައް ފަސޭހަކަމާއެކު ސިފައިންނަށް ލިބޭނޭގޮތް ހައްދަވައިދެއްވުމުގެ އިތުރުން، އެމްއެންޑީއެފްއާއެކު އަބަދުވެސް ބަދަހި ގުޅުމެއް ބާއްވަމުން ގެންދޭ." މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑިންގްޑޮންގް

    ޓީވީ އެއް ގަނެލާނެ ވަރުވެސް އެމްއެންޑީއެފް ގައި ނެތީ ؟؟؟

    ޗީޑި... ދަބަރު މާރިޔާ

  2. ކޮބާ ކޮބާ

    ކޮބައިތަ ހިއްސާ ގަނެގެން ތިބި މީހުންގެ ހައްގުތައް. މި ކުންފުނިތަކުން ހިއްސާ ވިއްކާފައި ނާޗަރަންގީ ކުޅޭއިރު ސީއެމްޑީ އޮންނަނީ ނިދާފައިތަ!

  3. އަޙުމަދު

    ހަދިޔާކުރި ޓީވީ ތައް ބޭނުން ކުރުމުގެ ކުރިން ޖާސޫސް ކުރަން ބޭނުންވާ ޒާތުގެ އެއްވެސް އެއްޗެއް ތިޔައިން ޓީވީއެއްގައި ހަރުކޮށްފައި ހުރިތޯ ބަލާ ލުން ރަގަޅު.

  4. ދަރަނި ދަންތުރަ

    ތިޔައީ ދިވެހިރާއްޖޭގައި ތިބި އެއްމެ ފަގީރު މީހުން ، ތިޔަ މީހުއްނަން ކޮންމެހެންވެސް ޓީ ވީ އާ ބޯފެނާ ޕިކުފައިން ބޮޑެތި ކުންފުނިތަކުން ހަދިޔާކުރަންވާނެ ސާބަސް އުރީދޫ

  5. ޙަހަހަހހަ

    ބޯ ހަލާކު. ފަގީރުން

  6. ކެނެރީ

    އުރުދޫ ވެރިންގެ ބުއްދި ސަލާމަތުން ބާ ހުރީ ، ފަގީރުންނަށް ފެން ފުޅިއެއް ވެސް ދިއްކޮށް ނުލާތި