މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އުރީދޫން ގިނަ ހަދިޔާތަކެއް ކަސްޓަމަރުންނަށް ދޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެ ކަމަށާއި މި ޕްރޮމޯޝަނުގެ ދަށުން އުރީދޫން "ހަދިޔާ ފޮށީ"ގެ ނަމުގައި ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބޭ އޮފާއެއް ވަނީ ތައާރާފް ކޮށްފައި ކަމަށް ބުނުމަކީ އުރީދޫ ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ހަދިޔާ ފޮށީގެ ހަދިޔާ ލިބޭނީ ކޮންމެ ދުވަހަކު ވެސް އުރީދޫގެ މޮބައިލް އެޕަށް ވަދެ، ހަދިޔާ އައިކަން އަށް ގޮސް ހަދިޔާ ފޮއްޓެއް ހުޅުވުމުން ކަމަށާއިި ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ލިބޭނެ އިނާމުތަކުގެ ތެރޭގައި ސްކޫޕީ ސައިކަލާއި އައިފޯން 14 ޕްރޯ އާއި 65" ޓީވީ އަދި ހޯމް ޕޮޑް މިނީ ހިމެނޭ ކަމަށް ބުނެ އުރީދޫން އިސްތިހާރު ކުރުމުން ގިނަ ބަޔަކު ތިބީ އެއިން ހަދިޔާއެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ.

އުރީދޫގެ އެޕް ހުޅުވާލުމަށްފަހު ހަދިޔާ އައިކަން އަށް ދިއުމުން ބައިވަރު ފޮށިތަކެއް ފެނެއެވެ. އެމީހަކަށް ލިބޭނީ ހުޅުވާލެވޭ ފޮށީގައި އޮންނަ ހަދިޔާއެކެވެ. ފޮއްޓަށް ފިއްތާލުމުން ފޮށި ހުޅުވަން ފޯނު ހަލުވާލަން ބުނެއެވެ. އެހެންވެ ކޮންމެ މީހަކު ވެސް ފޯނު ހަވާލުވާލައެވެ. ކޮންމެ މީހަކު ވެސް އަގުބޮޑު އިނާމެއް ލިބޭނެ ކަމަށް އުއްމީދު ކޮށްގެން ހަދިޔާ ފޮށި ހުޅުވާލި ނަމަވެސް އުރީދޫން އިސްތިހާރު ކޮށްފައިވާ އަގުބޮޑު ހަދިޔާއެއް ލައްވާލާ ގޮތެއް ނުވެއެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ނުރުހުން ވެސް ފާޅުކުރަމުންނެވެ.

ފޭސްބުކްގައި ކޮމެންޓް ކުރި އެކަކު ބުނި ގޮތުގައި އުރީދޫން އުޅެނީ ހަދިޔާ ދޭން ނުކެރި، ހަދިޔާ ދޭ ކަމަށް ހެދެން ވެގެންނެވެ. އެހެން މީހަކު ބުނި ގޮތުގައި ބެލެވެނީ އުރީދޫން އޮތީ އަގުބޮޑު އެންމެ އިނާމެއް ފޮއްޓަކަށް ލާފައެވެ. އެހެންކަމުން އެއިން ހަދިޔާއެއް ލިބޭނީ އެންމެ މީހަކަށް ކަމަށް އޭނާ ބުންޏެވެ.

އަގުބޮޑު ހަދިޔާތަކުގެ އިތުރުން ހަދިޔާ ފޮށިން ޑޭޓާ ލިބެއެވެ. ގިނަ މީހުން ކޮމެންޓް ކޮށްފައިވާ ގޮތުގައި އެމީހުންނަށް ލިބެނީ އެއްޖީބީ ޑޭޓާ އެވެ.

"ގަޑިން ގަޑިއަށް ކާ ބޭހެއްހެން ހަދިޔާ ފޮށި ހުޅުވަމުން މިދަނީ. ނަމަވެސް އެއްޖީބީ ޑޭޓާ ނޫން އެއްޗެއް ނުލިބޭ. މިހާރު 15 ދުވަސްވީ މިކަމެއް ކުރާތާ." އެކަކު ބުނެފައި ވެއެވެ.

ޝަކުވާ ބޮޑުވެފައި ވަނިކޮށް އުރީދޫން އިއްޔެ ވަނީ ހަދިޔާ ފޮށިން ފޯނެއް ލިބިގެން ފޭސްބުކްގައި އެވާހަކަ ޕޯސްޓް ކުރި މީހާގެ ޕޯސްޓް އުރީދޫގެ ފޭސްބުކް ޕޭޖްގައި ޝެއާ ކޮށްފައެވެ.

އެ ޕޯސްޓާއިއެކު ބައެއް މީހުންނަށް ވަނީ އަގު ބޮޑު އިނާމެއް ލިބިދާނެ ކަމުގެ އުއްމީދު އާވެފައެވެ. ނަމަވެސް އަނެއް ބަޔަކު ބުނާ ގޮތުގައި އަގުބޮޑު އިނާމެއް ލިބިދާނެ ކަމުގެ އުއްމީދެއް އެމީހުންނަކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައިމަން

    ވިޔަފާރީގައި މަކަރާއި ޙީލަތް ހެދުމަކީ ކިހާވަރެއްގެ ކަމެއްކަން އެގޭނީ އެކަންކުރާ މީހަކަށް ނުވަތަ ބަޔަކަށް އެކަމުން ބޮޑުގެއްލުމެއް ލިބުނީމަ...

    16
  2. ބަރޯ

    ރޯދަމަހު ކޮރު އިބިލީސް އަވަދި ނެތި އުޅެނީ ވިޔަފާރިތަށް ގަޑުބަޑު ކުރުމުގައެވެ. ތަކެތީގެ އަގުބޮޑުކުރުމާއި މިނެކިރުމުގައި މަކަރާއި ހީލަތް ހެދުމާއި، މުދާބައްކޮށްގެން ވަކި އިރެއްގަ ނެރެ އަގު ބޮޑުކުރާށެވެ. ޢަނެއްބަ ހިންގަނީ މިކަހަލަ ޕްރޮމޯޝަންތަކެކެވެ.

  3. ޖުހޖު78ނމި

    އިހްލާސްތެރި ކަމާއި އެކު ބޭނުންވެގެން އުޅޭ މީހާއަށް ނުލިބި ކޮންމެވެސް ތާކު ހުރި ވަގަކަށް ކޮރަޕްޓަކަށް ލާދީނީއަކަށް ގިނަފަހަރު އިނާމު ލިބެނީ.ބަލާއެއްދޯ

  4. ސޯލޭ

    މަކަރުވެރި އުރިދޫއައް ހަލާުކުހުރި

  5. ފާތު

    އަސްލުވެސް ހަމަ ކަރާ ފަޅަނީ

  6. ދަތްދޮޅި އާދަނު

    މީމުޅިންވެސް ހުސްދޮގު، މަސްފެށުނީސް ސުރެއް ފޯނުހަލުވާ ހަލުވާ ކުޑަހުޅުގަ އެބަރިއްސާ މިހާރު، ޑޮކުޓަރަށް ދެއްކީމަބުނީ މާގިނައިން އަތްހަލުވާތީކަމައް، މުޅިންވެސް މިލިބެނީ 4ގަޑިއިރައް 1ޖީބީ މިޖީބީވެސް ބޭނުމެއްނުކުރެވޭ، ފުރަތަމަ ހުސްކޮށްލަނީ ފޯނުގަހުރި ޑާޓާކޮޅު އޭގެފަހުންކަންނެ ތިޖީބީ ބޭނުންކުރެވެނީ، ރައްޔިތުންފެލަން މާމޮޅުގޮތެއްދެއްތޯ

  7. އަލީ

    ކަސްޓަމަރުން ގުބޯ ހެއްދުން!

  8. ހެހެހ

    " ހަދިޔާ ފޮށި " ގެ ނަން ބަދަލުކުރަންވީ ، " ކިތަންމެވަރަކަށް ހެލުވިޔަސް 1 ޖީބީ ލިބޭނީ "