ގއ.ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ކޮވިޑް ޖެހިގެން ވިލިނގިލީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 81 އަހަރުގެ ދިވެހި އަންހެެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ނިޔާވީ ރޭ ފަތިހު 04:55 ގައެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 212 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން ދެމީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މެއި މަހާއި އަޅައި ބަލާއިރު ޖޫން މަހު މަދުވި ނަމަވެސް އަދިވެސް ކޮވިޑްގައި ގިނަ ބަޔަކު އަންނަނީ ނިޔާވަމުންނެވެ. ޖޫން މަހު ވެސް ކޮވިޑް ޖެހިގެން 50 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.

އިއްޔެ އިރުއޮއްސުމާއި ހަމައަށް ރާއްޖޭގައި ކޮވިޑް ޖެހިފައި 3602 މީހުން ތިއްބެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އޭރު ގެންދިޔައީ 28 މީހުންނަށެވެ. ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ މީހަކު ވެސް ރޭ ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު