ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށްް ބޭރު ގައުމުތަކުގެ އެމްބަސީތައް ވައްދަނީ ސަރުކާރުން ބޭނުންވެގެން ކަމަށް ޕީއެންސީގެ ނައިބު އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިގްތިސޯދީ ވަޒީރު އެގޮތަށް ވިދާޅުވީ ރާއްޖޭގެ މީޑިއާތަކުންނާއި އާއްމުން އިންޑިއާ އާއި ބެހޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން ދިވެހިންނަށާއި ދިވެހި މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ދިވެހި ސަރުކާރަށް އެންގުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މި ހަބަރު ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައި ވުމުން ވެސް ސަރުކާރުން މިކަމާއި އެއްޗެއް ނުބުނެ ހަނު ތިބޭތީ ސައީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސައީދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މިހާރު ކޯލިޝަންގެ ލީޑަރުން ނުކުންނަވައި ދެއްކެވި ބައެއް ވާހަކަތައް ފާހަގަކުރައްވައިފިއެވެ.

ޑިސެމްބަރު 23، 2011 ގައި މިހާރު ކޯލިޝަން ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުގެ ލީޑަރުން ސަރުކާރާއި ދެކޮޅަށް ނިކުތް މައިގަނޑު އެއް ސަބަބަކަށްވީ ރާއްޖޭގެ މައި ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިން މައްސަލާގައެވެ.

ނަމަވެސް ސައީދު ވަނީ އެދުވަހު ދެއްކި ވާހަކަތަކުގެ މަތިން ކޯލިޝަނަށް ނިސްބަތްވާ ޕާޓީތަކުގެ ލީޑަރުން ހަނދާން ނެތިއްޖެ ކަމަށް ވިދާޅުވެފައެވެ.

"މިފަދަ ކަންކަމަށް ބޭރުގެ އެމްބަސީތަކަށް ދައުވަތު ދެނީ ސަރުކާރުން. މިޒާތުގެ އަމަލުތައް ގޯސްކަމަށް ވެގެން 23 ޑިސެންބަރުގައި ނިކުމެ އެމްޑީޕީ ވެރިކަމުން ދުރުކުރަން، ކަރުބުޑުން ހަންދާވަރަށް އަޑު އުފުއްލެވި ބޮޑުން މިއަދު ތިއްބެވީ އެމްޑީޕީއާއި އެކު އެ ހަނދާނުގަައި" ސައީދު ކުރެއްވި ޓްވީޓްގައިވެއެވެ.

 

ރާއްޖޭގެ މީޑިއާތަކުންނާއި އާއްމުން އިންޑިއާ އާއި ބެހޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން ދިވެހިންނަށާއި ދިވެހި މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ދިވެހި ސަރުކާރަށް އެންގީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަތީފް

    މިގައުމުގެ އަބުރާއި އިއްޒަތާއި މިނިވަންކަން ވިއްކާ ނިމިއްޖެއެއްނުން؟ މިހާ އަވަހަށް އެ އަންގަނީ ރައްޔިތުނަށް އަދަބު ދޭށޭ. ދިވެހި ރައްޔިތުންނަށް އިންޑިޔާއިން އަދަބު ދެނީ ދިވެހި ސަރުކާރު ލައްވާ؟ ދިވެހި ސަރުކާރުން އަދިވެސް ދިވެހީންގެ ވޯޓު ބޭނުންތަ؟

    11
  2. ދޭޝްޕްރޭމް

    މިގައުމުގެ އަބުރާއި އިއްޒަތާއި މިނިވަންކަން ވިއްކާ ނިމިއްޖެއެއްނުން؟ މިހާ އަވަހަށް އެ އަންގަނީ ރައްޔިތުނަށް އަދަބު ދޭށޭ. ދިވެހި ރައްޔިތުންނަށް އިންޑިޔާއިން އަދަބު ދެނީ ދިވެހި ސަރުކާރު ލައްވާ؟ ދިވެހި ސަރުކާރުން އަދިވެސް ދިވެހީންގެ ވޯޓު ބޭނުންތަ؟

  3. ޞާބަސް

    މިގައުމަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއް ސޯލިހު ކިތަންމެވަރަކަށް ވެރިކަމާހެދި ދަހިވެތިވިޔަސް އެމްބަސީއަށް ރަށްޔަތުން ހިފާ ހަށްޔަރު ކުރުމަށް ގޮވުމަކީ ކޮށްގެންވާނެކަމެއްނޫން ސޯލިހު މިކަމަށްއަޅާނުލާ ދޫކޮށްލުމަކީ ކޮންކަހަލަ ކަމެއްތޯ؟ވެރިކަމަށްއެރި ދުވަހު ބޯޅަދަނޑުގައި ކުރި ހުވާގެ މަތިން ހަނދާން ނަށްތާލީތޯ .

  4. އިބްރާ

    އިންޑިޔާ އައުޓް. ހަމަ ރާއްޖެއިން އިންޑިޔާ ސިފައިން ފެއިބުން ނޫންގޮތެއް ޤަބޫލެއް ނުކުރެވޭނެ. ވަރަށް ސާފްކޮށް މިދަންނަވަނީ.