އަންހެން ކުދިން ހިތާނު ކުރަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ތަކުރާރުކޮށް ވާހަކަ ދައްކަމުން ގެންދާތީ ގައުމީ ޔުނިވަސިޓީގައި އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އިން ވަކިކުރުމުން އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފިއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ދެކޭގޮތުގައި، އިޔާޒާއި މެދު ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހަރުދަނާކޮށް އިސްލާމްދީނާ ދެކޮޅަށް ދިވެހިރާއްޖޭގައި ހުއްޓުވުމަށް ސާބިތުކަމާއެކު އޭނާ ކުރިއަށް ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ..

މި ކަމުން ދޭހަކޮށްދެނީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށާއި އަދި މިކަމުގެ ފަހަތުގައިވަނީ ވަކި ފަރުޢީ މައްސަލައަކާމެދު އިޔާޒް ފާޅުކުރެއްވި ޝުޢޫރު ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. "މިއީ އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލު ތަރުބިއްޔަތުކުރުމާއި ޤައުމުގެ ސިޔާސަތު ކަނޑައެޅުމާއި މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިސްލާމްދީނުގެ ޢިލްމުވެރިން އެއްކިބާކޮށް އެކަހެރިކޮށްލަން އެދޭބަޔަކު ހިންގާ ނުރައްކާތެރި ރޭވުމުގެ ބައެކެެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ތަޢުލީމީ މުއައްސަސާއިން، ޢިލްމުވެރިން ދައްކަވާ ޢިލްމީ ވާހަކަފުޅުތަކަށް ހުރަސްއަޅައި ބިރުދެއްކުމަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިޔާޒްގެ ވާހަކަތައް ދިފާއުކޮށް ބަޔާނުގައި ވަނީ އިސްލާމްދީނަކީ ސާދަ ޤަރުނަށްވުރެ ދިގުދެމިގެން ގޮސްފައިވާ ޙަޟާރަތެއްގެ މައްޗަށް ބިނާވެފައިވާ ދީނަކަށް ވާއިރު، މި ޙަޟާރަތުގެ އެންމެ އަސާސީ ބުންޔާދަކީ ވޭތުވެދިޔަ ދިގު ތާރީޚުގައި ކުރެވިފައިވާ ޢިލްމީ ބަހުސްތަކާއި ހޯދިފައިވާ ހޯދުންތަކާއި ކުރެވިފައިވާ އީޖާދުތައް ކަމަށްވެފައި، އިސްލާމީ ޝަރީޢަތުގެ ފަރުޢީ ބައެއް މައްސަލަތަކާ ގުޅޭގޮތުން ޢިލްމުވެރިންގެ މެދުގައި ބަހުސްތައް ހިނގާފައިވާއިރު، އަދި އެބަހުސްތަކަކީ ޙައްޤަށް ވާސިލުވުމަށްޓަކައި ކޮންމެހެން ލާޒިމު މަރުހަލާއަކަށް ވެފައި އަދި މިފަދަ ގިނަ ބަހުސްތަކަކީ މެދުކެނޑުމެއް ނެތި ހިނގަމުންދާ ބަހުސްތަކަކަށް ވާތީ، މިފަދަ ޢިލްމީ ބަހުސްތަކާ ގުޅޭ ޙަޤީޤަތެއް ބަޔާންކުރުމަކީ، އެކަން ބަޔާންކުރާ ޢިލްމުވެރިއަކު އެ ރައުޔަކަށް ބުރަވާކަން ދޭހަކޮށްދޭ ކަމެއް ނޫން ކަމަށެވެ.

"އެއީ އެރައުޔަކީ ޙައްޤު ގޮތް ނުވަތަ ޙައްޤު ގޮތާ އެންމެ ގާތްގޮތް ކަމަށް ދައްކުވައިދޭ ކަމެއްވެސް ނޫނެވެ. އެހެނެއްކަމަކު އެކަމަކީ އިސްވެދެންނެވުނު ފަދައިން އިސްލާމްދީނުގެ ޢިލްމީ ޙަޟާރަތުގެ މުއްސަނދިކަން ދައްކުވައިދޭކަމެކެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން އިޔާޒްގެ ދިފާއުގައި ބަޔާނެއް ނެރެފައި ވާއިރު އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝައިހް އިމްރާން ވެސް ވަނީ އިޔާޒްގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސސ

  ކީތޯ ކުރާނީ ތަންތަނުގައި ގިނައީން ކަންކަން ނިންމަންތިބީތަންދޮރު ނުދަންނަ ރޯނަ އެދުރުން !

  9
  2
 2. ޑައެލޯގް

  ތިޔައިޔާޒަކީ މިހާރު މިގައުމަށް ޖެހިފަހުރި މުސީބާތެކެވެ.

  5
  11
 3. Anonymous

  ތީ އަހަރުން ބަލައިގަންނަ ޕާޓީ އއެ އް ނޫން. މަޖިލީހުން އެންމެ ގޮނޑި އއެ އް ދިނީމަ ފު އްޕަނީ

  5
  5
 4. މަމީ

  ކޮން ބާރުތަކަކުންނޯ؟

 5. ދިވެހި ރައްޔިތުން

  މި އީ މަގޭ ރާ އްޖެ. އެންމެން ކިޔާ . މި އީ މަގޭ ރާ އްޖެ.

 6. އިންސާފު

  މަރްޔަމް ޝާނީ... ކޮން އިރަކުތޯ އަންހެން ކުދިން ހިތާނު ކުރަން ޖެހޭނެ ކަމަށް ޑރ. އިޔާޒު ވިދާޅުވީ ކުރެއްވީ؟

  4
  1
 7. ލޫޓުވާ

  އަނދިރި ދައުލަތް ފާޅުވާންފެށީ. ލާދީނީ ގްރޫޕްވަނީ ސަރުކާރު ހިސޯރުކޮށްފަ.

  7
  2
 8. Anonymous

  އިޔާޒަކީނުރައްކާތެރިބާރުގެ ބަފާ. ހިފާ ހައްޔަރުކުރޭ

  4
  8
 9. ަަަަަަަަަައަބުދު

  މާގިނަދުވަހެއްނުވެ ތިމަންނަ ކަނޑާލަފޏެހެން ހީވާތީ މަޑުމަޑުން ސައިޑު ބަދަލުކުރަނީ .ތީކީ ގައުމައް ވަފާތެރިވާބައެއްނޫން އެހެންނަމަ މިހާގިނަދުވަހު މިގައުމު ބަނގުރޫޓު ކުރަމުންދާއިރު މުސާރަލިބޭތީ އަޅާނުލާ ނުތިބޭނެ. ދީނައް ލޯބިކުރާނަމަ ރިބާއާއި ރަލާއި މަނާކުރާނެ އިންސާފުގެ އަޑު އުފުލާނެ . ފުރަތަމަ ދުވަހުންފެށިގެނަ އަދީބު އާއެކުގަ ހަދަމުން އަނަޑީލް ތަކާ ޔާމީން ގޭގަހުރުމާ އިންކާރުކުރާނެ.