ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑުގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ ހަވީރު 16:30 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށެވެ.

އަދި މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލައި ދެމެދުގެ ބާރު މިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ނެރުނު ސަމާލުގައި ވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައިވާއިރު، އެ ސަރަހައްދުތަކަށް ވަނީ މޫސުން ގޯސްވެފައެވެ. އެގޮތުން މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރަން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު