ރޭ ކުރިއަށް ދިޔަ ޖުމްހޫރީ ޕާޓީގެ ތިންވަނަ ކޮންގުރެސްގައި ޖުމުހޫރީ ޕާޓީގެ ކައުންސިލް މެންބަރު ކަމަށް ގާސިމްގެ އަނބިކަބަލުން އައިޝަތު ނަހުލާ ހޮވިވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ކައުންސިލްގެ މެންބަރު ކަމަށް ހޮވި ވަޑައިގަތީ 227 ވޯޓުންނެވެ.
މީގެ އިތުރަށް މިރޭ އެޕާޓީގެ ކައުންސިލަށް އިންތިހާބްކޮށްފައިވަނީ އަހުމަދު ސައުދާއި، ހުސެއިން ނިހާދާއި، ހުސެއިން ރަޝީދާއި، ސޮފްވާން މަހުމޫދާއި، އަހުމަދު ރިޔާޒާއި، އައްސަދު އަލީގެ އިތުރުން އަހުމަދު މުހައްމަދު އެވެ. އަދި އަބްދުﷲ ރަޝީދު މުސާ އާއި، އަހުމަދު މޫސާއާއި، މުހައްމަދު ސައީދާއި، މުހައްމަދު ފިކުރީ އާއި، ހުސެއިން އަހުމަދާއި، ހަސަން ސުޖާއު އާއި، އަނީސާ ސައީދުވެސް ވަނީ ކައުންސިލަށް އިންތިހާބުކޮށްފައެވެ.
ޖުމުހޫރީ ޕާޓީން ބުނެފައިވަނީ މިއީ އިންތިޚާބުގެ ވަގުތީ ނަތީޖާކަމަށާ ނަތީޖާއާއިމެދު އެއްވެސް ޝަކުވާއެއް ވާނަމަ ދެ ދުވަހުގެ މުއްދަތެއް ޝަކުވާ ހުށައަޅަން ލިބޭނެކަމަށެވެ.
ޖުމްހޫރީ ޕާޓީ ގެ ކޮންގްރެސްގައި އެޕާޓީގެ ނައިބު ލީޑަރުންނާއި ރައީސް އިންތިޚާބު ކުރަން ވޯޓް ލުން ފެށިތާ ގިނައިރުތަކެއް ނުވެ ވޯޓް ލުން މިރޭ ހުއްޓުނެވެ. ނަމަވެސް ވޯޓުލުން އަލުން މާގިނަ އިރުތަކެއް ނުވެ ފެށުނެވެ.
ޖޭޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ކައުންސިލްގައި އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ އިސް މަގާމުތައް ކަމަށްވާ ލީޑަރާއި ނައިބު ހަތަރު ލީޑަރުންނާއި ރައީސް އާއި ނައިބު ރައީސް ހިމެނެ އެވެ. އޭގެ އިތުރުން ޕާޓީގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުން ވެސް ހިމެނެ އެވެ. ޕާޓީގެ އިދާރީ އިސް ބޭފުޅުން ވެސް ކައުންސިލްގައި ތިއްބަ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ހުސްވެފައިވާ މަގާމުތަކުގެ ތެރެއިން ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައިވާ ނުވާ ކަމަށެވެ.
އެ ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލެއްވީ ޖުމްހޫރީ ޕާޓީ ޖުމްހޫރީ ޕާޓީ އުފެއްދުމަށާއި އެޕާޓީ ހިންގުމަށްޓަކައި ގާސިމް އިބްރާހީމް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ޕާޓީގެ މެންބަރުން ވަޒަންކުރާތީ ކަމަށް އެ ޕާޓީން ބުނެއެވެ.
މީހުސް ގާސިމްގެ އަބިންތަ!
ދެން އިވޭނީ ތިތަނުން އަންހެނަކާ އިނދެފިއޭ ބުނާ އަޑު. އެހާވެސް ތާކުންތާކު ނުޖެހޭ މީހެއް ތި ގާސިމަކީ!
މެޑަމް ފާތުން ކޮޕީކޮށްގެންނޫނި ކުރިއެރުމެއް ނެތް.. ހުރިހާޕާޓިއަކުންވެސް ޖުމުހޫރީ ޕާޓީން މެޑަމްފާތުން ކޮޕީކުރިހެން އެކަން ކުރުމަށް ގޮވާލަން..
ކޮބާތަ އެތަނުން ތިބުނާ އަންހެނުން ނަކީ؟
މިތަނުން ކޮބައިތަ ޢައިޝަތު ނަހްލާއަކީ؟ ކިޔުންތެރިޔަކު ބުނެދީބަލަ!
މެދުގަ ކްރީމް ށޯލްއެއް އަޅާގެން
މެދުގައި ހުދު ކުލައިގެ ޕާސް އެއް ހިފަހައްޓައިގެން މަޑު ފިޔާތޮށި ކުލައިގެ ޝޯލް އެއް އަޅައިގެން އެހުންނެވީ ގާސިމްގެ އަނބިކަނބަލުން
މެދުގަ އެހުރީ
މެދހުގަ ބޮޑު މާޖެހި ހެދހުމހލާފަ އެހެރީ
ޢަބިންނޭ އަހްތާވެސް އަބިންނޭ ... ގާސިމައް ދިގުއުމުރު ފުޅެއް
ތިތިބީ މަގޭ 5 އަނބިން...
ގާސިމްގެ އަނބިކަނބަލެކޭ މިހެން ލިއުން ނޫންތަ ރަގަޅު ގޮތަކީ؟
ހމމމ؟ހާދަ ރީއްޗޭ......
އެއްކޮޅުގަ ބުރުގާ ނާޅަ އެހުރީ ކޮން ކުށްޖެއް އަނބިކަނބަލަކާ ހާދަ ވަށްތަރޭ.
އެހެންތަ؟ އަހުން ހީކުރީ ގާސިމްގެ ކާފަދަރިއެއް ކަމަށް މިމަޖެއަކީ ހަހަހަހަ......!!!