އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތުކޮށް ދައުވާކުރި ނަމަވެސް އެމްޑީޕީ ދޫކޮށް ޕީޕީއެމްއަށް އެނބުރި ދިއުމުގެ ވިސްނުން ނެތް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ކްލަބް ހައުސްގައި ރޭ ކުރިއަށް ދިޔަ ޕްރޮގްރާމެއްގައި ބައިވެރިވަޑައިގެން މަހްލޫފް ވިދާޅުވީ މިނިސްޓަރު ކަމުން ދުުރަށް ވަޑައިގެންނެވި ނަމަވެސް އެމްޑީޕީއިން ވަކިވެ، އިތުރު ޕާޓީއަކާ ގުޅުމުގެ ވިސްނުން އަދި ނެތް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވައިފި ނަމަ ހުންނަވާނީ އެމަނިކުފާނާ އެކުގައި ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ކުރިމަތި ލައްވައިފިއްޔާ ހުންނާނީ އެމަނިކުފާނާ އެކީގައި،" މަހުލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވި ގޮތުން އެމްޑީޕީގެ ބައެއް ސިޔާސަތުތައް އޭނާއަށް ކަމު ނުދެއެވެ. އަދި އެކަންކަން އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. ކުރިން ޑީއާރުޕީގައި އާއި ޕީޕީއެމްގައި ކުރެވުނީ ހިތި ތަޖުރިބާއެއްކަން ފާހަގަކުރައްވަމުން މަހްލޫފް ވަނީ އެމްޑީޕީން އޭނާއަށް ދެރަގޮތަކަށް ނަހަދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.
އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މައާފް ކުރުމާ ގުޅޭ ގޮތުން މީހަކު ކުރި ސުވާލްގެ ޖަވާބުގައި މަހުލޫފް ވިދާޅުވީ ޔާމީން ޖަލަށް ދުވަހަކު ނުގެންދިޔަ ޔަސް އޭނާއަށް ހެޔޮ ކަމަށެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކުރުމާއި ގުޅޭ ގޮތުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވިއިރު އެކަމަށް ތާއީދުކުރެއްވިކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ޖަލުގައި ހުރި އިރު، ދަރިފުޅާ ބައްދަލުކޮށްފައި އެނބުރި ގެންދާއިރު ދަރިފުޅު ރޯތަން ފެނުމުން ވަރަށް ހިތައް އަސަރުކުރޭ. އޭރު ޔާމީނަށް ނަފްރަތު ކުރަން. އެކަމަކު މިއަދު ހިތަކު ނެތް އެއްވެސް އެއްޗެއް. ޖަޒުބާތުގައި ތިބޭ ގަޑީގައި ޖަލަށް ލާން ބޭނުންވެ އަނިޔާ ދޭން ހިތަށް އަރާނެ. ޔާމީންވެސް ކުޑަ ދަރިއެއް ހުރޭ. އަޅުގަނޑު ހިތުގައި އެޅިވޭން އަޅާނެ. އަޅުގަނޑެއް ބޭނުމެއް ނުވޭ އެއްވެސް މީހަކު ދެން ޖަލުގައި ހުންނާކަށް،" މަހްލޫފް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރަން އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ނަމަވެސް ދައުވާ އިތުރަށް ފުރިހަމަ ކުރަން ޕީޖީން އޭސީސީ އަށް އެންގުމުން ފުރިހަމަ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަހު، ހުރިހާ ލިޔެކިއުންތައް ޕީޖީ އޮފީހަށް ފޮނުވާފައި މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ.
އެސެޓް ރިކަވަރީ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އެބަ އޮތެވެ.
އެކަމަކު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް އިންކާރު ކުރައްވައެވެ.
ތިހެންބުނި އެމްޑީޕީއާއި ގުޅޭގޮތުންވެސް އެކަމަކު މިހާރުތިހުރީ އެމްޑިޕީގަ
ޕީޕީއެމް އިން ނޫޅެ މޮޔަވެގެން ނެއް މަހުލޫފޫ. ދާންވެސް ބޭނުންވާނެ އެކަމް ޕީޕީއެމް އިން އެކްސެޕްޓް ނުކުރާނެ އެހެން ވީމާ ތިހެން ބުނުން އެންމެ ސަޅީ. ޖޭޕީ އަށް ދޭ އޭރަށް ރީލޯޑް ވާނެ،
ޕީ.ޕީ އެމަކަށް ކަލޭ ނުވެސް ގެންނާނަން.
އުނހު! ކަލޭ ނައިސްގެން ޕީޕީއެމް މީހުން އެބަ ރޮއި އާދޭސްކުރޭ........ ހެހެހެހެހެހެހެ
ހަމަ ތިހެން ބުނި އެމްޑީޕީ އަކަށް ވެސް ނުދާނަމޭ. އެކަމަކު ތިހުރީ ކޮންތާކުތޯ މިމީހުންގެ ބުނާ ބަހުގެ އަނެއްކޮޅުން ވިސްނަންޖެހޭނީ.
މަހްލޫފް ކަލޭ ބުނި އެމްޑީޕީ އައްވެސް ތިމަންނަ ނުދާނަމޭ. ހޭނައްތާފައޭ ގެންދަންޖެހޭނީ ހޭއެރީމަ އެނބުރި އަންނާނަމޭ. އެހެންވީމަ ހޭނެތުނު ގޮތައް އަދި ހޭނާރަނީތާ. ކަލޭމެންނަކީ ސިޔާސީ ގޮތުން ހަށިވިއްކާ ބައެއް. ކަނޑުގަ އަޅާ ރޮނގެކޭ ކަލޭމެން ދައްކާ ވާހަކަ އެކޭ ނެތް ތަފާތެއް.
ތިބާވަތުގެ މީހުން ރަނގަޅީ ޕީޕީއެމް އަށް ނައިއްޔާ. ޕީޕީއެމްއަކީ އިންޑިޔާއަށް ޤައުމު ވިއްކާލާ ސަރުކާރެއްގަ ވަޒީރުކަން ކުރާމީހުން ތިބޭ ޕާޓީއެއްނޫން. ގެޓް؟
ކަލޭ އެކަނި މިގައުމުގައި ހުއްޓަސް ޕޕއމ އަކުން ކަލޭ ގަބޫލު ނުކުރާނެ ޕޕއމ އަކީ އޑޕ އެއްނޫން ވަރަށް ސާފު
ލޮލް... ތިދެން ގެންނަވަރު މީހެއްވެސް ނޫން.. ތި ދުވާނީ އެއިރެއްގަ ވައި ޖެހޭ ކޮޅަށްކަން އެންމެނަށްވެސް އިނގޭ...
ލޮލް، ދޭ ޑޯންޓް ވޯންޓް ޔޫ އީދަރ، ޔޫ ލިޓްލް ޕީސް އޮފް ޑަބަލް ސައިޑެޑް ޓޭޕް.. 🙂
ދެންމަހައްދޭ ސިޔާސީ ކެރިޔަރ ނިމުނީ
މަހްލޫފް ޕީޕީއެމްއައް އަންނައްޚިޔާލުވެސްނުކުރާތި އެފުރުސަތެއް މަހްލޫފްއަކަށްނެތް މަހޭއަކީސިޔާސީގޮތުންމާއުރަތްޕެއްހުރިމީހެއްނޫން ފަހަރެއްގަ ސޭޓުބޭނުންވެދާނެ އެއީކަންނޭގެ މަހޭއައްމިހާރުއެންމެރަގަޅު ދިމާއަކީއެއީތާޅިޔަނުގެކޮޅަކީވެސް
" ހަށީގައި ހޭހުރެޔެއް އެމްޑީޕީއަކަށް ނުދާނަށް! ހޭނެތިގެން ދިޔަސް ހޭއަރާއިރަށް އެނބުރި އަންނާނަށް" މީ ކާކު ބުނި ވާހަކައެއް؟ ލަދު
ޢެމް.ޑީ.ޕީޔައްވެސް ނުދާންބުނި އެމީހުންނާ ވައިވެރިވެގެން ނޫޅޭނެކަމައް ހަކުރުދެނއްޏާ ބޮޑުބޭބެގެ އުސޫލް ތިޔަހުރީ
އަގައިންބުނާ ބަހުގެ އިތުބާރެއް ނޯއްނަ މީހަކު ދައްކާ ވާހަހަކަ ޤަބޫލްކުރާނީ ބުއްދިފިލާގޮސްތިބި މީހުން ...
އާދޭސްކޮއްފަ މިދަންނަވަނީ ޕީ ޕީ އެމްއައް ވަދަިގަންނަވަާ މަނިކުފާނުނެތިގެން ޕާޓީނުހިންގިގެން މިއުޅެނީ
މަހުލޫފް ދާންމެހެނީޕީޕީއެމަކައް ނޫން ދާންޖެހެނީ ޖަލައްދޯ؟
އެހެންނޫނަސް އެމްޑީޕީގެ މަޅީގަ ޖެހިއްޖެއްޔާ ދެން ނުކެރޭނެ ސަލާމަތްވާކައް.
މިޙަާރު ޔަގީންވީ. އަންނަ ހަފްތާގަ ޕޕ އަށް ސޮއި ކުރާނެ.
މަހޭއެވެ. މަހޭ ޕީޕީއެމަށް ދިޔަސް އެޕާޓީން މަހޭ ބަލައެއް ނުގަންނާނެއެވެ. އެހެންވީމާ ދެން ބުނަން ޖެހޭނީ ތިޔަހެނެވެ.
ޕީޕީއެމް އަށް ވަގުލޫފު ބޭނުމެއް ނޫން
މިވާހަކަޔައްވެސް ހެއްލޭމީހުން މަދެއްނުވާނެ
އާތް ރީލޯޑު ބަހުލޫލު...
ތިކަހަލަ މީހުން ބޭނުމެއްވެސް ނޫން
ކޮންމެގޮތެއްވިޔަ ސް ކަލޭނުގެންދާނެ.
ކަލޭ ދުވަހަކުވެސް ޕީޕީއެމް އަކައް ނުގެން ދާނެ..
އަސްތާ ހޭ ހުއްޓާ އެމްޑީޕީއަށް ނުދާން ބުނި ދެ އުޅިއެއް ނުވާ ރީލޯޑޭ މިހާރު މި އޮއް މަރުފަލި ޖަހަން ފެށީ ޕީޕީއެމްއަށް ދާން. ހޭ ހުއްޓާ ކަލޭ ނުގެންނާނެ ޕީޕީއެމްއަކަށް. ކަލޭ ތާއިދުކުރާ އެއްމެ މީހަކު އެބަ ވަރަށް މަސައްކަތް ކުރޭ ކަލެއާއި ދެކޮޅަށް ހުންނަ ކޮމެންޓްތަކަށް ތަމްބްސް ޑައުން ދެވޭތޯ. އެއީ ކަލޭ ނޫން ކަމެއް ވެސް ނޭންގެ
ލަދުން ދޯ
އަހަރެން މިއީ ޕީޕީއެމްގެ ޢާއްމު މެމްބަރެއް. ކަލޭ ޕީޕީއެމް އަށް ގެންނަން އަހަރެންވެސް ގަބޫލެއްނޫން. ކަލޭ އުޅޭ ވައްތަރުން ހާދަ ފޫއްސެއް ވެޔޭ.
ތިކަހަލަ ދެފުއްކެހެރިން ޕީ ޕީ އެމް އަށް ވައްދަން އަހަރުމެން ގަބޫލެއްނޫނޫނޫންން😠
ޕީޕީއެމް އަށް މަހުލޫފުއަކީ މުހިންމުމީހެއްނޫން އެޕާޓީޔަކުން މަހުލޫފު ގެންނާކަށްނޫޅޭ ތިޔާކީ އެއްވެސް ގޯތަކަށް ސިޔާސީ ބުރަދަނެއްހުރިމީހެއްނޫން އެމްޑީޕީއަކުންވެސް މަހުލޫފުބޭނުންވެގެނެއްނޫޅޭ!
ކަލޯގެ ސިޔާސީ ހަޔާތް ތި ނިމުނީ ގައުމުގައި އޮތް އެންމެ އޮނަސްޓީ ޕާޓީ އަކީ އެންޑީޕީ ތިހިރީ ބޭރުކޮށްފަ، ދެންރަނގަޅުވާނީ ވަގުންގެ ނަމުގައި ޕާޓީ އެއް ހަދައިގެން އެ ޕާޓީގެ ލީޑަރަކަށް ކަޅޯ ހުރީޔާ ހަހަހާހާ
ދަތްޖަހާ ޕާޓީއަށް ދާނެ މީހަކު ނެތް
ޖަލަކަންނު ދެން ދާން ޖެހޭނީ
ދެންދޭ ކުޑަ ގޮޅިޔައް އެހެންވިއްޔާ ، ޔާންޓެ ކައިރީ ބުނާނަން ކަލެޔާ ވަހަކަވެސް ނުދައްކައްޗޭ.