ނަޞާރާ ދީނުގެ މައުލޫމާތު ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތަކެއް، ބޭރުގެ އެކި އެކި ފަރާތްތަކުގެ ނަމުގައި ރާއްޖެއަށް ފޮނުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ނަޞާރާ ދީނުގެ މައުލޫމާތު ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް ރާއްޖެއަށް ފޮނުވާފައި ހުންނަނީ ސިޓީ އުރައެއްގައި ކަމަށެވެ. އަދި ރާއްޖޭގެ ތަފާތު މުވައްސަސާތަކާއި، ވިޔަފާރި ކުންފުނިތަކާއި، އަމިއްލަ ފަރުދުންނަށް އެޑްރެސްކޮށްފައިކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އެހެން ނަމަވެސް މިހާތަނަށް ކަސްޓަމްސްއިން ބެލި ބެލުމުން، މިކަމަކީ އެ ލިޔުންތައް އެޑްރެސްކޮށްފައިވާ ފަރާތްތަކަށް އެނގުމަކާއި، ނުލާ އޮޅުވާލުމެއްގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް ވަނީ ބެލެވިފައެވެ". ކަސްޓަމްސްގެ ބަޔާނުގައި ވެއެވެ.

އެހެން ނަމަވެސް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އިސްލާމް ދީން ފިޔަވާ އެހެން ދީންތަކުގެ ފޮތްތައް ރާއްޖެ ގެނައުމާއި، އިޝްތިހާރު ކުރުމާއި، ދިވެހިންނަށް ދެއްކުމާއި، އެ ފޮތްތައްކަަށް ހާއްސަކޮށް މައުރަޒުތައް ބޭއްވުމާއި، ވިއްކުމާއި ދިނުމާއި، ރާއްޖޭގައި އާއްމުންނަށް ފެންނާނެހެން ބެހެއްޓުމަކީ މަނާ ކަމެކެވެ.

މީގެ އިތުރުން ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަ ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަ ފޮތް މަޖައްލާ، ނޫސްފަދަ ތަކެއްޗާއި، މިފަދަ ވާހަކައާއި މަންޒަރު އަޅާފައި ހުންނަ ޓޭޕް، ޑިސްކެޓް ފަދަ ތަކެއްޗާއި، އިސްލާމްދީނަށް އިހާނެތިކޮށް ހިތޭފަދަ ތަކެތި ރާއްޖެއަށް ގެނައުމާއި ދިވެހިރާއްޖޭގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، ފެތުރުމަކީވެސް މަނާ ކަމެކެވެ.

ކަސްޓަމްސް އިން ވިދާޅުވީ މިފަދަ ލިޔުންތައް ރާއްޖެއަށް އެތެރެވިޔަނުދީ ހިފަހައްޓަމުން އަންނަ ކަމަށެވެ.

އަދި މިފަދަ ލިޔުންތައް އެތެރެ ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތައް ހޯދައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދީ ހުއްޓުވުމަށްޓަކައި ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހުސޭނުބޭ

    ކޮބައިތަ މަޖިލީހުގައި ތިބޭ ބީތާތައް! މަޑުކައްޓާއި ހަރުކަށީގެ ބިލުތައް ފާސްކުރާއިރު ތިކަމާ ގުޅޭ އެއްވެސްކަމެއް ނުކޮށް އެތިބީ ކޮން ބީތާއެއްވެގެންތަ؟

    41
  2. ހައްޕު

    ދީނުގެ މަގުގެ ތެރެއަށް އަޅައިގެން މައުމޫނުގެ ސަރުކާރާމެދު ނަފުރަތު އުފެއްދި މީހުންގެ ލައްކަ ތަޖުރިބާ ހުންނާނެތާ.

    67
    1
  3. ނަން

    ކަސްޓަމްސްގެ ބޭފުޅުންނަށް ދީނާއިދައުލަތުގެ ދިފާޢުގައި ތި ކުރާ މަސައްކަތުގައި ރަހްމަތްލައްވާ ތައުފީޤު ދެއްވަވާށި އާމީން ޔާ ރައްބަލް ޢާލަމީން

    91
    1
    • އައްޑޫ ޝަކުވާ ބޯޓު

      • ދީނާއިދައުލަތުގެ ދިފާޢުގައި، ކަސްޓަމްސްގެ ބޭފުޅުން ތި ކުރައްވާ މަސައްކަތުގައި ރަހްމަތްލައްވާ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި.
      «آمیـــــــــــــن یارب العالمین»

      .

  4. ހައިރާން

    ކަސްޓަމްސްއަށް ޔަގީންތަ ކަސްޓަމްސް ތެރެއިން ނިކުމެގެން ބޮޑުތަކުރުފާނު މަގާ ހަމަޔަށް ތިތަކެތި ނުނިކުންނަކަން؟

    59
    6
  5. ޚިޔާލު 3

    ކަރުދާހުގެ ލިޔެގެން ތި އެތެރެކުރިއަސް ނުކުރިއަސް ތިއަ ދީންތަކަކީ ބާތިލު ދީންތަކެއް އިސްލާމު ދީނަށް ވުރެ މޮޅު ކީރިތި ގުރުއާނަށްވުރެ ފުރިހަމަ ކަމެއް ތީން އެއްފޮތެއްގައިވެސް ނޯންނާނެ. މޮޔައިން ތި ތިގޮތަށް އެތެރެކުރަން އުޅޭނީވެސް.

    13
    1
    • އައްޑޫ ޝަކުވާ ބޯޓު

      މިކޮމެންޓަށް ޑިސްލައިކް ދިން ކަލޭގެ އެހެންވީމަ މިބުނަނީ...

      °ތިއަ ދީންތަކަކީ ބާތިލު ދީންތަކެއްނޫން.
      °އިސްލާމު ދީނަށް ވުރެ މޮޅު ކީރިތި ގުރުއާނަށްވުރެ ފުރިހަމަ ކަން ތި ފޮތްތަކުގައި ވޭ.
      °މޮޔައިން ނެއް ނޫން ތި އެތެރެކުރަން އުޅޭނީ.

      (އަހަރުމެން ތެރޭ އެބައުޅެޔޭ ހަމަ މިކަހަލަ ޖާހިލުން. ވިލާތުގެ ސެޓޭނިކް ޕްރޮޕެގެންޑާއިން ސިކުނޑި ކިލަނބުވެ
      މާ ދެން އެނގޭ ކޫލް، އިނގިރޭސި ބައެއް ކަމަށް ހެދިގެން އުޅޭނީވެސް.
      .
      ޗެލެންޖް ކުރަން ބަހުސް އަކަށް އެރިޔަސް ހަމަ ވާނީ ބަލި.!

  6. ޢަލީ

    ފޮނުވާނެ ތީ ރޭވިގެން ހިނގާކަމެއް. ނޭނގޭކަމެއްނޫން. ތިކަމަށް ޚަރަދުކުރިމީހަކު ހޯދަންވަނެ މިފަހަރު

    10
  7. ﷲ ގެއަޅާ

    ބޯބުރާންތި ވެގެން ތިޔަ ވަހަކަތަށް ކޮންމެހެން މީޙުންނަށް އިޝްތިހާރު ނުކޮށްބަލަ. ތިބައިވަރު އިންޓަނެޓޫން ނުލިބޭ ޒަމާނެއްބުނެބަލަ. މާކުރިންވެސް ތިފޮތްތަސް ހިލޭ ޑައުންލޯޑް ކުރެވެންވެސް ހުރޭ< ކޮންމެހެން މިހަރު އެކަނި ވާކަމަކަށް ހަދައިގެން އަނެއްކަ އަނެއް އާވަހަކަ ސިޔާސީ އައިނުން މަސްބާނަންދުވަމީހުންނަށް ޖަހާ ފިއްޔަކަށް ނުހަދަބަލަ.

    7
    8
  8. ލޫޓުވާ

    އިސްމީހަކަށް އެހެރީ އޭގެ މީހެއް. ދެންކިހިނެއް ތިކަން ހުއްޓުވޭނީ. ހުކުރު ޚުތުބާތަކުގެ ތެރެއަށް ފިތުނަވެރި ވާހަކަ ލިޔެފައިހުންނަ ގަނޑުތައް އެޅިމީހުންގެ ކަމެއްތީ. ޔާމީން ސަރުކާރުން ތިއެއްޗެހި އެތެރެކުރި ވާހަކައެއް ނުދައްކާ ދެން މިސަރުކާރު ވެރިކަމުގަ އޮންނަ ކޮންމެފަހަރަކުު ތިއެއްޗެހިތަކެއް މިގެންނަނީ ކީއްވެބާ

  9. ނުލިބޭނެ

    އިސްލާމްދީނަށް އިހާނެތިކޮށް ހިތޭފަދަ ތަކެތި ރާއްޖެއަށް ގެނައުމާއި ދިވެހިރާއްޖޭގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، ފެތުރުމަކީވެސް މަނާ ކަމެއް ނަމަވެސް މޑނ އިން ރިޕޯޓެއް އުފައްދާ ނެރުނީ ( މިހާރު މިއޮތް ސަރުކާރުން) އަދަބެއް
    ނުލިބޭނެ ކަމުގެ ގެރެންޓި އޮތުމުން.

    7
    1
  10. ވިދާޅު

    ކަސްޓަމްސްގެ އިމާރާތްތޯ ވިދާޅުވީ؟

  11. އިސްލާމް

    އަހަރެމެން މިތިބީ ގަދަކަމުންތަ އިސްލަމްދީނަށް ވައްދާފަ؟ ނޫނީ އެހެން ދީނެއް އޮށްނަކަން ނޭގޭތީ ދީން ބަދަލު ނުކުރެވިފަތަ؟ ބަލަ ކޮންމެ ބަހަކުން ލިޔެގެން ގެނަޔަސް ކްރިސްޓިއަން ދީނުގައި ހުރި ހަމަނުޖެހޭ ކަންކަން ހަމަޖެހޭ ކަމަކަށް ވާނެތަ؟ އަހަރެންނަށް ހަމަ އެއްގޮތަކަށްވެސް ނުފެނޭ މިކަމާބިރުން އުޅޭކަށް، އޭގެބަދަލުގައި ހަމަ ރޯފިލުވަދޭންވީ، އިސްލާމްދީނަށް ކުފޫ ހަމަނުވާ މީހުންގެ ބަދަލުގައި އެދީނަށް ކުފޫހަމަވާ އެހެންބަޔަކު މާތްﷲ ގެންނަވާނެ

    3
    1
  12. އައްޔު

    ކޮންމެ ފަހަރަކު އެމްޑީޕީ ވެރިކަމަށް އަންނައިރަށް މިކަހަލަ ވާހަކަތަށް ތިލަވެ ހޮރުހޮރުން އިސްލާމްދީނާއި ޚިލާފު ކަންތައްތައް ކުރުން ގިނަވެގެން އެބަދޭ ކީއްވެބާ؟

    • ލޮލ

      މާ ބޮޑަށް މަޑުކަށީ. މަޑު ވެގެން ހަރުކަމެއް ނުހުންނަނީ 😂

  13. އައްޑޫ މީހާ

    ކަސްޓަމްސްއިން ތިޔަކަލަ ތަކެތި ހިފެހެއްޓޭ ގޮތައް މަސްތުވާ ތަކެއްޗާއި މަސްތުވާތަކެތި ޕްރޮމޯޓް ކުރާފަދަ ލިޔެކިއުމާއި ބޭއަދަބީ ބަސްތައް ލިޔެ އިޖްތިމާއީ މިންގަނޑާއި ހިލާފް ޝުއޫރުތައް ލިޔެފައި ހުންނަ ޓީޝާޓު ފަދަ ތަކެތި ކީއްވެ ނުހިފެހެއްޓެނީ؟

    1
    1
  14. ނަޝީދު

    އަލަށް ކުރާކަމެއްނޫން.

  15. Anonymous

    ސަރުކާރުން ކުރާ ކަމެއްތިއީ.

  16. އައްޑޫ ޝަކުވާ ބޯޓު

    ދީނާއިދައުލަތުގެ ދިފާޢުގައި، ކަސްޓަމްސްގެ ބޭފުޅުން ތި ކުރައްވާ މަސައްކަތުގައި ރަހްމަތްލައްވާ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި.
    «آمیـــــــــــــن یارب العالمین»