އަވަށްޓެރި އިންޑިއާގައި ފަސް ދާއިރާއަކުން ދިވެހިން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންޑިއާއަކީ ދިވެހިން ވަރަށް ގިނަ އިން ބޭސްފަރުވާގެ ކަންކަން ކުރުމަށާއި ތައުލީމް ހާސިލް ކުރުމަށް ގޮސް އުޅޭ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ދިވެހިން ޗުއްޓީ ހޭދަކޮށްލުމަށް ދާ އެއް މަންޒިލަކީ ވެސް އިންޑިއާއެވެ. ތައުލީމް ހާސިލް ކުރުމަށާއި ބޭސްފަރުވާ ކުރުމަށްދާ ދިވެހިންގެ އަދަދު ގިނަވެފައިވާ އިރު، އިންޑިއާ އިން މިވަނީ ތައުލީމް ހާސިލް ކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވާލައިފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އާންމުކުރި ކަރުދާހެއްގައިވާ ގޮތުން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށް ވެސް އެބައޮތެވެ. އެކަމަކު، އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ ބުރާސްފަތި ދުވަހަށެވެ.

ތައުލީމް ހާސިލް ކުރުމަށް ހުޅުވާލި ދާއިރާތައް:

  • ބެޗްލާ އޮފް މެޑިސިން އެންޑް ބެޗްލަ އޮފް ސާޖެރީ (އެމްބީބީއެސް).
  • ބެޗްލާ އޮފް ޑެންޓަލް ސާޖަރީ (ބީޑީއެސް).
  • ބެޗްލާ އޮފް އިންޖިނިއަރިން (ބީ.އީ.).
  • ބެޗްލާ އޮފް ޓެކްނޮލަޖީ (ބީ.ޓެކް)
  • ޑިޕްލަމާ އިން އިންޖިނިއަރިން.

ކަރުދާހުގައިވާ ގޮތުން އެޕްލިކޭޝަން ހުށަހަޅާ މީހުންގެ ގާބިލް ކަމަށް ބަލާ އިރު، ބެޗްލާ އޮފް މެޑިސިން އެންޑް ބެޗްލަ އޮފް ސާޖެރީ (އެމްބީބީއެސް)، ބެޗްލާ އޮފް ޑެންޓަލް ސާޖަރީ (ބީޑީއެސް)، ބެޗްލާ އޮފް އިންޖިނިއަރިން (ބީ.އީ.) އިން ކިޔެވުމުގެ ފުރުސަތު އޮތީ ވަކި އަދަދެއްގެ މީހުންނަށެވެ. އެކަމަކު، އެހެން ދާއިރާތަކުން ގާބިލް ކަމަށް ބަލާފައި ދިވެހިން ހޮވުމުގެ ފުރުސަތު އޮތް ކަން ކަރުދާހުގައިވެއެވެ.

އިންޑިއާގެ މެޑިކަލް/ޑެންޓަލް ކޮލެޖްތައް:

  • އޭއައިއައިއެމްއެސް، ނިއު ދިއްލީ
  • އެމްޖީއެމް މެޑިކަލް ކޮލެޖް، އިންޑޯރް
  • ގަވަމަންޓް މެޑިކަލް ކޮލެޖް، ރަޖްނަންގޯއާ
  • ބީ.ޖޭ މެޑިކަލް ކޮލެޖް، ޕޫން
  • ޖޭ.އެލް.އެން މެޑިކަލް ކޮލެޖް، އަޖްމެރް
  • ގަވަމަންޓް މެޑިކަލް ކޮލެޖް، ނަގްޕުރް
  • އެލް.އެލް.އެމް މެޑިކަލް ކޮލެޖް، މީރުތު
  • ބީ.އާރް.ޑީ މެޑިކަލް ކޮލެޖް، ގިރަކްޕުރް
  • އެމް.އެލް.ބީ މެޑިކަލް ކޮލެޖް، ޖަންސީ
  • ނޯތް ބެންގަލް މެޑިކަލް ކޮލެޖް، ޑަރްޖީލިންގް
  • އެމް.ޖީ.އައި.އެމް.އެސް، ވަރްދާ
  • ގަވަމެންޓް ކޮލެޖް، ތްރިސުރް
  • އެސް.އެމް.އެސް މެޑިކަލް ކޮލެޖް، ޖައިޕޫރް
  • އެމް.އެލް.އެން ގަވަމަންޓް މެޑިކަލް ކޮލެޖް
  • ނެތާޖީ ސުބްހާޝް ޗަންދްރާ ބޯސޭ މެޑިކަލް ކޮލެޖް، ޖައިޕޫރް

މިކަމަށް ކުރިމަތިލާ މީހުން ނެޝަނަލް އެލިޖިބިލިޓީ ކަމް އިންޓަރެންސް ޓެސްޓް (އެންއީއީޓީ) އެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. އެންއީއީޓީގެ އިތުރުން އެޕްލިކޭޝަން ފޯމާއި ދިވެހި ރައްޔިތެއް ކަން އަންގައިދޭ ލިއުންތައް ފަދަ މުހިންމު ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

އިންޑިއާގެ މެޑިކަލް/ޑެންޓަލް ކޮލެޖްތައް:

  • ޝްޔަމް ޝާހް މެޑިކަލް ކޮލެޖް، ރެވާ (އެމްޕީ)
  • ޝްރީ ބީ.އެޗް ގަވަމެންޓް މެޑިކަލް ކޮލެޖް، ދުލޭ މަހަރަސްތްރާ
  • ރަޖާޝީ ޗަޓްރަޕަތީ ޝަހު މަހަރާޖް ގަވަމަންޓް މެޑިކަލް ކޮލެޖް އެންޑް ސީޕީއާރު ހޮސްޕިޓަލް، ކޮޅަޕުރް (އެމްއެޗް)
  • ގަވަމެންޓް ކޮލެޖ،ް ޖަލަގޮން، މަހަރަސްތްރާ
  • އެސް.ޕީ މެޑިކަލް ކޮލެޖް، ބިކަނާ، ރަޖަސްތާން
  • އާރް.އެން.ޓީ މެޑިކަލް ކޮލެޖް، އުދައިޕޫރް، ރަޖަސްތާން
  • ޑރ. އެސް.އެން މެޑިކަލް ކޮލެޖް، ޖޮދްޕުރް، ރަޖަސްތާން
  • އާރު.އެން.ޓީ މެޑިކަލް ކޮލެޖް، އުދައިޕޫރް، ރަޖަސްތާން
  • ގަވަމެންޓް މެޑިކަލް ކޮލެޖް، ކޮޓާ ރަޖަސްތާން
  • ކިންގް ޖޯޖް މެޑިކަލް ކޮލެޖް، ކަންޕޫރް (ޔޫޕީ)
  • ޖީ.އެސް.ވީ.އެމް މެޑިކަލް ކޮލެޖް، ކަންޕޫރް (ޔޫޕީ)
  • އެސް.އެން މެޑިކަލް ކޮލެޖް، އާގްރާ (ޔޫޕީ)
  • ލޭޑީ ހާޑިންގެ މެޑިކަލް ކޮލެޖް، ނިއު ދިއްލީ
  • ގަވަމަންޓް ޑެންޓަލް ކޮލެޖް، ރައިޕޫރް
  • ޑރ. ހަވަންޝް ސިންގް އިންސްޓިޓިއުޓް އޮފް ޑެންޓަލް ސައިންސް އެންޑް ހޮސްޕިޓަލް، ޗަންދިގާ

މި ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ހައި ކޮމިޝަންގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މއކ

    ވެރިކަން ބަދަލުވާއިރަށް އެންމެން ފޮނުވާލާނެ މާލެ

    39
    3
  2. ބުއްޅަބެ

    ނަމަނަމަ އިންޑިޔާއަށް ކިޔަވަން ނުދާތި.
    އިންޑިޔާ އައުޓު.

    44
    2
  3. ބަޓަރް

    ބޭނުމެއްނޫން. ނުދާނަން.

    30
  4. އިބްރާހިމް

    ދިވެހިންނޭ. މި ޖަހަނީ މަޅިއެއް. މި މަޅީގައި ނުޖެހޭތި. ހަނދާނުގައި ބަހައްޓަވާ. ރ ނަޝީދު ސަރުކާރުގައި ލައިންއޮފް ކްރެޑިޓްގެ ދަށުން ރާއްޖެއަށް ދޫކުރި 100މ ލޯނު ނަޝީދު ވެރިކަން ދޫކޮށްލާފައި ދިޔަތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މި ފައިސާ 3 މަސްދުވަހުގެ ތެރޭގައި ދައްކަން ރާއްޖެއަށް މަޖްބޫރުކުރުވި. އަދި ނުދައްކައިފިނަމަ ރާއްޖެ ހިފުމަށްވެސް އިންޑިޔާގެ ބައެއް ސިޔާސީ ފަރާތްތަށް ގޮވާފައިވޭ.

    28
  5. ސަލާމް ތިބައިގަނޑަށް

    ތިއީ ކުރިންވެސް އޮތް ފުރުޞަތުތަކެއް. އަމިއްލައަށް ޚަރަދު ކުރަން ޖެހޭނީ.

    24
  6. ލލ

    މިހާރު ރާއްޖެއިން ވެސް ކިޔެވެން އޮތްވާ އިންޑިޔާއަށް ދިއުމުގެ މާބޮޑު ބޭނުމެއް ނެތޭ !

    25
  7. ޝުއާޒް

    ސިންގްޕޫރު މެލޭޝިޔާ އޮސްޓުރޭލިޔާ ތަންތަން ތިއްބާ އިންޑިޔާއަށް ކާކުތޯ ތާލީމު ހޯދަން ދާންބޭނުންވާނީ. މިހާރު މިއީ 1970 އެއް ނޫން އިގޭތޯ. ތިއަކައް މިހާރަކު ރަނުގެ ފުރުސަތެކޭ ނުކިޔާނެ. މިހާރު ތީ މަތީގައި ބުނެވުނު ގައުމަކުންތަނަކައް ނުދެވޭހާލުގައި ޗޫސް ކުރަން އޮތް ތަނެއް.

    28
    1
  8. ސާބަސް

    މިރާއްޖޭގައި ހުރި ފުރުސަތު ލިޔެލާނީ ކޮންއިރަކު؟ އިންޑިއާއިން އެކަނިތަ ކިޔަވަން ފުރުސަތު ހުޅުވާލީ؟ ކޮންދުވަަކު ދިވެހިންނަށް ދިވެހިންކަންމަތީ ތިބެގެން ނޭވާ ލެވޭނީ؟؟

    26
  9. މުހައްމަދު ޝާހް، ރ.ވާދޫ

    އިންޑިޔާގަ އެކަނިތަ ތި ފުރުސަތުތައށް އޮތީ؟ އިންޑިޔާ އައުޓް

    28
  10. އަޑިނޭގޭބައެއް

    ހާދަ ރަނގަޅު ވެގެން މިއުޅެނީ ލިބޭ ވަރު ބޮޑީ. އިންޑިއާ އައުޓު.

  11. ދިވެހިން

    ޕަލިޕީންސް. އިން މެޑިސިން ކިޔެވުން އަގު ހެޔޮވެފާ މާ މޮޅު. ހުރުމުގެ ހަރަދާ ކެއުން ވެސް މާ އަގު ހެޔޮ. ވީއިރު ކީއްކުރަން އަންޑިޔާ އައް ދާންވީ.. އިންޑިޔާ އައުޓް

  12. އަލީ

    މީ އެއއްކަލަ އިންޑިއާ އޭޖެން ޔާމީނުކަލޭގެ އިންޑިއާ ޕްރޮމޯޝަނެއްދޯ

  13. ހަސަދު

    ކޮމެންޓު ކުރާ ބަޔެއް ބޭފުޅުންނަށް ދަންނަވަން އިންޑިޔާ އަކީވެސް ކިޔަވަން ދާން ރަނގަޅު ގައުމެއް. ބަޔެއް ޔުނިވަރު ސިޓީ ތަކަކީ ވަރަށް ފެންވަރު ރަނގަޅު ޔުނިވަރު ސިޓީ ތަކެއް. ސިޔާސީ ހަސަދައިގައި ދަރިވަރުންގެ ވިސްނުން ހަލާކު ކޮށް، ދޭދޭ ގައުމާ ދިވެހިންގެ ޖެއްސުމުން ގެއްލުން ލިބޭނީ ދިވެހިންގެ ސިޔާސީ ނޫން "ރަނގަޅު" މީހުންނަށް.

    1
    3
    • ޝަހީގު

      ކަލޭމެން އިންޑިޔާ ޕުރޮމޯޓު ކުރުމުގައި ތިޔަ އުޅެނީ މާބޮޑަށޭ.. އަހަރެމެންނަކީ ބޮލުރޮދީންނެއް ނޫން.. ދުނިޔޭގައި ތައުލީމުދިނުމުގައި މޮޅު ދެރަ އަހަރެމެން ދަންނަން. މިއީ ބައްތެލި ދުއްވު ޒަމާނެއްނޫން.

  14. ވާގޮނުސްކޮ

    ހަހަހ .. ސޮރީ .. އިންޑިއާ އަށް ؟ މިރާއްޖޭގެ ރައްޔިތުން
    ގޮސްގޮސް ތަރައްގީވި ސިޓީއެއް އިންޑިއާގަ އޮތްކަން އިންޑިއާ އަށް ނޭންގޭ. މިހާރު ތިޔަ އިންޑިއާ އޭބުނާއަޑު އިވުނަސް މޭނުބައިކޮށް ހޮޑުވެސް ލަވާ. މިހާރު ދިވެހިން އަމިއްލަގައުމުގަ ތިބެގެން މަތީތައުލީމް ހާސިލް ކުރަން ހުރިފުރުސަތު ތައް މަދެއްނޫން. އއފުރުސަތުތައް ޕްރޮމޯޓް ކުރިއްޔާމާރަންގަޅު. މިހާރު ދިވެހިން ތިއިންޑި ދަސްކޮށްފި.