ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި އޭގެ ތެރެއިން މެދު ރާއްޖެތެރެއަށާއި އުތުރަށް ވައިބާރު ވާނެ ކަމަށެވެ.

"ކުރިއަށް އޮތް 24 ގަޑއިިރު، ވާރޭ ވެހޭނެ. ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެނޭ" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، މާދަމާއިން ފެށިގެން އެހާ ބޮޑަށް ވާރޭ ނޫޅޭނެ ކަމަށާއި އެހެން ނަމަވެސް ކެރީގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެވްރެޖް ގޮތަކަށް ވައި ދަމަހައްޓާނެ ކަމަށާއި ވައި މަޑުވާން ފަށާނީ ހޯމަ ދުވަހުން ފެށިގެން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން ދުވަހު މެދު ރާއްޖެއަށާއި އުތުރަށް ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ދެކުނަށް އާދައިގެ ވަރަކަށް ކަނޑު ގަދަވިއަސް، 24 ގަޑިއިރު، ފަހުން ދެކުނަށް އެހާ ވައި ބާރެއް ނުވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުނ ްހއ. އަތޮޅުން ފެށިގެން ކ އަތޮޅާއި މިރޭ 21:00 އާއި ހަމައަށް ވަނީ އޮރެންޖް އިންޒާރު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު