ފޮރިން މިނިސްޓްރީ ކުރިން ހިންގަމުން އައި އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ.

މިހާރު އެ އިމާރާތަށް ނަން ވަނީ "ފަތުހުﷲ ޖަމީލް" ބިލްޑިންގެ ނަމަށް ބަދަލުކޮށްފައެވެ. ފަތުހުﷲ އަކީ ރާއްޖޭގެ ހާރިޖީ ދާއިރާއަށް އެތައް އަހަރެއް ވަންދެން މަސައްކަތްކޮށްދެއްވި ބޭފުޅެވެ.

މިނިސްޓްރީ އިމާރާތް ކުރަންވެގެން އެމްޓީސީސީގެ ސޯމިލް ރިލޭޝަން އިމާރާތަށް ބަދަލުކުރީ 2019 ވަނަ އަހަރުއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުރިން މިނިސްޓްރީން ހިންގަމުން އައި އިމާރާތް ނިމިފައިވާތީ މާދަމާއިން ފެށިގެން މަސައްކަތްތައް ކުރިއަށްދަނީ "ފަތުހުﷲ ބިލްޑިންގް" ގައި ކަމަށެވެ.

މި އިމާރާތް މަރާމާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ.

ޗައިނާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ފޮރިން މިނިސްޓްރީގެ އިމާރާތުގެ ޖާގާބޮޑުކުރުން ހިމެނެއެވެ