އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާ ފަޅާލައި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ކައުންސިލް އިދާރާ ފަޅާލާފައިވަނީ އެއިދާރާގެ ކުޑަ ދޮރެއްގެ ތަންޑު ނައްޓާލުމަށްފަހު ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

ހަންޏާމީދޫ ކައުންސިލް އިދާރާ ފަޅާލައި ރުފިޔާ ނަގާފައިވާ ކަމަށް އެކައުންސިލްގެ މެމްބަރަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ، ރޭގެ ވަގުތެއްގައި ވަގުން ކައުންސިލް އިދާރާގެ ސޭފް ރޫމަށް ވަދެ ތިޖޫރީ ފަޅާލައި ހުރިހާ ފައިސާއެއް ވަގަށް ނަގާފައިވާ ކަމަށާއި ތިޖޫރީގައި ދެ ލައްކައަށްވުރެ ގިނައިން ފައިސާ ހުންނާނެ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ވާހަކަ ހިއްސާ ކޮށްފައިވާ ކަމަށް މެމްބަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހު

    ޙެހެހހެހެހ

  2. ރަފީޤު

    ޕެޓީކޭޝްގެގޮތުގައި ބޭނުންކުރަންޖެހޭ ހަތަރުހާހެއްރުފިޔާއަށްވުރެ އިތުރަށް ތިޖޫރީތަކުގައި ފައިސާ ނުބެހެއްޓުމަށް ސާރކިޔުލާއެއް އޮންނާނެ! ތިހާގިނަ ފައިސާ އޮފީހުގެ ތިޖޫރީގައި ބެހެއްޓުމަކީ ރާވައިގެން ކުރާ ވައްކަން! އިންޞާފްވެރި ނަޒަރަކުން މައްސަލަ ބަލައިފިނަމަ ކައުންސލްގެ ކޮންމެވެސް ބައެއްގެ އަތެއް ތިކަމުގައި އޮންނާނެ! ތިޔައީ ކައުންސިލްގެ ބަޔަކު ވަގުންލައްވާ ކުރި ވިޔަފާރިއެއް!