ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ޖަހާފައިވާ ފަރާތްތަކުން މާލެ އިން ރަށްތަކަށް ދަތުރު ކުރާއިރު ކޮވިޑް-19 އަށް ޓެސްޓްކޮށް 78 ގަޑިއިރު ހަމަނުވާ ނައްސި ނަތީޖާއެއް އޮންނަން ޖެހެއެވެ. ރަށަށް ދިއުމަށް ކޮވިޑަށް ޓެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް މާލޭ މަގުމަތީގައި ވަކި ތަރުތީބެއް ނެތި ސުުންކު ނަގާ ތަންތަނުން ސުންކު ނަގައިގެން ކޮވިޑަށް ޓެސްޓް ކޮށްގެން ވެސް ރަށަށް ދެވޭނެއެވެ. އަދި ފްލޫ ކްލިނިކުން ކޮވިޑަށް ޓެސްޓް ކޮށްގެން ވެސް ރަށަށް ދެވޭނެއެވެ.

އެޗްޕީއޭ އިން މައުލޫމާތު ދެއްވާ ގޮތުގައި ކޮވިޑަށް ޓެސްޓް ކުރުމުން ފޯނަށް ލިބޭ މެސެޖުންނާއި އަދި އެޗްޕީއޭގެ ޕޯޓަލް އިން ކޮންމެ މީހަކަށް ފެންނަން ހުންނަ އެމީހެއްގެ މައުލޫމާތުން އެއީ ކޮވިޑަށް ނައްސި ވެފައިވާ މީހެއް ކަމަށް ދައްކާނަމަ ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ދަތުރު ކުރުމުގައި ހުރަހެއް ނޯންނާނެއެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރަން އަމިއްލަ ކްލިނިކްތަކުންނާއި ހޮސްޕިޓަލްތަކުން ބޮޑު އަގެއް ނަގަމުން ގެންދާތީ، ފައިސާ ދައްކައިގެން ކޮވިޑަށް ޓެސްޓް ކުރުން ވަނީ ގިނަ ބަޔަކަށް ދަތިކަމަކަށް ވެފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މާލެ އިން ރަށްތަކަށް ދަތުރު ކުރާނަމަ ކަރަންޓީން ވާން ޖެހޭ ގޮތައް ހަމަޖައްސާފައި އޮތުމުން ގިނަ ބަޔަކު މާލޭ ބަންދުގައި ތިބޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެންކަމުން ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ދިނުމާއިއެކު ގިނަ ބަޔަކު މިހާރު އަންނަނީ ރަށްތަކަށް ދަތުރު ކުރަމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވެސް މިހާރު އަންނަނީ މަދުވަމުންނެވެ. މިމަހު ރާއްޖެ އިން އެވްރެޖްކޮށް ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހުރީ 118 ގައެވެ. ޖޫން މަހު އެއަދަދު ހުރީ 313 ގައެވެ. ޖުލައި މަހު އެއަދަދު ހުރީ 1115 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 😬

    ކާށިދޫ އިން 2 މީހުން ރަންޑަމް ސާމްޕަްލް ޕޮސިޓިވް ވެއްޖެ ދެންމެ