ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކަށް އިންޑިއާއިން ކޯޓާ އާކޮށްދީފިއެވެ.

އިންޑިއާގެ ޑިރެކްޓަރު ޖެނެރަލް އޮފް ފޮރިން ޓްރޭޑް ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ރާއްޖެ އާއި އިންޑިއާއާ ދެގައުމުގެ ދެމެދު ހެދިފައިވާ ބައިލެޓްރަލް ޓްރޭޑް އެގްރީމެންޓްގެ ދަށުން ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ފުށް އަދި ދާލްގެ ކޯޓާ ވަނީ އިތުރުކޮށްދީފައެވެ.

އެގޮތުން 40 ކްރޯޑްގެ ބިހާއި 63000 މެޓްރިކް ޓަނުގެ ހަކުރަށް ކޯޓަށް ދީފައިވާ ކަމަށްވެސް ޓްރޭޑުން ނެރުނު ބަޔާނެއްގައިވެއެވެ.

ހިލަ އަދި ހިލަވެލި ރާއްޖެއަށް އެކްސްޕޯޓް ކުރެވޭނީ ދެ ގައުމުގެ ސަރުކާރުގެވެސް ކަމާއި ބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް އެކްސްޕޯޓަރުން ނެގުމަށް ފަހުއެވެ.

ކުރިއަށް އޮތް ތިން އަހަރަށް މި ތަކެތި ރާއްޖެއަށް އެކްސްޕޯޓް ކުރަނީ އެއްވެސް ޑިއުޓީއަކާ ނުލާ ކަމަށް އިންޑިއާގެ ބައެއް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއިން މި ބާވަތުގެ މުދާ ބޭރުކުރުން ކޮންޓްރޯލްކުރި ނަމަވެސް މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގެންނަ ތަކެތި ހުއްޓުމެއްނެތި ގެނެވޭނެއެވެ.

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާ އިތުރުކޮށްފައިވާއިރު އިންޑިއާ ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ދަތުރުތައްވެސް ދަނީ ކުރަމުންނެވެ. ކާގޯ ފެރީގެ ސަބަބުން މި ތަކެތި ގެނައުމަށް އިހުނަށްވުރެ ފަސޭހަވެގެންދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޖާ

    ދުނިޔޭގެ އެހެންގައުމުތަކުން ކާބޯތަކެތި ރާއްޖެއައް ކޯޓާއަކާނުލާ ގެނެވޭދޯ.