މ. ކަނީރުވިލާގެ ދެވަނަ ފަންގިފިލާގައި ހުންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދޫކުރުމަށް ހާއްސަ ކުންފުނި އެސްޑީއެފްސީގެ އޮފީސް ފަޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 08:56 ގައި ކަމަށެވެ. މިހާރު ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އޮފީސް ފަޅާލައިގެން ވަގަށް ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެސްޑީއެފްސީ އަކީ މިސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

އެސްޑީއެފްސީ ފަޅާލި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެެ.

މިހާރު މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އަންނަނީ ގިނަވަމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ރޭގަނޑު ކާފިއު އިއުލާންކޮށް މަގުތައް މަތީގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ދުވަސްވަރު މިފަދަ މައްސަލަތައް ފެންމަތިވިިލެއް މަދުވިއެވެ.

ފުލުހުން އަންނަނީ އޮފީސްތަކާއި ބޭންކުތައް މިފަދަ ކުށްކުރާ މީީހުންގެ ކިބައިން ސަލާމަތްކުރުމަށް މިފަދަ ތަންތަން ހިންގަމުން އަންނަ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމުންނެވެެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަފީ

    ފަޅާލައިގެން ގެންދިޔައޭ ކޯޗެއްތޯ؟

  2. ޔ

    ވަގުތު ނިއުސް ކުދިންއަޅުގނޑުގެ ކޮމެންޓްޖަހާނުދިން މީގެދުވަސްކޮޅެއްކުރިން އަޅުގަނޑު ހަމަމިގޮތަށްލިޔުނިން ލޮކްޑައުން ނުފިލައިގެންމީހުން ރުޅިއައިސްގެންއުޅެނީ މިކަހަަލަނުލާކަންތައްނުކުރެވިގެނޭ. މިއަދު ވަގުތު ކުދިންނަށްވެސް އެގިއްޖެދޯ އަޅުގަނޑު ބުނީތެދެއްކަން

  3. ހިއްމަރު

    ތިޔަވާނޫ ބޮޑެތި މީހުންގެ ކަމަކަށް