އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލަ އަށް ބެލުމުން ޕްރޮސެކިއުޓަރ ޖެނެރަލް ތަފާތު ކުރުން ގެންގުޅޭކަން ވަރަށް ސާފު ކަމަށް ކުރީގެ ނައިބް ރައީސް އަދި ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މަހްލޫފް މައްސަލާގައި ޕީޖީން އަދިވެސް ވިދާޅުވަމުން ގެންދަވަނީ ދިރާސާ ކުރަމުންދާ ކަމަށެވެ. ޕީޖީން ދިރާސާކުރަމުން ދަނީ މަހްލޫފަށް ދައުވާ ކޮށްްދިނުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ލިޔުންތަކެވެ. އެ ލިޔުންތައް އޭސީސީން އެންމެ ފުރަތަމަ ފޮނުވީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެކަމަކު، މައުލޫމާތު ފުރިހަމަ ނުވާ ކަމަށް ބުނެ ޕީޖީން ވަނީ އެކަން ފުރިހަމަ ކުރަން އޭސީސީ އަށް ފުރުސަތު ދީފައެވެ. އިތުރު ލިޔުންތައް ފޮނުވުމުން ޕީޖީން މިހާރު ވެސް ދަނީ އެ ލިޔުންތައް ދިރާސާކުރަމުންނެވެ.

އެ ލިޔުންތައް ދިރާސާ ކުރަމުންދާތާ މަހަކަަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެކަމާއި ގުޅިގެން ޖަމީލް ވިދާޅުވީ، ޖިނާއީ ކުށުގައި މުޅި ރައްޔިތުންގެ ހައްގު ހިމެނޭ ކަމަށާއި، ޕީޖީން ތަފާތު ކުރާކަން މަހްލޫފްގެ މައްސަލައިން ވަރަށް ސާފު ކަމަށެވެ.

ޑރ. ޖަމީލް ދެން އަލިއަޅުވާލީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ރޮލެކްސް ގަޑި އާއި ލަގްޒަރީ އެޕާޓްމެންޓާއި މަނީލޯންޑްރިން މައްސަލަތަކުގައި 70 މިލިއަން ރުފިޔާ ދައުލަތަށް ނަގަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނު މައްސަލައަަށެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކުރި ދައުވާތަކުގެ ވާހަކަތައް ހިއްސާކޮށްފައި ވެއެވެ.

"ލަގްޒަރީ ގަޑި އާއި އެޕާޓްމަންޓުގެ ވާހަކަ ޖޯކު. މަޖިލީހުން ޑިމޮކްރެސީ ދަމަހައްޓާނަމަ ޕީޖީ ނުހުންނާނެ. ހޭލާ ތިބެ، 24 ގަޑިއިރު ނުވަނީސް ރައީސް ޔާމީނަށް ނުޙައްގު ދަޢުވާ އުފުލާ" މިނިސްޓަރ މަހްލޫފަށް ދައުވާ ކުރުން ލަސްވި ނަމަވެސް ކުރީގެ ޔާމީނަށް އަވަސް އަވަހަށް ދައުވާކުރާކަން ފާހަގަކޮށް ޑރ.ޖަމީލް ކުރި ޓްވީޓްގައި ވެެއެވެ.

އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އެބަ އޮތެވެ. އެކަމަކު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް އިންކާރު ކުރައްވައެވެ. މިއީ ސިޔާސީ ގޮތުން އޭނާ "ކަތިލަން" ކުރާ ކަމެއްގެ ގޮތުގައި މަހްލޫފް ސިފަ ކުރައްވައެވެ.

މަހްލޫފް ވިދާޅުވާ ގޮތުގައި އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ކުޅިވަރު އިންތިހާބަކާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  ތޮއްޑޫޢަލީ ވަހީދުގެ މައްސަލަ ޕީޖީ އުންސުރު ޝަމީމި ކުރިއަށް ގެންދާގޮތަށް ބެލުމުން ތަފާތުކުރުން ގެންގުޅޭކަމަށް ނުބެކެވޭތަ؟؟ޑރ. ޖަމީލު މިޕްރޮސެސް ވެސް ދިރާސާކޮށްލަންވީ ނޫންތޯ؟؟؟

  • ކޮވިޑް

   ފުރަތަމަ ބަލަންވީ މިސަރުކާރުން އަދުލުވެރިކަމާ އިންސާފުން ކުރިކަމެއް ނު ދިރާސާ ކޮށް ގެން ހޯދަން ވީ ؟ އޭގެ ފަހުން ތާ އެކަންކަމާ ވާހަކަ ދެއްކޭނީ. ކުރީގެ މޭޔަރ ޝިފާ ގެ މައްސަލަ ޔޯ؟

 2. ގލ

  ޕޖ އަކީ އުވާލަން ޖެ ހިފައިވާ މޑޕގެ ހަރުގެ އެކެވެ.

  3
  1