ށ. އަތޮޅު މަރޮށިން ޑިންގީއެއްގައި ނުކުތް ހަތަރު މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.
އެ މީހުން ހޯދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދި ކައުންސިލުން ވަނީ ހަރަކާތްތެެރިވެފައެވެ.
އެރަށު ކައުންސިލް ރައީސް އަލީ މުހައްމަދު ވިދާޅުވީ، ޑިންގީއެއްގައި ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔައީ ހަތަރު ކުދިން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުދިންނާއި 18 އަހަރުން މަތީގެ ދެ މީހުން ކަމަށް އޭނަ ވިދާޅުވިއެވެ.
އަލީ މުހައްމަދު ވިދާޅުވީ، އެ މީހުން ފެނިފައި ވަނީ އެރަށް ކައިރީ އޮންނަ ދެ ރަށް ދެމެދުން ކަމަށެވެ. އަދި އެ ޑިންގީ ބަންޑުން ޖަހާލައިގެން އުޅުނު ކަމަށް ނުބެލެވޭ ކަމަށް އަލީ މުހައްމަދު ވިދާޅުވިއެވެ.
އެމްއެންޑީއެފް އިންވެސް ވަނީ ގެއްލުނު މީހުން ފެނިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެކަމުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ހެޔޮ ޙާލުގައި ދައްކަވާށި