އެމްޑީޕީއަށް ކޮންމެ ފަހަރަކުވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއިއެކުގައި ކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުންގެންދަވާ ނަޝީދު މިގޮތަށް ވިދާޅުވީ، އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ހިންދޫއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ތިން ފަހަރުގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް ދެ ފަހަރު ކާމިޔާބު ކުރެވުނު ކަމަށާއި، އެ އިންތިހާބުތައްވެސް ކާމިޔާބު ކުރެވުނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއި އެކުގައި ކަަމަށެވެ. އަދި އެމީހުންގެ ވޯޓާއި ނުލާ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށްވެސް ނަޝިދު ވިދާޅުވިއެވެ.

އެއީ ކޮން ބައެއްކަން ހާމަނުކުރައްވާ އެމަނިކުފާނު ވަނީ އެ މީހުންގެ ސަބަބުން ރާއްޖެ ނުރައްކާތެރިތަނަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވިއެވެ.

"އަފްޣާނިސްތާނު މިހާރު އޮތް ހާލަތަށް ބައްލަވާ".ނަޝިދު ވިދާޅުވިއެވެ.

އިތުރަށް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ދެބަސްވުމެއް ނެތް ކަމަށާއި، އެއީ ވަރަށް ރަނގަޅު އެކުވެރިއެއް ކަމަށެވެ. އަދި އެމްޑީޕީ ދެބައިވާން ނޭދޭކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހުރިހާ ހިނދަކު އެކަން ވިޔަ ނުދޭތޯ މަސައްކަތް ކުރާނަން. މެދުމިނުގެ އުސޫލު ގެންގުޅޭނަމަ އެންމެން އެއްކޮށް އެއް ޕްލެޓްފޯމަކަށް އަރަން ޖެހޭ. އެއީ ޕީޕީއެމް ހިމަނައިގެން ވިޔަސް". އޭނާ ވިދާޅުވިއެވެ.

ނަޝީދު މިފަދަ މޭރުމަކުން ވާހަކަފުޅުދައްްކަވާފައިވާއިރު، އެމަނިކުފާނުގެ ވާހަކަފުޅު ސީދާ އަމާޒުކުރައްވާފައި ވަނީ ކޮން ބަޔަކަށް ކަން ހާމަކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ އެ ވާހަކަފުޅު އަމާޒުކުރައްވާފައި ވަނީ އަދާލަތު ޕާޓީއަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. 2008 ވަނަ އަހަރާއި، 2018 ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީވެސް ހިމެނޭ ގޮތަށް ކޯލިޝަން ހަދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ބުރުހާނުއްދީނު

    ދައުރުނިމެންގާތްވާވަރަކަށް ދުއްތުރާކުރާނެ. އިންޑިއާގެ ގާނޫނުހަދާމަޖިލީހަށް ހުށަހަޅައިގެންނަމަވެސް އެމްޑީޕީއިން މީތި ބޭރުކުރެވޭތޯބަލަމާހިނގާ !!

    31
    2
    • ޒައިކް

      ވެރި ކަމާހެދި ބޫތުކައިގެން މޮޔަ ގޮވަނީ... މައުމޫނު 3 ނޮވެމްބަރު ދައްކައިގެން ސިމްޕަތީ ހޯދައި 30 އަހަރު ހަމަކުރި ގޮތަށް ބޮމެއް ދައްކައިގެން ހަމްދަރުދީ ހޯދަން މިކަލޭގެ އުޅެނީ.. އެކަމެއް ނުވާނެ ތިޔައީ ބިލާހެއް ސައިޒު އޮޅިގެން ތިޔައުޅެނީ.. ތި އެމްޑީޕީ ތެރޭގަވެސް އިބޫގެ ތާއީދު މާބޮޑު ވާނެ މިހާރު

  2. Anonymous

    ކޮންތާކު މިޖެހުނީ...އަޅުގަނޑު މިޔަހުރީ ހަމަ ވާނުވާގަ ސާހިބާ.

    24
    2
    • ސިޔާސީ ވިހަ

      މީހުން ބޮލުގައި ހަރުކަށި އިލްޒާމާއި ލާދީނީ އިލްޒާމު އެޅުވުން އާންމު ވީމައި ވާ ގޮތް މިއީ ، މިއީ ވަރަށް ސީރިއަސް ދެ ތުހުމަތު ، ކުޅޭ ކުޅޭ ވާހަކައެއް ނޫން އެއީކީ ، މިއީ ކީ ހަމަ ހުރެފައި މީހުންނާ ދިމާލަށް ގޮވަން ހެޔޮވާވަރު ވާހަކައެއް ނޫން

      4
      2
  3. ބޯކިބާ

    މީނަ ޓިކްޓޮކު ކުޅެން ރަނގަޅު.

  4. ނޫސްކިޔާމީހާ

    ކޮން މެސް މީހަކު ބުނެބަލަ މީނަ މިކިޔަނީ ކީކޭ؟

    • ނައުފަލު

      އޭ ނަޔަށްވެސް ނޭ ނގޭ ނެ އެކިޔޭއެއްޗެއް.. މަގުމަތި ންފެ ނު ނު ބަ ންގާޅީއެއްކައިރި ން އަހާލީމަބު ނީ އަ ން ނިބު ނަ ނީ ކޯއްޗެއް އަހަރެ ންވެސް ނޭގެ ނީ ؟؟ ރާއްޖެމީހާ ދައްކާވާހަކަ އަހަރެ ންއެ ނގެ ނީ އެކަމަކު ދޮ ންބެބު ނާއެއްޗެއް ކުޑަކުޑަވެސް ނޭގެ ނީ

      • ހުސްތަން

        ކަލޭ ލިޔަން ނޭނގެނީ

  5. އަހުމަދު

    ނޫން. ރައްޔިތުންނަށް އޮޅިގެން ވޯޓު ދެވުނީ ލާދީނީ ބަޔަކައް. އެއީ އެމް.ޑީ.ޕީ ގެ ލީޑަރޝިޕްގަ ތިބި ބަޔެއް. ﷲ އާއި ރަސޫލާ އައް މަލާމާއަތް ކުރުމާއި ދެކޮޅުވުމަކީ ހަރުކަށި ކަމެއް ނޫން

  6. ރައީސް

    ހަރުކަށި ފިކުރަކީ ކަލޭގެ ފިކުރު. ލާދީނީ ހަރުކަށި އަދިރި ދައުލަތުގެ ރައީސް.

  7. ވައިކިންގ

    އޭނާ މޮޔަވަނީ

  8. ބޮއް

    ނަޝީދު ޖަރުމަނުގަ ހިނދުކޮޅުގަ ހުންނަވާހެއް ހާދަ ހީވެޔޭ!

  9. ސަމާ

    ތިހިރީ ދެބައްޔެއ ޖެހިފައި.
    1- ވެރިކަން ކުރަން (ރައްޔިތުންނަށް ގައުމަށް ފައިދާއަކަށް ނޫން) ހޭކުޑަތަންވެފައި
    2- ދަތިހާލުގައިވެސް އެތައްޕްރެޝަރަކާއި އެކުވެސް ވެރިޔަކު ގައުމުހިންގައި 5 އަހަރު ހަމަކުރުމުން މޑޕ ތާރީހްގައިވެސް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރި ވެރިއަކަށް އެހެން މީހަކުވެދާނެތީ ކުޑަކޮށް ޖޭވެފައި.
    ކިހާ ބޮޑުކަމެއް !!!

  10. ޓަކަފިރޯށި

    ހިކި މަސްތުވާތަކެއްޗާއި ދިޔާ މަސްތުވާ އެއްޗެހި ބޭނުންކުރާ މީިހުންގެ ވޯޓާވެސް އެކުގައި އ.ޑ.ޕ އަށް ވެރިކަމަށް އާދެވުނީ!!ހަރުކަށި ފިކުރާއި ވަލުޖަނަވާރު ފިކުރުގެ ސާހިބަކީ ރ.ނަޝީދު ނޫންތޯ!!

  11. ހަހަ

    އމޑޕ މީހުން ބަހައްޓަންވީ ހަމަ މަގުމަތީ އަޑު ގަދަ ކުރަން، އެއީ އެކުދިންނަށް ވާނެ ކަމަކީ.

  12. ޓަކިބެ

    އަދާލަތު ޕާޓީއާ ސަލަފު ޖަމިއްޔާ އަކީ ހަރުކަށި ފިކުރު ކަމަށް ވަންޏާ އެމްޑީޕީއާ ނަޝީދަކީ ލާދީނީ ފިކުރުގެ މައި ތަނބު. ސާފު ވެއްޖެ؟؟؟ މިގައުމަކީ ނަޝީދުގެ ތަރިކަ މުދާގަނޑެއް ނޫން. ގައުމުގަ ތިބި ދީނީ އިލްމުވެރިންނަށް ތިހެން ބަހުގެ ހަމަލާ ދެންޏާ ލާދީނީ އެމްޑީޕީއާ ލާދީނީ ނަޝީދުއަށް ވެސް ބަހުގެ ހަމަލާ ދެވޭނެ. ނަފުރަތުގެ ބިލުގެ ނަމުގަ ޔަހޫދީ ހީލަތްތެރި ރޭވުމުގެ ދަށުން ދީނީ އިލްމުވެރިންގެ އަގުވައްޓާލަން ނަޝީދު އުޅުމަކީ ގޯހެއް. ވަރަށްބޮޑު ގޯހެއް..

    33
    2
  13. އަޙްމަދު

    ދެން އެހެން ވެއްޖިއްޔާ އެމީހުންގެ ވޯޓު ބާތިލު ކަމަށް ބަލާފައި އެއްކައިރިއަށް ޖެހެންވީނުން އަހަރެމެން ބޮލަށް އިތުރަށް ސިނުލާ!

  14. އާދަމުގެދަރި

    ހަރުކަށިކަމާއި ދޮގުހެދުމާއި އޮޅުވާލުމާއި ފިތުނަ ފަސާދަ އުފެއްދުމުގެ އިއްޒަތްތެރި މާހިރު ހުންނަ ތަނެއްގައި އެހެން މީހަކަށް އެކަމެއް ނުދެއްކޭނެ.

  15. ރަބަރޭ

    ކޮބާތަ ހަރުކަށި ފިކުރުގެ މީހު ންނ ނަކީ

  16. ދުރުމި

    ތި ގެންނަނީ އަދާލަތު ޕާޓީ.

  17. ނ

    އިސްލަަމްދީނަށް އުޅެންބޭނުންނޫން ބައިގަނޑު ފެއްސޭ މިދިވެހި ބިމުން އުމުރަށް. ކާފަރުންގެ މިނިވަންކަން ހޯދަންއުޅޭ މީހުން އަރާނީ ލާދީނީ ބޮޑޭގެ ފަހަތަށް. އަފުން މޑޕ އާދެކޮޅު، ލާދީނީ އޭޖެންޓްމީހާ އިބޫއާ ވަކިވުމަކީ އަފުން ވޯޓާޖެހެންދެން އިބޫއަށް ސަޕޯރޓްކުރަންފެށި ވަގުތު. ތެންކިއު ލދނ. ރާއްޖެއަކީ ދިވެހި ލާދީނީ އެންމެން އަންނަން(ތިބެން) ޖެހިލުންވާ ގައުމަކަށް ވުން ދުއާއަކީ އަބަދުގެ އަބަދަށް.ލައިކް މުޖޫގެ ފެމިލީ، ރެއިންބޯ ޕީޕަލް އެންޑް ނަސާރާދީނަށް ވަދެތިބި މީހިން. އިސްލާމްދީނަށް އުޅެންބޭނުންނުވާ ދިވެހިންވީ ދިވެހިރައްޔިތުކަން ދޫކޮށް ބޭނުން ކާފަރު ގައުމެއްގަ އުޅެންދިއުން. އެމީހުންގެ ހިމާޔަތުގަ ﷲ މަރުހިއްޕަވަންދެންތިބޭ ފާފަކުރުމުގަ. އިބޫ ގެ އަޚްލާގު މިހާރު ފެންނަނީ ރައްފުށު މައިންބަފައިންގެ ރީތި އަޚްލާގު އަންނިއަށް ރައްދުނުދޭތީ ޖެއްސުންކޮށް މޮޔަގޮވާއިރު. ކުރި ހުވާގަ ހުރެ ބާކީ އޮށް ދައުރު ތަރައްގީއާ އަދުލު އިންސާފުން ވެރިކަންކުރާތަން ފެނުން.ސިޔާސޫ މަގާމް މަދުކޮއްލާ މޑޕ ދިނާދެކޮޅު ފޭކް މީހުން ވަކިކޮށް(ސޭވް ފަންޑްސް ފޯ ތަރައްގީ) މަދުބަޔަކު ގޮވައިގެން ޚިދުމަތުގަ މަޑުނުޖެހި ދިއުން. އާއިލާގަ ހާފިޒުންތިބުމަކީ އިބޫވެސް ދީނަށްލޯބިކުރުމުގެ ޒައްރެއްގެ މިންވަރު ހުރުންކަމުގައިވިޔަސް ލާދީނީ ބައިގަނޑުގެ އެދުން ފުއްދިޔަނުދީ ހިފަހައްޓާލާތި ކިތައްމެ ޕްރެޝަރ ކުރިޔަސް. ގަޓްގަ.ހޯޕްއިބޫ އިޒް ނޮޓް ނާޒީ ސްޓައިލް.އަދިވެސް އަޑިން އަންނިއާ އެއްކޮޅުގަ ހުރެ ފޭކްޖެއްސުން. އިސްލާމީ ގާނޫނުލް އުގޫބާތު އިސްކޮށް އާޚިރަތައްޓަކާ ވެރިކަންކޮއްދިނުން ﷲ ވެރިކަން ހަވާލުކުރެއްވީތީ. ޑޯންޓް ޕްލީޒް ނޮންމުސްލިމްސް. ޕްލީޒް ﷲ.

  18. ޢައިޝް

    އަޅުގަނޑުމެން ގެ ޖެނެރޭޝަނުގައި ދިވެހިރާއްޖޭގެ ވެރިކަމާއި ހެދި މޮޔަވި ފުރަތަމަ ރައީސް.

  19. މީޙާ

    ކޮން ގޮބޮޅިއެކޭތަ ތި ކިޔަނީ... މައިތިރިވެ ހުރެބަލަ...