މި ފަހަރުގެ އަޝްހާ އީދުގެ ޗުއްޓީއަށް އެންމެ ގިނަ މީހުން މާލެއިން ދަތުރު ކުރަނީ ހދ. ހަނިމާދޫއަށް ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ރަށްރަށަށް ދަތުރުކުރަން ދިން ލުއިތަކާއެކު މޯލްޑިވިންގެ ދަތުރުތަކަށްވެސް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށެވެ.
ބަންދާ ދިމާކޮށް އެންމެ ގިނައިން މީހުން ދަތުރުކުރަން ޓިކެޓް ނަގާފައިވަނީ ހަނިމާދޫ އަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަދު ސީދާ އަދަދެއް ފަހުން ހާމަކުރައްވާނެ ކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ.
މޯލްޑިވިއަނުން ދުވާލަކު ތިން ފްލައިޓް ހަނިމާދޫއަށް ދަތުރުކުރެއެވެ. މި ވަގުތު މާލެއިން ހަނިމާދޫ އަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 1،113 ރުފިޔާއަށެވެ.
ހަނިމާދޫއިން ވާހަކަ ދެއްކި މީހަކު "ވަގުތު" އަށް ބުނީ ބަންދާ ދިމާކޮށް ދުވާލެއްގެ މައްޗަށް 20 ވަރަކަށް މީހުން ރަށަށް އަންނަ ކަމަށެވެ. މޮނިޓަރިންގެ ހާލަތުން ހަނިމާދޫ ނެގީ ދާދި ފަހުންނެވެ. އޭނާ ބުނީ ރަށުގެ ގެސްޓުހައުސްތަކަށް ވަރަށް ބާރުބޮޑުވެފައިވާ ކަަމަށެވެ. އާއްމު ގޮތެއްގައި އެރަށަށް ޗުއްޓީއަށް ދާ މީހުން ހަފްތާއެއްހާ ދުވަސް ހޭދަކުރެއެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން އީދުގެ ހަރަކާތްތައް ނުބާއްވަން އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލުގެ ދަށުން އެއްރަށުން އަނެއް ރަށަށް ދަތުކުރާ ފަރާތްތަކަށް ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނީ ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ފަހުންނެވެ.
މޮނިޓަރިންގައި އޮންނަ ރަށަކުން އަނެއް ރަށަށް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތެއް ދަތުރު ކުރިއަސް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނައްސި ޓެސްޓެއް އޮންނަން ޖެހޭނެއެވެ. އަދި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހެއް ކަމުގައިވާނަމަ ދަތުކުރެވޭނީ ބަލިިން ރަނގަޅުވިތާ 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
އީދައް ޓިކެޓް އަގު ހެޔޮ ކޮށް ދަތުރު ގިނަ ކުރަން ވީ އެވެ.
ކުޅުދުއްފުއްޓައް ބާއްވަބަލަ ދުވާލަކު 5 ފުލައިޓް ވެސް ފުލު ވާނެ
ފުލައިޓު ބޭއްވީމަ ދޯ އެނގޭނީ