އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ފުރާވަޑައިގަަންނަވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޝާހިދުގެ މި ދަތުރުފުޅަކީ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު އަދި ފޮރިން ސެކެރެޓަރީ ހަރްޝް ވަރްދަން ޝިންގްލާއާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަހުގެ 23 ވަނަ ދުވަހު އިންޑިއަން ކައުންސިލް އޮފް އެފެއާސް އިން ބާއްވާ " ޕްރެސިޑެންސީ އޮފް ހޯޕް 76 ޔޫއެންޖީއޭ: ކޮވިޑް ޕެންޑެމިކް އެންޑް ދަ ނީޑް ފޯ ރިފޯމްޑް މަލްޓުލެޓްރިޒަމް" ގައި ޝާހިދު ތަގުރީރު ކުރައްވާނެއެވެ.

ޝާހިދާއެކު ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސޭން) އަދި މިނިސްޓްރީގެ ޖޮއިންޓް ސެކެރެޓަރީ މަރިޔަމް މިފްދާ ނައީމް ބައިވެރިވެވަޑައިގަންނަވައެވެ.

އދ.ގެ އާއްމު މަޖިލީހަށް ޝާހިދު ހޮވަން އިންޑިއާއިން ވަނީ ވަރަށް ބޮޑަށް ކެމްޕޭނުކޮށްފައެވެ.