މާލޭގެ ވައި ނުސާފުވެ ތަޣައްޔަރުވެފައިވާ މިންވަރު ދެނެގަތުމަށް އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމު ކުރަން ނިންމައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މިފަދަ ސްޓޭޝަންތަކެއް ގާއިމު ކުރުމަށްޓަކައި ޓެކްނިކަލް އެސެސްމަންޓް ހަދައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ.

މި މަޝްރޫއާ ގުޅޭ މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރަން ވެސް އެދިފައިވެއެވެ. ބީލަންތައް ހުޅުވުމަށް ނިންމާފައިވަނީ އޯގަސްޓް 12 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން މައުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާތިލްކުރާނެއެވެ. އަދި އަދި ގަޑި ޖެހިގެން ހުށަހަޅާ ބިލްތައް ބަލައި ނުގަންނާނެ ކަމަށް ވެސް އިއުލާންގައިވެއެވެ.

މާލޭގެ ވައި ނުސާފުވެ ތަޣައްޔަރުވެފައިވާ މިންވަރު ދެނެގަތުމަށް އެކަމަށް ހާއްސަ ސިސްޓަމްތަކެއް ބެހެއްޓުމުގެ މަސައްކަތް ފަށާފައި ވަނީ މާލޭގައި ދުއްވާ ވެހިކަލްތައް ވަރަށް ބޮޑަށް ގިނަވެ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ދޫވެފައިވާ ދަނޑިވަޅެއްގައެވެ.