މިސްކިތްތަކުގެ ފަންޑަށް ފައިސާ ލިބޭ ވަރަކުން މިސްކިތްތައް މަރާމަތު ކުރަން ހަރަދު ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ނުލިބޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ވަގުފު ބިލްޑިން، ދާރުލްއީމާނު ކުއްޔަށް އަހަރު ލިބޭ އެތައް މިލިއަން ރުފިޔާއެއް މިސްކިތުގެ ފަންޑުގައި ހުންނާނެ ކަމަށް ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ޑރ ޒާހިރު "ވަގުތު"އަށް ވިދާޅުވީ، މިސްކިތްތަކަށް ސަރުކާރުގެ ބަޖެޓުން ދޭ ފައިސާއަށްވުރެ އިތުރަށް ބޭނުންވާ ފަައިސާ މިނިސްޓްރީގެ ތަނަވަސްކަން ހުރިވަރަކުން ދެމުންދާ ކަމަށެވެ. ދާދި ފަހުން މިސްކިތުން ފަންޑުން މާލެ ސިޓީ ކައުންސިލަށްވެސް އެއް މިލިއަން ރުފިޔާ ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ފަންޑަށް ފައިސާ ލިބޭނީ ދާރުލްއީމާން އިމާރާތުން ލިބޭ ފައިސާއާއި ހެޔޮއެދޭ ފަރާތްތަކުން ސަދާގާތުގެ ގޮތިގައި ލިބޭ ފައިސާއެވެ.

އެކަމަކު ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް މަރާމާތުކުރަން ބޭނުންވާ ވަރަށް ފައިސާ ނުލިބޭކަމަށް ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފަންޑަށް ފައިސާ އިތުރުކުރުމުގެ ގޮތުން މިހާރު ހުޅުމާލޭގައިިވެސް ވަގުފު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އައްބެ

    މިސްކިތަށް ޚަރަދުކުރާނެ ފައިސާއެއް ދައުލަތުގައި ނެތީ. އެކަމަކު ދައުލަތުގެ ވެރިންނަށް ހޭދަކުރާނެ ފައިސާ އެބަހުރި. އެކަންކަންކުރާކަށް ފަންޑެއް ހުޅުވާކަށް ނުޖެހޭ.

    10
  2. ބުރުމާ ގާސިމް

    ޖަމާކުރަންވީ އެކައުންޓް އެނގުނީމަކާނު އެއްޗެއް ދެވޭނީވެސް ؟

  3. މަސްއޫދު

    ކަލޭއަތައް ފައިސާދޭނީ މޮޔައިން ނުންތޯ؟ ފޭލުވަނީ އަވަހަށް އިސްލާމިކު މިނިސްޓަރ ކަމުން ވަކިވޭ!

    5
    2
  4. ހަސަން

    މިނިސްޓަ ތިވާހަކަބުނުމުގެކު ރިން ވެސް ތިކަން އެގޭ، ދީނަށް
    ލޯބިރކު ރާބައެއްގެ އެހީއެއް މިވެ ރިކަމަކުދެނެއްނުލިބޭނެ.މިސަ ރުކާރ ރުވެ ރިކަމަށް ގެންނަން މަސައްކަތް ކު ރި މީހުންގެ ބޮޑު ބައެއް މަސައްކަތްކު ރެވުނީތީ މިހާރ ރުދެ ރަވޭ. މިދެ އަހަ ރު ހިއްވަރ ރުކޮއްލާ. ދެންއަންނަވެ ރިކަމެއްގަ ތިކަންތައް ރަގަޅުވާނެ.

  5. ބަކުރު

    ރަށްޔަތުން މިއަދު ކަލޭމެންގެ ސަރުކާރަކަށް އިތުބާރެއް ނުކުރޭ ދީނީކަމަކަށްވެސް ފައިސާ ދޭން ރަށްޔަތުން މިއަދު ޖެހިލުންވަނީ މިސަބަބާ ހެދި .

  6. ބުނަންތތތ

    މިސްކިތްފަންޑަށް ފައިސާ ހޯދަން އެކަށީގެންވާ މިންވަރަކާ ގާތަށްވެސް މަސައްކަތެއް ނުކުރާކަމީ ހަގީގަތެއް. މިހާރުވެސް ޓެލެތޯނެއް ކަހަލަ ކަމެއް ބާއްވައިގެން ނިކަން މަސައްކަތްކޮށްލަބަލަ. ލިބޭ ފައިސާއަށް ހަދާފާނެ ގޮތަކާމެދު ރައްޔިތުންގެ އިތުބާރު ބޮޑުކުރުވުމަށް ޓަކައިވެސް ކަންތައްތަކެއް ކުރަންޖެހޭނެ. މިސާލަކަށް: ފަންޑުން ކުރާ ޚަރަދުތައް އާންމުންނަށް ފެންނާނޭހެން އިއުލާންކުރުން.

  7. ނުރަބޯ

    މިސްކިތަށް ފައިސާ ދޭންވާނީ ނަމާދުކު ރާ މީހުން. ލާ ރިއެއް ދޭންވީމާ ހޯހޯ އެކަމު އާހި ރަތޯ މުހިއްމީ

  8. ހުސެން

    މިސްކިތަށް ކަމެއް ކުރަންވީމާ ފާއިސާ އެއް ނެތް.ސިޔާސީ މީހުންގެ މުސާރަ އެބަބޮޑުވޭ.ސިޔާސީ މަޤާމު އެބަދެވޭ.ބުއްޅަބޭ ހިޓުލަރަށް ވެސް ބޭސްކުރަން ބުނި ވަރަކަށް ފާއިސާ ދިނީމޭ މާލީ ވަޒީރު ބުނީ.މިދެން ކިހާ ހެއްވާ ބަހަނާއެއް

  9. ރިޒާވް ފަނޑް

    އެމްޑީޕީގެ ބޮޑުން ދައުލަތުގެ ރައުސްމާލުން ކާނެ ވަރަކަށް ކައިފަ ދެން ކޯއްޗެއްތޯ އެފަންޑުގައި އޮންނާނީ..

  10. ޅަހުއްތު

    ދާދި ފަހުން ކިހާފަހަކުން. ؟؟ ކޮރޕްޓް ކައުންސިލް އޮއްވާތަ. ދީފައި އެމީހުން ކުރިކަމެއް ބެލިންތަ އެލާރިން؟؟

    ކަލޭ މާލޭ ސިޓީ ކައުންސިލް އަށް ލާރި ދޭނޖެހޭ ސަބަބެއް ނުވިސްނޭ. ޢަމިއްލައަށް މަޜާމާތު ކޮށްބަލަ.