ވިލިމާލޭގައި ލޯކަލް މާރުކޭޓްއަކާއި ކުޑަ ކުދިންގެ ޕާކެއް އެޅުމަށް ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މި ދެ ތަން އަޅަނީ ވިލިމާލޭގެ ކޮން ސަރަހައްދެއްގައި ކަމެއް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ. ކުޑަކުދިންގެ ޕާކް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 22 ވަނަ ދުވަހު މައުލޫމާތު ސާފު ކުރުމަށް ފަހު އަގު ހުށަހަޅަން ޖެހެނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެެ.

އަމިއްލަ ތަކެތީގައި ލޯކަލް މާރުކޭޓް އަޅައި ދޭން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 18 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށް ފަހު 25 ވަނަ ދުވަހު އަގު ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދެއެވެ.

ގަޑި ޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. މައުލޫމާތު ސާފުކުރަން ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން އިލްތިމާސްކުރެއެވެ.

އަލަށް އިންތިހާބުވި މާލެ ސިޓީ ކައުންސިލާއެކު ކައުންސިލްގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖައްސާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު