މި މަހުގެ ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވުމުގެ ޝަކުވާތައް ލިބެމުން އަންނާތީ އެ މައްސަލަތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ފަށައިފިއެވެ.

މާލެ ސިޓީގެ ގޭބިސީތަކުގެ ކަރަންޓު ބިލުތައް މި މަހު ބޮޑު ވުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާއިރު، މި މަހަކީ ސަރުކާރުން ހަމަޖެއްސި ކަރަންޓުގެ ސަބްސިޑީ ކަނޑާލި ފަހުން އައި ފުރަތަމަ މަހެވެ.

އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭގެ ސަބަބުން އެޅި ފިޔަވަޅުތަކާ ގުޅިގެން ދިމާވި އިގްތިސާދީ ތަދުމަޑުކަމުގައި ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރު ކުރުމާ ގުޅިގެން ސަރުކާރުން ހަމަޖެއްސި ސަބްސިޑީއެކެވެ.

މާލެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ވެސް ބުނެފައިވަނީ، ގޭބިސީތަކުގެ ކަރަންޓު ބިލުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލަކީ ވެސް ސަބްސިޑައިޒްކޮށްފައިވާ ބައި އުނިކުރުމުން އައިސްފައިވާ ބަދަލެއް ކަމަށެވެ.

މި ޝަކުވާ ބޮޑުވުމާ ގުޅިގެން، ކަރަންޓުގެ ޚިދުމަތް ދެމުންދާ ފަރާތްތައް ރެގިއުލޭޓް ކުރަން އޮންނަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ކުރި އިއުލާނެއް ގައި ބުނެފައިވަނީ ރަސްމީކޮށް އެ އޮތޯރިޓީއަށް އެއްވެސް ފަރާތަކުން މައްސަލަ ހުށަހަޅާފައި ނެތަސް އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

"ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓަޑް (ސްޓެލްކޯ) ގެ ބައެއް ކަސްޓަމަރުންގެ މި ހިނގާ ޖުލައި މަހުގެ ބިލް އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ މީސްމީޑިއާގެ ޒަރީއާއިންނާއި އެކިގޮތްގޮތުން މިއޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ރަސްމީކޮށް މިމައްސަލަ މިއޮތޯރިޓީއަށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވިއަސް، މިމައްސަލަ މިއޮތޯރިޓީން ބަލަމުންދާ ކަމުގައި ދަންނަވަމެވެ." އޮތޯރިޓީގެ އިއުލާނުގައިވެއެވެ.

މީސްމީޑިއާގައި ޚިޔާލު ފާޅު ކުރަމުންދާ ބައެއް ފަރާތްތަކުން އަންނަނީ ރައްޔިތުންގެ އިގްތިސާދީ ހާލަތު އަދިވެސް ރަނގަޅު ނުވާތީ، ސަބްސިޑީ ކަނޑާނުލައި ކުރިން ވެސް ކުރިއަށް ގެންދިޔަ ގޮތަށް ގެންދަން އެދި ޝުއޫރު ފާޅު ކުރަމުންނެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހްމީ "ވަގުތު" އަށް ވިދާޅުވި ގޮތުގައި، ރަންޓު ބިލުގައި ފާހަގަކުރެވޭ ވަރުގެ ބޮޑު ބަދަލެއް އައިސްފައިވާ ކަން ފާހަގަވާ ނަމަ ސްޓެލްކޯގެ ކޯލް ސެންޓަރަށް އެ ކަން ރިޕޯޓް ކުރުމުން، ދެ ވަނަ ފަހަރަށް ރީޑިން ނަގަން އެ ގެއަކަށް ޒިޔާރަތްކޮށް ކަރަންޓު ބިލުގެ އަދަދު ދެ ވަނަ ފަހަރަށް ކަށަވަރު ކުރާނެއެވެ.

"އެއީ އަބަދުވެސް ސްޓެލްކޯއިން އަމަލު ކުރަމުންދާ އުސޫލެއް، މިހާރު ވެސް އަޅުގަނޑުމެންނަށް ރިޕޯޓް ކުރެވޭނެ، ރިޕޯޓް ކުރުމުން އަޅުގަނޑުމެންގެ ފަރާތުން ދެ ވަނަ ފަހަރަށް އެ ގެއަކަށް ޒިޔާރަތްކޮށް ބިލުގައިވާ އަދަދު ކަށަވަރުކޮށް ދޭނަން،" ފަހުމީ ވިދާޅުވިއެވެ.

މާލެ ސިޓީގެ ކަރަންޓު ބިލުތައް މި މަހު ބޮޑު ވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މާލެ ސިޓީގެ ދާއިރާތައް ތަމްސީލް ކުރައްވާ ބައެއް މެންބަރުންނާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބެއްޔާ

    މިގޭގަ އޭސީ ނުޖައްސާތާ ހަރުމަސްވީ ، އެކަމަކު ބިލުން ހަރާން ކުޑަތަންކޮޅެއް ކުޑަވިނަމަވެސް. ދެން މިބުނަނީ ކުރީމަހައް ވުރެ މިމަހު ބިލް ބޮޑީ ކުރީމަހު ސަރުކާރުން ޑިސްކައުޓް ދިނީމަޔޭ..

    14
    1
  2. ބުޝްރީ

    ޙަމަ ބަންދެއް ނޫނީ ލޮކްޑައުން އެއް އަންނަ އިރަށް ކަރަންޓު ބިލް އެބަ ދެގުނަޔަށް ބޮޑުކޮށްލައޭދޯ. ބަލަ މުސްކުޅި މާމާ ޔަކާ މެއިޑް އެއް އުޅޭ އެޕާޓްމަންޓެގައިވެސް ބިލް އަތްނުފޯރާފަށަށް އޮތީ ބޮޑުކޮށްޅާފައި. ޢެއީ ވަޒީފާ އަދާކުރާބައެއް ނޫން. ފުރަތަމަ ލޮކްޑައުންގައިވެސް އެންމެން ގޭގައި އޮފީހަށް ނުގޮސް ތިބޭތީ ކަރަންޓު ބިލް ބޮޑުވާނެއޭ ކިޔާފައި ބޮޑުކޮށްލީ. މި އެޕާޓްމަންޓަށްވެސް ހެދީ ހަމައެހެން އެކަމަކު ދެ މީހުން އުޅޭ ތަނެއްގައި ޔޫސޭޖްވާނީ ހަމަ އެއްވަރެއްދޯ ލޮކްޑައުން އެއްގައިވިޔަސް އަދި ނުވިޔަސް. ރައްޔިތުން ހަމަ ފެލުން ކަމަކީ.

    13
    1
  3. ކިސަޑު

    ކަރަންޓަކީ އެންމެންގެ އެންމެ ޒަރޫރީ ޚިދުމަތް މި ޚިދުމަތް އަގުހެޔޮ ނުވުމުން ރައްޔިތުންނަށް ދެވެނީ ކޮން ޚިދުމަތެއް އަދިވެސް 600 ޔުނިޓަށް ވުރެ މަތިން ބޭނުން ކުރާނީ މުއްސަދިން ކަމަށް ވިސްނައިގެން ތިބޭ މިކަމުގައި ސްޓެލްކޯއަށް ރައްޔިތުން ހަޅޭ ލެވުމުގެ ފައިދާއެއްނެތް ސަރުކާރު ޒިންމާކުރުވާ

    14
  4. ސާބަސް

    މިދިޔަ މަހުގެ ކަރަންޓު ބިލުން ވަނީ އެއްބައި އުނިކޮށްފައި، އިންސާފު ލިބެންޖެހޭ. މިމަހުގެ ކަރަންޓު ބިލު ބޮޑުވާންޖެހޭ ސަބަބެއް ނުވިސްނޭ. ރައްޔިތުންގެ ޓެކުސް ފައިސާއިން ރައްޔިތުންނަށް ހިލޭ ފެނާއި ކަރަންޓު ދިނުމަށް ގޮވާލަން.

  5. ކާސިމް

    ކިހިނެއް ބާ ތިކަން ބަލާނީ ބާކީ އިނީ 8 ދުވަސް ބިލްމުއްދަތު ހަވާން ނުދެއްކިޔަސް ޖޫރިމަނާ ބަލަން އަޔަސް ވާނީ މިހާރައް ވުރެ ބޮޑު ބިލް އެއީ މިހާރު ހިނގާފަ ހުރި ޔުނިޓް އަށް ބެލީމަ ޔުނިޓް ރޭޓް ހަދާނީ އެޔަށް

    4
    1
  6. ގގ

    އެއްކަމެއްވެސް ރަނގަޅެއް ނޫން...2023 ޔާމީން..ޕީޕީ.އެމް..ޕީ.އެން.ސީ...

    12
  7. ޢިބޫ

    ޑިސްކައުންޓަށް ދިންފައިސާކޮ ޅު އަނބުރާހޯދީ!!!!

  8. ރައްޔިތު

    ރައްޔިތު މީހާ ގައިން ލޭބޯ ބައެއް

  9. ނ

    މީގައި ލިޔާ ވަކިކޮމެންޓެއް ލިޔަނީ

  10. އުއްޗު

    ކޮންމެ މިހެއްގެ ގޭގައިވެސް ހުރޭ ކަރަންޓު މީޓަރެއް ހަރު ކޮށްފަ. އެއަށް އަރާ ޔުނިޓަކަށް ބިލްހަދާނީ. ގޭގެ ވެރިފަރާތަށް އެގެންޖެހޭނެ އެމީޓަރަށް ޔުނިޓު އަރާގޮތެއް. ގެއިން ކަރަންޓު ބޭނެުން ނުކުރާވަރަށް މީޓަރަށް އަރައިގެން ބިލް ބޮޑުވަނީކަމަށް ބުނާ ފަރާތަކުން ޖެހޭ ބުނެދޭން އެގޮތަށް އަރާނެ އޮތީ ކޮންގޮތެއްކަން. މީޓަރުގައި ހުންނަ ރިވޮލިއުށަން އަކީ ސްޓެލްކޮއިން ހަދާ އެއްޗެއް ނޫން. ސްޓެލްޯ އިން ޕޮރޮވައިޑު ކޮށް ދެނީ މީޓަރާ ހިސާބަށް ކަރަންޓު. ބޭނުން ކުރަނީ ސްޓެލްކޯއަކުންނެއް ނޫން. ވީމާ ގެއަށް ދޫކޮށްފަ ހުންނަ ކަރަންޓް ބޭނުންކުރި އަދަދު ބޮޑުވެގެން ބިލް ބޮޑުވަންޏާ އެއީކީ އަދި ކަރަންޓު އުފައްދާ ފަރަތުގެ މައްސަލައެއް ނުން. ދިވެހިން ވިޔަސް އެބަޖެހޭ ހަމަޖެހެ ވާހަކަ ދައްކަން. ސަރުކާރުން ވަކި ބޭނުމަކަށް ޑިސްކައުންޓު ދިނުމުން އެމަހު ޖީބުން ދައްކަންޖެހޭ ފައިސާގެ އަދަދުކުޑަ ވުމަކީ ޑިސްކައުންޓު ނުދޭ މަހުގައި ދައްކަންޖެހޭ ވަރު ކުޑަވާންޖެހޭ ކަމެއްވެސް ނުން. މިސާލަކަށް ފިހާރައެއްގަ -/100 ރ އަށް ވިއްކަން ހުންނަ އެއްޗަކަށް %40 ޑިސްކައުންޓު ދީފިނަމަ އެއެތި ލިބޭނެ -/60 ރ އަށް. އެއިގެ މާނައެއް ނުން ޖެހިގެން އަންނަ މަހުވެސް -/100ރ އަށް ވިއްކާ އެއް ޗެއް -/60ރ އަށް ލިބޭނެއެކޭ. އަދި އެއެތި ކުރިންވެސް ވިއްކަން ހުރި އަގުގަ ވިއްކަން ހުރުމަކީ އަގު ބޮޑުވުމެއްވެސް ނޫން. ވީމާ ރައްޔިތުންގެ ތެރެއިން މިވަރު ނުވިސްނޭ ބަޔަކު ބިލް ބޮޑުވި ވާހަކަ ދެއްކުމަކި ހަމަޖެހޭ ކަމެއްނުން.