މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ފުލުހުންގެ ތަހްގީގަށް ހާޒިރުވާން އަންގައި އިއުލާން ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައި އިއުލާން ކުރީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެެވެ.

ފުލުހުންގެ ތަހްގީގަށް ހާޒިރުވާން އަންގާފައި ވަނީ ހއ. ބާރަށް، ކޭސީވިލާ، އިބްރާހީމް ރަޝީދު (36އ) އަށެވެ. އޭނާ ފުލުހަށް ހާޒިރު ކުރަނީ 2021 ޖޫން 05 ވަނަ ދުވަހުގެ ވަގުތެއްގައި 7233204 ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186.68 ރުފިޔާ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހާޒިރުވާން އަންގާފައި ވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށެވެ. އޭނާ ފުލުހަށް ހާޒިރުވާން ޖެހެނީ 2021 އޯގަސްޓް 08 ވަނަ ދުވަހުގެ 16:00 އަށެވެ.

ފޯނުން ގުޅައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި ވަރަށް އާއްމު ވެފައިވާ މައްސަލައެކެވެ. މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް އަނބުރާ ފައިސާއެއް ނުލިބެއެވެ. އަދި މިކަން ކުރާ މީހުން ވެސް ވަރަށް މަދު ފަހަރަކު ނޫނީ އަތުލައެއް ނުގަނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުމީހާ

    ސިޔާސީ ޕާޓީތަކުގެ ދީލަތިކަމާއެކު ފައިސާ އިން ލިބުނު ގެއްލުމަށް އެފަރާތަށް އެހީވުމަށް ގޮވާލަން. ސްމަފުލްކޮށްގެންވެސް ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ކައިރިން ބަލާ ހުއްޓުވުމަށް ގޮވާލަން.
    ތިސޮރުގެ އުނދަގޫ މުޅި ރައްޔިތުންނަށް ފޯރާއިރު... ހައްޔަރުކުރެވި ދޫކޮށްލުން ދެއިރު ކާ ބޭހެއްފަދަ...