ކޮވިޑް-19 އިން ދިފާއުވާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ސަރުކާރުގެ ބައެއް ހިދުމަތްތައް ނުދޭ ގޮތަށް މަޝްވަރާކުރަމުންދާ ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "ވަގުތު" އަށް މިއަދު ވިދާޅުވީ އާއްމު ހާލަތަށް ރުޖޫއުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނަށް ސަރުކާރުގެ ބައެއް ހިދުމަތްތައް ނުދޭ ގޮތަށް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. އެކަމަކު ވެކްސިން ނުޖަހާ މީހުންނަށް ނުލިބޭނީ ކޮން ހިދުމަތްތަކެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.

"ހިދުމަތް ދިނުމުގައި އިސްކަން ދެވޭނީ ވެކްސިން ޖެހި މީހުންނަށް" އޭނާ ވިދާޅުވިއެވެ. ވަރަށް އަވަހަށް އެކަންތައް އިއުލާން ކުރެވިގެންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމަކީވެސް އޭގެ ތެރޭގައި ހިމެނޭ ކަމެއްކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް މިހާތަނަށް ލިބިފައިވާ ހަމައެކަނި ލުޔަކީ ރަށްރަށަށް ކަރަންޓީން ވުމެއް ނެތި ދަތުރު ކުރުމުގެ ހުއްދަ ދިނުމެވެ.

ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް، 322،710 މީހަކު ފުރިހަމަކޮށްފައިވާއިރު 268،244 މީހަކު ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެކްސިން ޖެހުން ދަނީ ވަރަށް ބާރަށެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް މިހާރު އަންނަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ލުއިތައް ދެމުންނެވެ. އެގޮތުން ދަތުރުފަތުރު ކުރުމުގައި ލުއިތައް ދިނުމުގެ އިތުުރުން މަގުމަތީގައި ނުވަތަ ހާމައަށް އޮންނަ ޕާކް ފަދަ ތަންތަނުގައި މާސްކް އަޅަން ނުޖެހުން ފަދަ ކަންކަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ....

    އެހެންވީމަ ދިބެހި ރައްޔިތަކަށް މި ވަނީ ވެކްސިން ޖަހައިގެންތާ ދޯ...ދީނީ ނޫނަސް ހަރުކަށި މީހުން އުޅޭތާދޯ....

    57
    3
    • ހުސޭނުބޭ

      ތި ބުނީ ހަމަ ރަގަޅަށް
      މިއޮތީ ހަރުކަށި ސަރުކާރެއް

  2. ވަރަށް ދެރަވަރު

    މިހާރު ފުރަތަމަ ޑޯޒް ޖެހިތަން ހަމަސްވެއްޖެ ދެވަނަ ޑޯޒް ޖަހަން އަދިވެސް ފުރުސަތު ނުލިބޭ

    އެ ކަން އެހެން އޮތްއިރު ބޭނުންޙާ ނިންމުން ނިންމީމަ ވަރަށް ތާހިރު

    47
    3
  3. މޫސާ

    ފުރަތަމަ ތިބުނާ ވެކްސިން އެންމެންނަ ފަސޭހަ އިންތިޒާމަކުން ޖެހޭނެ ގޮތަ ހޯދަ ދީބަލަ އަހަރެމެންގެ ކުސަކުންނޫން ވެކް ސިންނުޖަހާ މިތިބީ ރާއްޖެގެ ތެރެއަޅުން ކިހިނެ ސުކޫލް ތައްހުޅުވާން ވާއިރައް 2 ޑޯޒް ވެކްސިން ފުރިހަމަކުރާނީ ކޮންމެ ކަމަކަށް ވެސް ރައިޔަތު މީހާމިކުއްވެރިވަނީ

    39
    • މ

      އެއީ ކީއްވެބާ؟
      އަހަރެންމީ ނ މީހެއް ވެކްސިން ޖަހާ 3 މަސް ފަހުން ވެކްސިން ލިބުނު އިރު ހުރީ މާލޭގަ ވެކްސިންއަށް އެޕޮއިންމެންޓް ހަމަޖައްސާލާފަ ވެކްސިން ސެންޓަރަށް ދިޔައީމަ 2 ވަނަ ޱޯޒްވެސް ޖަހައިދިން ދެން ރަށަށް އައުމުން ރަށު ސިހީމަރުކަޒުންވެސް ގުޅި މައުލޫމާތު ސާފްކުރަން…
      މިހާ ފަސޭހަ ކަމެއް ތިބާޔައް ނުވާންވީ ގޮތެއްވެސް އަންގާލަދިނުން އެދެން

      3
      8
  4. ރައްޔިތުމީހާ

    ވެކުސިން ޖެހުމާއި އަދި ނުޖެހުމުގެ ހައްގަކީ ރައްޔިތުމީހާގެ ހައްގެއް. ސަރުކާރުން ތިޔަހެން ކަންތައް ކޮއްފިނަމަ، ރައްޔިތުން އެދަނީ އަޅުވެތިކަމަކަށް.

    61
    2
  5. ައަބޫ

    އިމްރާން ދެޑޯޒް ނެގިތޯބަލަން ތަހުގީގުކުރަންޖެހޭ މިހާރުޕޮޒިޓިއުވީ ސަބަބުހޯދަން އިބޫެއުޅެނީ ކޮވިޑް އެވޯޑެއްނުލިބިގެން ހެންހީވަނީ ވޯޓްެިން ރަނގަޅައްމިފަހަރު ޑޯޒްދޭނެ ރައްޔިތުން ސަރުކާރައް މިހާރުގެ ނޭވާހޮޅިން ވައްކަންކުރިވަގުންތަކައް،

    35
  6. Anonymous

    އަނިޔާވެރިކަން. އެމީހަކު ބަލިވާން ބޭނުންނުވަންޏާ ވެކްސިން ޖަހާނެނު. މަރުވާން ބޭނުންނޫނީ ޝައިޠާނާއާއެކު ބައިއަތު ހިފާނެ. އެކަމަކު މަރުވާނެ.

    25
    1
  7. ލަޙް

    އެކަމަކު ވެކްސިންޖެހުން މަޖުބޫރެއް ނޫނޯ!!!! ކީކޭތަ މި ކިޔަނީ؟

    40
  8. އަފޭ

    ކުޑަކުދީން ގަޔައް ޖަހާ ވެކްސިނެއް ނެތް

    19
  9. ޚިޔާލު 3

    އެ ހެން ނެ ހެދޭނެ އަސާސީ ހައްގެއް ވެކްސިނަކުން ނު ހިފެ ހެއްޓޭނެ ގޯސް ނަ ހައްދަވާ ވެރިކަމަކީ ގާނޫނީ ބާރެއް ގޮށްމުށުގެ ބާރެއްނޫން ވެކްސިން ފުރިހ ހަމަ ކުރުމުން އިނާޔަތްދެވިދާނެ އަސާސީ ހައްގަކުން މަ ހްރޫމެއް ނުކުރެވޭނެ. ޥެކްސިނަށް ހޭލުންތެރި ކުރުވާ

    11
  10. އަލީ

    ވެކްސިން ޖެހީމާ ޓެސްޓުވެސް ހަދާންނުޖެހޭގޮތް ހަދާބަ އޭރުން މިޔަށްވުރެއް ގިނަމީހުން ވެކްސިން ޖަހާނެ

  11. ޙަސަނުލް

    ތީ ހަރުކަށި ކަމުގެ އިންތިހާ ތީ ޝިރްކް

  12. ާދަލޭކް

    ދެން ދުވަސް ކޮޅަކުން މަގުމަތީ ގަ ޗެކު ޕޮއިންޓް ހަދާފަ ބަލާނެ ވެކްސިން ކާރޑް އޮއި ތޯ ނެތިއްޔާ ފައިން ކޮއްލާނީ. އައިޑީ ކާރޑް ލައިސަން ކާރޑް ބޭންކް ކާރޑް ކައިވެނި ކާރޑް ވަރި ކާރޑް ވެކުސިން ކާރޑް މީ ގެންގުޅެން ޖެހޭނެ .

  13. އިބްރާހިމް

    ސަރުކާރުން ވެކްސިން ފޯރުކޮށް ނުދޭނަމަ މުޒާހިރާތަކަށްވެސް ނުކުންނާނަން.

    4
    2
  14. މަރީ

    މަޖުބޫރެެއް ނުކުރެވޭން އަދި ހަޤީގަތް ރަނގަޅަށް ހޯދިފަ ނުވާ އެއްޗެއް ހަށިގަނޑަށް ޖަހާކަށް. މިއަށް ކިޔަނީ އަޅުވެތިކަން

    14
  15. ލޮލް

    އިބުރާހީމުމެން ހިތުން ވެރިކަން މިކުރަނީ ސިންގަޕޫރު ސުޓައިލަށް، އެކަމަކު ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ކޮރަޕްޝަނުގެ އަމަލުތައް.

  16. ާވެކްސް

    ވެކްސިން ނުޖަހާނަމަ ސަރުކާރުގެ ޚިދުމަތްތައް ނުލިބޭ ވާހަކަ އަޑުއިވުނީމަ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ނުވަތަ ފަތްބޯ މީހުންނަށްވެސް ސަރުކާރުން ދޭ ޚިދުމަތްތައް ހުއްޓާލަން ވީނު، ޕާޓޭންގެ ސައިކަލަށް ޕެޓްރޯލް ނޭޅުމާ، ވަޒީފާ ނުދިނުމާ، ކާވެނިކޮށް ނުދިނުމާ އެމީހުންގެ މުދާ ދައުލަތަށް ނެގުމާ،

    ވެކްސިން ނުޖަހައޭ ކިޔާފަ ތިހެން އަދި ފާޑުފާޑެއް ނުކުރެވޭނެ. ކޯއްޗެއް ހަދާނަމޭ ހިތާ ތިއުޅެނީ، ވެކްސިން ޖަހާވަރަކަށް އޯޓިޒަމް، ކެންސަރ ފަދަ އިތުރު ބަލިތައް މި އަންނަނީ، އޭގެ ރިސާރޗެއް ހަދާބަ ފުރަތަމަ، ވާނުވާ ނުބަލާ ކޮން ކޮހެއް ތި ތަޅަނީ

    12
  17. ހަސަދު

    ވެކްސިން ނުޖަހާ ޚިދުމަތް ނުލިބުން އެއީ ކޮންގާނޫނެއްބާ!!!. ކުޅޭކުޅޭ ސަރުކާރަކަސް ވެނިމެނީ.

  18. ވެކްސިން 19

    މިހާރު އެހެންވީމާ މަޖުބޫރު ކުރަނީތާ ދޯ. އަމެއްލަ މީހާގެ ހައްގެއް ނެތެންނު. ވެކްސިންޖަހާގެން މީހަކައް ލިބޭ ބޮޑު ގެއްލުމުގެ ޒިންމާ ހަމަ ކަނޑައެޅިގެންވެސް ސަރުކާރަކުން ނުނަގާނެ. މިހާރުވެސް ވެކްސިންޖަހާގެން ބޮޑެތި ސައިޑް އެފެކްޓްސް އަދި ހަކުރު ކުއްލިއަކައް މައްޗައްދިއުން ފަދަކަންތަކައް މީހުން އެބަފަރުވާ ހޯދާ. މީޑިއާއިން މިފަދަ މައުލޫމާތު ދަނީ ފޮރުވަމުން.