ޗެނަލް13 އިން ގެނެސްދޭ "ހަޖަމް" ޕްރޮގްރާމްގެ މައްސަލައެއް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އިން ބަލަން ފަށައިފިއެވެ.

އެ ކޮމިޝަނުން މިއަދު ވިދާޅުވީ، ޗެނަލް13 އިން ރޭ ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގެ ކޮންޓެންޓް އެ ކޮމިޝަންގެ ސަމާލުކަމަށް ރޭ އައިސްފައިވާ ކަމަށެވެ.

"އަދި މި ކޮމިޝަނުން މައްސަލަ ބެލެމުގައި ގެންގުޅޭ އިޖުރާޢަތްތަކާއި އެއްގޮތަށް އެކަން ބަލަމުންދާކަން ސަމާލުކަމަށްޓަކައި ދެންނެވީމެވެ.". ބްރޯޑްކޮމް އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޗެނަލް13ގެ ހަޖަމް ޕްރޮގްރާމްގައި ގެނައި ކޮންޓެންޓެއްގެ މައްސަލަ ބަލަމުންދާކަން އެ ކޮމިޝަނުން އަންގާފައިވާއިރު، ރޭ އެ ޕްރޮގްރާމުގައި ވާހަކަ ދެއްކި މީހަކު ވަނީ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްއާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

މީގެ ކުރިންވެސް އެ ޗެނަލްގެ ޕްރޮގްރާމްތަކެއްގެ ކޮންޓެންޓް މައްސަލަތަކެއް އެ ކޮމިޝަނުން ބަލާފައި ވެއެވެ. އަދި އެ ޗެނަލް އިން ގެނެސްދިން ޕްރޮގްރާމަކާއި ގުޅިގެން މައާފަށް އެދެންވެސް އެންގިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މި ޖައްބާރު ވެރިން ގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާށި

  2. ތޭރާ

    ހަޤީޤަތް ވާނީ ހަޤީގަތައް ޗެނަލް13އިން މިހާތަނަކައް ނެތް ހަގީގަތާ ޚިލާފު ވާހަކައެއް ގެނަސް ދީފައެއް

  3. މަސްއޫދު

    މިސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ފޭރިގަންނަނީ ސަމީމަކީ ބޮޑުވަގެއް! ދެން ބުރޯކޮން މިމައްސަލަވެސް ބަލަންވީ!ވެރިކަން ވެއްޓޭ ދުވަހެއްގެ އިންތިޒާރުގައިތިބިން ބޮރޯކޮންގައި ތިބި މީހުންނާވެސް ގާނޫނު އަރާ ހަމަކުރާނެ! އަދި ގާނޫނާއި އަދުލު އިންސާފުގެތެރެއިން ސަމީމުވެސް ޖަލަށްލާނަން! މި ސަރުކާރުގެ ބާކީ އޮތި ކުޑަ ދުވަސްކޮޅެއް!

  4. ތިލަދުންމަތިން

    ބަލަ މަރިޔަންވާހީދާޔަކައް ހަޖަމެންނުވާނެ މިލާދީނީ ބައިގަޑުމިގައުމުގާގިނަކުރަން ބޭނުންވަނީ އިސަގީ ހަމީދާ ސަހިންދާމެންސަމީމުމެން ދެންކިޔާނީ ހަރުފިކުރު މަޑުފިކުރު؟