ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް "ޗޯރަށް" ގޮވި ކަމަށް ބުނެ ޗެނަލް 13 ގެ މައްސަލަ ބަލަން ނިންމައިފިއެވެ.

ބްރޯޑްކޮމްއިން ޗެނަލް 13 ގެ މޭނެޖިން ޑިރެކްޓަރ، އަހުމަދު ނާސިފަށް ދޮނުވި ސިޓީގައި ވަނީ އެ ޗެނަލުން މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 20:52 އިން 21:02 އަށް ބްރޯޑްކާސްޓް ކުރި 0ލަވަތައް) "ކަނޑުފޭރޭ ޗޯރު)، "ފެލާލައިފި" އަދި ލުޓޭރު އިބުރޭ" މި ތިން ލަވަ ހިމެނޭ ކޮންޓެންޓްގައި ކޯޑް އޮފް ޕްރެކްޓިސް އާއި ހިލާފުވާ މަންޒަރާއި އަޑު ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

"ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ 1 (މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލު ކުރާ މިންގަނޑުތައް ހިފެހެއްޓުން) އަދި ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ 2 (އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުން ނުކުރުން)، ތިން ވަނަ ހަމައިގެ 1 (މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާނެ ފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ކުރުން) އަދި ފަސް ވަނަ ހަމައިގެ 1 'ހަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި ވަކި ފަރާތްތަކަށް ބުރަވުމެއް ނެތި ހަމަހަމަ ކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މައުލޫމާތު ދެތުރުމަށް މަސައްކަތް ކުރުން' އާ ހިލާފުވާ މަންޒަރާއި އަޑު ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބެލެވޭ" ސިޓީގައި ބުނެފައިވެއެވެ.

އެހެން ކަމުން ކޮމިޝަނުން ބަލަމުންދާ މައްސަލައާއި ގުޅިގެން ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމުގެ 08 ވަނަ މާއްދާއާއި ހަވާލާދީ ޖަވާބުދާރީ ވުމުގެ ފުރުސަތު އަރުވާ ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

ބްރޯޑްކޮމް އިން ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެ މައްސަލައާއި ގުޅޭ ގޮތުން ލިޔުމުން ޖަވާބުދާރީ ވުމަށް އަންގާފައެވެ. އަދި މި މުއްދަތުގައި ޖަވާބު ދެއްވުމަށް އުޒުރުވެރިވެލައްވާނަމަ، ސަބަބުން ބަޔާން ކުރައްވައި ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތުގައި އިތުރު ފުރުސަތައް އެދުމަށް ވަނީ އެދިފައެވެ.

އެ މުއްދަތުގައި ޖަވާބުދާރީ ނުވާނަމަ، ނުވަތަ ސަބަބު ބަޔާންކޮށް ޖަވާބުދާރީ ވުމުގެ މުއްދަތު އިތުރު ކުރުމަށް އެދި ލިޔުމެއް ހުށަހަޅުއްވާފައި ނުވާނަމަ، ލިބިފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. ޗޯރު

    ޗޯރު އިބޫ އަށް ޗޯރު ކިޔާކަން ސަރުކާރަށް އެނގުނީ އަދި ކިރިޔާ؟

    90
    5
  2. ހަނީ

    ތިފެންނަނީ ނޫސް ވެރި ކަމުގެ މިނިވަންކަން އޮތްވަރު މިސަރުކާރަކީ ދުނިޔޭގާ އޮތް އެންމެ ހުދު މުހުތާރު ސަރުކާރު

    104
    8
  3. ކަލޯ

    ބަލާލުމަކުން ގޯހެއް ނެތް... ޔާމީން އިރުގަނަމަ މިހާރު ތަންވެސް ބަންދުކުރީސް މިލިއަނުން ޖޫރިމަނާ ކޮށްފަ

    24
    106
    • ކަލޭ އުޅުނީ ކޮންތާކުތަ ޔާމީން އިރުގައި؟

      ޔާމީނަށް ބޮޑުވަގަށް ގޮވައި ރާއްޖެ ޓީވީން ފޮނުވި ލަވަތަކާއި މަގުމަތީގައި ލަވަޖަހައި ނަށަމުންދިޔަ މަންޒަރު ކަލެޔަށް ނުފެނުނީ ރާއްޖޭގައި ކަލޭ އޭރު ނޫޅެނީތަ އަނެއްކާ. އަހަރެމެން އަޑުއެހިން ގައިމު އެގޮވެލިފަތިތައް.

      18
      1
    • Anonymous

      ނަޝީދުގެ ވެރިކަމާ، މައުމޫނުގެ ވެރިކަމާ ނާސިރުގެ ވެރިކަމާ މުޙައްމަދު ފަރީދުގެ ވެރިކަމާ، މުޙައްމަދު އަމީނުގެ ވެރިކަމާ ޝަމްޝުއްދީންގެ ވެރިކަމުގައި ކިހިނެއްތަ ކަންކަން ހިނގީ؟
      މިގައުމުގައި ވެރިކަން ހިނގާތާ 870 އަހަރަށްވުރެ ގިނަ ދުވަސްވެސްޖެ. މިހުރިހާ ދުވަހުވެސް ޔާމީން ނޫނީ ބެސްޓް ވެރިކަމެއް ކުރެވުނު ވެރިއަކު ނެތީތަ؟ ހަމަ ޖަވާހިރެއްވީމަތަ ތިވަރަށް ހިތާވެގެން ތިއުޅެނީ؟ ނޫނީ ކަލޭ ތިއީ އިންޑިޔާ މީހެއްތަ؟ ނޫނީ މިގައުމުގެ ދުޝްމަނެއްތަ؟

      12
      4
    • ޙެހެހ

      ޢެވަރުކުރީމަ މާ ރަނގަޅެއްނު ، އޭރު ރ ޓީވީގައި ފައިނަގާފަ އުޅުންމީހުން ، މިއުވާނުމެން ، ބްރޮޑްކޮމް ރައިސް މެން އެތިބީ އެކަން ކުރި ސަބަބަުގެ ސަބަބުން އަރާ އާހުގައ

    • ކޭލޯ

      ގަމާރޭ ހާދަހާ މި އެމްޑީޕީ މީހުން

  4. ސަކީން21

    އިބުރާހިމް ރައީސް ޔަގީންކަންދޭން ޖެހޭނެ ވަގުލަަާރި ނުނަގާކަން

    75
    1
    • ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

      އިންޑިއާ އަށް ރާއްޖެ ވިއްކާފައި، ލާރި ނެގީ އިބޫ!

      67
      3
      • ސަކީން21ގެ ބަފާ

        ވައިބާގެ ފޮޓޯ އެއީ އަންހެނެއްތަ؟؟ ފިރިހިނެއްތަ؟؟ ފޮޓޮއިން ސާފެެއް ނުވޭ.

  5. ވާނުވާ

    އަހާ މިވީ ކ؟ ކަލޭމެން މައުމޫނައް ގޮވި އެތިވަރު ހަނދާން ނެތުނީތަ؟ ހަޖަމު ނުވީ ދޯ؟ އަމިއްލަޔައް ފޭހުނު އިލޮށި ތިޔޮއް ވަނީ އަމިއްލަ ބުރިޔައް..☺️ގައިމު ކަލޭމެން ބުނީ ޑިމުކޮރަސީގަ ކޮންމެ އެއްޗެއްވެސް ގޮވޭނޭ ،މިނިވަން ކަމޭ އެއީ...ދެން މިވީ ކޯޗަކައް!

    73
    1
  6. ާއަލީ

    އާނ. މިހާރު ނުކެރޭ ދަރިން ތިބޭ އިރު ގޭގެ ސިޓިން ރޫމުގަ ޗެނަލް 13 އަޅުވާލަން. ވަރަށް ބަސްމަގު ހަޑި. ވަރަށް ފޫހިވޭ މިހާރު ޗެނަލް 13 އަޅުވަން

    19
    109
    • ށުމަން

      ދަރިން ނިންދަވާލަބަލަ!

    • ރާ

      ރާ ޓީވި ބަލާ... އޭގަ ކިޔާނީ ހުސް ސީރަތު

  7. އަދުހަމު

    ވެއްޓޭންފެށީމަ ވާނީ އެެހެން

    67
    2
  8. ރަސްދޫ މީހެއް

    ސޯލިހު އަލީ ހަމަ ޗޯރެއް ޗޯރެއް. ދެން ގޮތެއް ހަދާބަލަ.

    63
    2
  9. Anonymous

    ޗޯރު އިބުރޭ

    64
    3
  10. އައްޔަ

    އަޅެ ވަގުމީހާ ރުޅި އަންނާނެ ވަގެކޭ ބުނީމާ! އެއީ ވަގުންގެ ޚާއްޞަ ސިފައެއް!

    62
    1
  11. ާޒާ

    ލަދުހަޔާތްކުޑަ. ރައީސް ޔާމީނަށް ވަގަށްގޮވުން ނުބަލާ ޗޯރަށްގޮވީމާ ބަލަން ހަޔާތްވެސްނެތްދޯ

    77
    5
  12. ރައްޔިތުމީހާ

    މިލަވަ ތައް ނުސީދާގޮތެއްގަ ޕްރޮމޯޓްކުރަން ކޮމިޝަނުން މަސައްކަތް ފަށައިފި. މިވީގޮތުން މިލަވަ ތައް ކުރިން އަޑުނާހާ މީހުންވެސް މިލަވަ ތައް އަޑުއަހާ މަންޒަރު ބަލަން ޝައުގުވެރިވެދާނެ. މަވެސް މި ތިން ލަވައިގަ ކިޔާ އެއްޗަކާއި މަންޒަރުތައް ބަލާލަން ބޭނުން.

  13. ހަސަނު

    ރާޓީވީ ރައީސް ޔާމީނަށް އަދި މައުމޫނަށް އެއްވެސް ބަދުބަހެއް ނުބުނެތޯ އެތިބެނީ؟؟
    ތީތިކަޑައޭރައީސް ސޯލިހުވިޔަސް..ތިމާމެން ގޮވިގޮވެލިފަތި މިހާރު އީވާމެން އެޔޮއްގޮވާނީ ުުުުނުން...ސޯލިހާދިމާޔަށް..

  14. އހ

    ހަމަ ޗޯރު އިބޫ ތީ އަދި ކިރިޔާ މިއެގުނީ

  15. އަފީ

    ތާކު ހުރި މަރުމޯލެއް ގައުމެއްގެވެރިކަމަށް ގެނައީމަ ވާނެ ހައެތި މިވަނީ! ގައުމުގެ މިނިވަންކަން ނަގާލައި ގައުމު އަޅުވެތިވެ ރައްޔިތުން ބިކަވީމަ ގޮވެން ހުރި ހުރިހާއެއްޗެއްވެސް ގޮވާނެ!

  16. ދޮންބެ

    ނޫސް ވެރި ކަމުގެ މިނިވަންކަމަކީ ހިތަށް އެރިހާ ވާހަކައެއް ހިތުހުރި ގޮތަކަށް ދެއްކުންބާ! ތިޔަ ޗެނަލް 13އިން މުޅި ޤައުމު ފަސާދަކޮށްފި. ދޮށީ އުމުރުގެ ބޭފުޅުންނާ ޒުވާނުންނާ ޅަކުދިން ހަޔާތްކަނޑުވައިފި. ތިޔަ ޗެނަލް އުވާލުމަށް ގޮވާލަން.

    3
    5
  17. ފިތުނަވެރިކަން ހުއްޓުވަންޖެހޭ

    ޓީވީ ޗެނަލްތައް ހަދައިގެން ނުރުހޭހައި މީހެއްގެ ޢަބުރު ކަތިލަން ފުރުޞަތު ދެވިގެން ނުވާނެއެވެ.

    4
    4
  18. ރައްޔިތުމީހާ

    މިލަވަ ތައް ނުސީދާގޮތެއްގަ ޕްރޮމޯޓްކުރަން ކޮމިޝަނުން މަސައްކަތް ފަށައިފި. މިވީގޮތުން މިލަވަ ތައް ކުރިން އަޑުނާހާ މީހުންވެސް މިލަވަ ތައް އަޑުއަހާ މަންޒަރު ބަލަން ޝައުގުވެރިވެދާނެ

    28
    1
  19. ފަހަރިބޭ

    ބަލަ ރޔ ވަގަށް ގޮވާ ހެދީ ތިބުނާ ކަޅުދަބަސް ޗޯރު ގެ ބެލުމުގެ ދަށުން.

    25
    2
  20. ޙެހެހ

    ބަލަ ވަކިބަޔަކު ގޮވީމަ އަވަގުރާނަ ، މަޖިލިސްގައި ގޮވީމަ ސިޔާސީ ،ކޮކޮންފަަދަބަލާވެރިކަމެއްމީ ،ކޮން ބްރޮޑްކާސްޓެއް

    24
    1
  21. ލަލަލާ

    ސީދާ ކަނޑުގެ ހުކުމް

    27
  22. ފާތުން

    ބުރޯޑުކޮމް އަށް އެލަވައިން ދޭހަވީ ރައީސްއަށް ޗޯރަށް ގޮވީކަމަށް ތޯ...
    ތިއީ ދައުލަތުން ފައިސާ ދީފައި ތިބިމީހުންނަށް މާނަކުރެވޭ ގޮތް
    ދެން ކިހިނެތް އަހަރެމެން މާނަ ކުރަންވީ..

  23. އަންޑަމަން

    ޑިމޮކްރަސީ ފައްކާވީމަތަ މިހިންމިވަނީ ރާޓީވީން ގޮވިއެއްޗެހި އޯކޭ ޗެނަލް 13 ވީމަ އަބުރު ގެއްލެނީ ހުދުމުހުތާރަސް ތަންފުކެއް ބޮޑުވަރު

  24. ރަން ރީނދޫ

    ބޮޑު ފަލަ ވަގު، ޗޯރު އިބްރާހިމް

    6
    1
  25. އަލީ

    ވެންޓިލޭޓަރުގެ ޗޯރު.

  26. އާދަނު

    ޗޯރެއްވާނީ ޗޯރަކަށް! ބާރުއޮތަތީވެ އަނގަތަކުގައި ޓޭޕް އެޅިދާނެ! ބޮޑުވަގެއް އެއީ

  27. އާދަނު

    މިކަލޭގެ ރިޔާސީ އިންތިޚާބުން ޗޮކުންދާތަން އެބަފެނޭ! އިންޝާއަﷲ ވަލްޙަމްދު ލިﷲ

  28. އާދަނު

    ޢަލީ ކައިރީ ބުނެލަން އޮތީ ލަވަކިޔަސް ރިޕޯޓެއްކިޔަސް އެއީ ހަމަ ތެދު! މިކަން ޢަލީވެސް ޤަބޫލުކުރާނެ! ރ ޓީވީން މީހުންގެ ޢަބުރު ކަތިލާ ކޮށާއަޅާއިރު އަސަރެއް ނުކުރޭތޯ؟

  29. ހަނާ

    ހަނީ ވެރިކަމުގައި ކޮންމެ މީހަކު ހުރިނަމަވެސް އިހްތިރާމަަ ގަދަރު ކުރަންޖެހޭ މިހާރު އިދިކޮޅު މީހުން ގޮވާ އައުގުރާނަ ހަމަ މާދަމާ އެނބުރި އަންނާނެކަން ދަންނާށެވެ
    މިލިއަނުން ރާއްޖެ ޓީވީ ޖޫރިމަނާކުރިކަންދެނަހުރީމުތޯ ނުވިތާކަށް ހުޅުޖެހިކަން ހަނދާން އެބަހުރިިތޯ.

    2
    5
    • ޙެހެހ

      ބަލަ މިޤައުމުގައި ވެރިންނަށްއިޚްތިރާމް ކަނޑާލާ ، ވަގށް ގޮވާ ، ގޮޅާބޮލަށް ގޮވާ ، ކާޅަށްގޮވީކެނެރީގެނަޝީދު އިސްވެހުރެ ،އެކަން ނޭނގެންޏާ ، މުޒާހަރާތައް ބަލާބަލަ ، މުޤައުމުގެ އިޖްތިމާއި ފޭރާން ހަލާކުކޮށްލީ ހަމަ ކެނެރީގޭ ނަޝީދު ، ބަޔަކަށް ހަޖަމް ނުވިޔަސް ހަޤީޤަތަކީއެއީ ، ނަޝީދު ހިތް ނުރުހޭ ކޮންމެ މީހަކަށް ބަޔަކަު ނެރިގެން އެކަން ދައްކާފަ އޮތީ ، މިހާރުބއިބޫއަށް ކޮށްލާވަރު ބަލާބަލަ

  30. ނިމާލު

    ހަމަ ހިނިއަންނަނީ. މިހާރު މިފެށުނީ ހަޖަމް ނުކުރެވޭ ބައި. ޗޯރު، ލުޓޭރާ ފަދަ އެއްވެސް ބަހެއް ހިމެނޭ ހިންދީ ލަވައެއްވެސް ދެން ދެއްކުން މަނާވާނެ.

  31. Anonymous

    ޗޯރެއް ނޫންކަން ސާބިތު ކޮށްދީބަލަ.

  32. ޗޯރު

    ޗޯރަކަށް ޗޯރު ކިޔުން އެއީ މައްސަލައެއް ނޫނޭ. ޗޯރު އިނބުރޭ. ބޮޑު ވަގު. ގައްދާރު. ރާއްޖެ ވިއްކި. ޚާއިނު. އިސްތިއުމާރުގެ އަޅު. މިވެސް ކިޔަން ހުރި އެކި ބަސް.

  33. ހިމާރުލްގައުމު

    ޗޯރޭއަށް ޗޯރަށް ގޮވާނަން. އެކަމެއް ނުހުއްޓުވޭނެ

  34. ޅިޔަނުބެ

    މޯދީ ވެސް ހަމަ މިކަހަލަ މައްސަލަތަކެއް ތަހުގީގުކޮށް ނޫސްވެރިން ޖަލަށްލަނީ އެޔޮށް. މީއެއްކަހަލަ ދެ ރު..ން.

  35. ޖުލައި

    އާފަލަކަށް އާފަލު ކިޔޭނެ. އެޕަލްވެސް ކިޔޭނެ. 2 ގޮތްވެސް ރަގަޅު

  36. ހުސެން

    ޗޯރޭ ދެނޯ ދެން އަޑުގަދަވާނީ ބަލާތި

  37. ސަންސެޓް

    ބޮޑު ޗޯރަކަށް ކިޔާނެ އެހެން ނަމެއް އޮވޭތަ؟