ރިޔާސީ ބަޔާނަށް ރައްދުނުދޭނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ. މިގޮތަށް އިދިކޮޅުފަރާތްތަކުން ބުނެފައިވަނީ ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާން އިއްވުމުގެ ކުރިން، އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ، ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި އިދިކޮޅު ކޯލިޝަނުން ބައިވެރި ނުވާން ނިންމީ އެއީ ގާނޫނާ ޚިލާފު ޖަލްސާ އަކަށް ވާތީކަމަށެވެ. އަދި އެއީ ގާނޫނާ ޚިލާފް ޖަލްސާއެއް ކަމަށް ވާތީ ރިޔާސީ ބަޔާނަށް ދޭނެ ރައްދެއްނެތްކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ ޣައިރު ގާނޫނީ ޖަލްސާއެއްގައި ދެއްވާ ރިޔާސީ ބަޔާނަކަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ ހެނެއް. ކަންބޮޑުވާން ވެސް ޖެހޭނެ ހެނެއް އަދި އެއަށް ރައްދެއް ވެސް ދޭންޖެހޭނެ ހެނެއް. އެހެންވީމަ އެއީކީ ގައުމު މިއޮތް ހާލަތުގައި އަޅުގަނޑުމެން މާ ސީރިއަސް ކަމަކަށް ނަގައިގެން އެ އަށް ރައްދު ދޭންޖެހޭ ވަރުގެ ކަމެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެެއް ނުކުރަން،" މަހްލޫފް ވިދާޅުވި އެވެ.

މިދަޅިވަޅުގައި ސަރުކާރުގެ މެންބަރުންދަނީ އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމާއެކު ބިނާކުރަނިވި ފާޑުކިޔުމެއް ރިޔާސީ ބަޔާނަށް ކިޔޭވެތޯ ރައްޔަތުން ބަލަން ތިބިކަމުުގައި ތަކުރާރުކޮށް ބުނަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އައިމަން

  ކޮން ރައްދެއްދޭކަށް މަޚްލޫޤު މެންނަކަށް ނުކެރޭނެ އަދި ފެންވަރެއްވެސް ނުހުންނާނެ އެބަޔާން ފުރިހަމަކަމުން އެއްޗެއްބުނާކަށް ރައްޔިތުން ދިނީމަ ކައިގެން އަނބިދަރިންނަށް ޚަރަދުކުރަމުންދަނީ ރައްޔިތުންގެ ފައިސާއިން އެކަމަކު ރައްޔިތުންނަށް ހަރާންކޯރުވާ މީހަކަށް ދެން އެހެން ބަޔަކަށްވެސް މީހަކަށްވެސް ތެދުވެރިވާނެތަ؟

 2. ާަަނުރަބޯ

  އިދިކޮޅު ބާޣީން ރިޔާސީ ބަޔާނަށް ރައްދު ނުދޭން އެއުޅެނީ ދޭނެ ރައްދެއް ނެތުމުން.

 3. ޙަފްޞާ / މާލެ

  ބުނެވޭނޭ އެއްޗެއް ދޭނޭރައްދެއްވެސް ނޯންނާނެ! އަނގަ ޗޭވެފަ ތިބެގަ!

 4. ފާއިޒް

  ކަލޭ ރައްދު ދޭނެ ގޮތެއް އެބައޮތް ރަނގަޅު ރީލޯޑެއް އަޅާލަނިކޮށް ރައްދު ދީފާނެ . ދެވޭނެ ރައްދެއް ނޯންނާނެ އެއަށްވުރެ ފުރިހަމަ އަދި ރައްޔިތުން ކޮސްކޮށްލާފި ރިޔާސީ ބަޔާން އިއްވާލީމާ ރައްޔިތުންނަށް ކޮށްދީފަ ހުރި ކަންތަކުން...

 5. ނަސީދު

  އަޅުގަނޑު ހަމަކޮސްވޭ ގާނޫނުއަސާސީ ދަންނަނީ ހަމަ އެކަނި އިދިކޮޅު ފަރާތްތައް ބަލަ އަޅުގަނޑުމެންނަންވެސް ތި ޤާނޫނުއަސާސީ އެގެޔޭ އަބަދު ދޮގުހެދުން (ދޭނެރައްދެއްނޯން ނާނެ)

 6. މާބޭބެ ނޭފަރު

  ކޮންރއްދެއްތޯ ދޭނީ. ދޭނެ ރައްދެއް އަދި ދެވޭނެ ރައްދެއްވެސް ނޯންނާނެ. އެވަރުގެ ހިތްވަރެއް އެބޭފުޅުންގެ ނެތް. ފަސާދަކުރުމާއި މީހުން މަގުފުރެއްދުންނޫން ކަމެއް ކުރަންއެނގޭ ބައެއްނޫން.

 7. މަމެންގެ ރައީސް

  ރިޔާސީ ބަޔަނުގަ 100ބިލިއަން ކާލިވާހަކަވެސް އަދި ރައީސްގެ އެކައުންޓައް 1މިލިއަން ޑޮލަރުވަތް ވާހަކަވެސް ކީނަމަ ރަގަޅުވީސް.

 8. ޜަސީދު

  ޒިންމާ ދާރުގޮތެއްގަ ރައްދެއް ދެވޭވަރުގެ ބަޔަކު އިދިކޮޅަކު ނެއް އިދިކޮޅުގަ ތިބީ ކަނޑުކޮހުން

 9. އަފުޝާނަާ

  އެނގޭނެ ތިކަން ރިޔާސީބަޔާނަށް އެންމެކުރިން ފާނޑު ކިޔާނީ ތިގޮލާ އެއީ ޔަޤީން ވާ ކަމެއް ހަޖަމު ކުރަން ދަތިވާނެ ދޯ؟ އަޅެމަހޭ އަހަރެމެން މަހޭއަށް ވޯޓް ދިނީ އެއިރުގެ މަހޭގެ ބަސް މަގަށް ބެލުމަށްފަހު މިދާއިރާއަށް ތެދުވެރިކަމާ އަމާނަތް ތެރިކަމާ އެކު ކުރިއަށް ގެންދެވޭކަމަށް ފެންނާތި އެކަމަކު މިހާރު ވިސް ނެއްޖެ މަހޭގެ ހިތުގައި މިޤައުމަށް އެއްވެސް ލޯތްބެއް ކުލުނެއް ނެތްކަން މީގެފަހުން މިދާއިރާއަށް ކުރިމަތި ލީކަމުގައި ވީނަމަވެސް މަގޭ އާއިލާގެ އެއްވެސް މީހެއްގެ ވޯޓެއް ނުލިބޭނެ ވ ވ ސަލާމް މަހޭ

 10. Anonymous

  އެނގޭނެ ތިކަން ރިޔާސީބަޔާނަށް އެންމެކުރިން ފާނޑު ކިޔާނީ ތިގޮލާ އެއީ ޔަޤީން ވާ ކަމެއް ހަޖަމު ކުރަން ދަތިވާނެ ދޯ؟ އަޅެމަހޭ އަހަރެމެން މަހޭއަށް ވޯޓް ދިނީ އެއިރުގެ މަހޭގެ ބަސް މަގަށް ބެލުމަށްފަހު މިދާއިރާއަށް ތެދުވެރިކަމާ އަމާނަތް ތެރިކަމާ އެކު ކުރިއަށް ގެންދެވޭކަމަށް ފެންނާތި އެކަމަކު މިހާރު ވިސް ނެއްޖެ މަހޭގެ ހިތުގައި މިޤައުމަށް އެއްވެސް ލޯތްބެއް ކުލުނެއް ނެތްކަން މީގެފަހުން މިދާއިރާއަށް ކުރިމަތި ލީކަމުގައި ވީނަމަވެސް މަގޭ އާއިލާގެ އެއްވެސް މީހެއްގެ ވޯޓެއް ނުލިބޭނެ ވ ވ ސަލާމް މަހޭ

 11. ހަބޭސް

  ރީއްޗަށް ބުނެފިނަމަ ކީއްތަ ވާނީ ރިޔާސީ ބަޔާން ރައްދެއް ދެވޭވަރަށްވުރެ މާފުރިހަމަޔޭ މިސަރުކާރުން މިޤައުމުގައި ކަންތައް ތަކެއް ކުރާކަމަށް އަޅުގަނދުމެން ޤަބޫލުކުމޭ ޤާނޫނާޚިލާފުވަނީ ސަރުކާރުތޯ ނޫންނަމަ އިދިކޮޅުގައި ތިއުޅޭ މަދު ބައިގަނޑުތޯ ރަޢިއްޔަތުންކުރެން އަހާލަބަލަ މިއަދު މިޅި ގައުމުހެކިވަނެ މިގައުމުގެ އިޖުތިމަޢީ ފޭރާން ނަގާލާ ޤާނޫނު ވެއްޔާލާ މޮޑެމުންތިދަނީ ތިބައިގަނޑުކަން މިކަމުގެ ޒިންމާ އެއްމެބޮޑަށް އުފުލަންޖެހޭ އެކަކީ ތިމަހުލޫފު ފުރުސަތެއްލިބިއްޖެނަމަ ޤައުމު މިލާހަތަށް ގެންދިއުމުގެ ދައުވާވެސް މަހުލޫފުގެ މައްޗަށް ކުރާން އިންޝާﷲ

 12. މމ

  ޤައުމުގެ އިޤްތިސާދު ފުނޑާފަ ވެރިކަމަށް އަންނަން އުޅޭބަޔަކައް މިއައް ދެވޭނެ ރައްދެއް އޮންނާނެތަ؟

 13. ޙދ

  ޢެހާމޮޅު ބަޔާނެއް ވިއްޔަ ބޯހަލާކު

 14. އަސްލު

  ހަގީގަތާ ކުރިމަތި ލާން ނުކެރުނީ ދޯ؟

 15. އާބިދާ

  ރައްދު ދެވޭވަރުގެ ގާބިލްކަމެއް ކަލޭމެންގެ ކިބަޔަކުނެތް، ތަންތަން ހަލާކުކޮށް ލޫޓުވަން ކަލޭމެންނަށް އެގޭނީ