ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ "ދިވެހިބަހުގެ އެކެޑަމީ" ގައި ހިމެނޭ މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ ދައުރު މި މަހުގެ އަށް ވަނަ ދުވަހު ހަމަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެއެކަޑެމީގެ މެންބަރުކަމަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް ދިވެހިބަހުގެ އެކެޑަމީއަށް މިއަދު ޢައްޔަންކުރެއްވި ތިން މެންބަރުންނަކީ ޑރ. އަޝްރަފް ޢަބްދުއްރަޙީމާއި ޒުލްފާ އިބްރާހީމާއި، މުޙައްމަދު ޝާހިދު ޙަލީމެވެ.

މި ތިންބޭފުޅުންގެ ތެރެއިން މުޙައްމަދު ޝާހިދު ޙަލީމް ކުރިން ވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.

މި ބަދަލާއި އެކީ މިހާރު ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، ޢިޔާޒު ޖާދުﷲ ނަސީމް، މުޙައްމަދު ޝާހިދު ޙަލީމް، އަޝްރަފް ޢަބްދުއްރަޙިމް އާއި ޒުލްފާ އިބްރާހީމެވެ.

ބަހުގެ އެކަޑަމީގެ އާ ރައީސަކަށް، އެ އެކަޑަމީގެ މެންބަރުންގެ މެދުގައި މިއަދު ނެގި ވޯޓަކުން އިންތިހާބުކޮށްފައިވަނީ ޑރ. އަޝްރަފު އަބްދުއްރަހީމެވެ. އަދި ނައީބު ރައީސަކަށް އިންތިހާބު ކޮށްފައިވަނީ ޒުލްފާ އިބްރާހިމްއެވެ.

ކުރިން އެ އެކަޑަމީގެ ރައީސްއަކަށް ހުންނެވީ އަޝްރަފް އަލީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުދު

    ތިނޫން ނަމެއް ކިޔާ މީހާކު”އެކަޑަމީ” އަކުވެސް ނެތް؟

  2. ދޯދި

    ވޯޓް ކަރުދާސް މައްސަލަ އެއް އަޝްރަފު އޮތީ ދެފަހަރު ވެސް

  3. Anonymous

    އާ އަޝްރަފް ސަރއަށް މަރްޙަބާ
    ބާ އަޝްރަފް ސަރއަށް ޝުކުރިއްޔާ