ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އާއި އަނބިކަނބަލުން ޝަޖާން މުއާޒް އަަށް އެއްމާބަނޑު ދެ ކުދިން ލިބިވަޑައިގެންފިއެވެ.

ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެމްބަރު ހައިތަމް އަށް އެއްމާބަނޑު ދެ ކުދިން ލިބިވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ. ހައިތަމް ފޭސްބުކްގައި ވިދާޅުވި ގޮތުގައި އޭނާ އަށް ލިބިވަޑައިގަތީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.

އެ ދެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ހައިތަމް ވިދާޅުވިއެވެ.

ހައިތަމް، ޝަޖާންއާ ކައިވެނި ބައްލަވައިގެންފައި ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެ ދެ ބޭފުޅުން ރަން ކިއާފައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

މީގެ ކުރިން ވެސް ހައިތަމް ކައިވެންޏެއް ކުރައްވާފައި ވާއިރު ޝަޖާން ވެސް ކައިވެންޏެއް ކުރައްވާފައި ވެއެވެ.

ހައިތަމް އަށާއި އޭނާގެ އަނބިކަނބަލުން ޝަޖާން މުއާޒް އަަށް، ހައިތަމްގެ ކުރީގެ އަނބިކަނބަލުން ފުރައްސާރަކޮށް އަނިޔާކުރަން މަސައްކަތްކުރި މައްސަލައެއް ވެސް ދާދި ފަހުން ފެންމަތިވެފައިވެއެވެ. އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ދެން މަށަށް ކީއް؟

    31
    5
  2. ސުމެއް

    ވީ ޑޯންޓް ކެއާ

  3. މަވެފަ

    މިދެން ހާދަ ވެގަނެގެން އުޅޭ ހައިތަމެކޭ ދޯ!

    9
    1
  4. އަނި

    ތިޔައީ އައުކަމެއް!

    7
    1
  5. 😒

    ޖެލަސީ ކޮމެންޓްސް😒

    2
    2