ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ދައްކަންޖެހޭ ފީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހަޅުއްވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ.
ހުސައިން އިސްލާހު ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ ޑިޕޮޒިޓްގެ ފައިސާގެ އަދަދު 5،000 ރުފިޔާ އިން 10،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.
މީގެއިތުރުން ހުސެއިން ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ދައްކަން ޖެހޭ ފީ ބޮޑު ކުރަން ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ވެސް އިސްލާހު ހުށަހަޅާފައެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުން އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ފީގެ ގޮތުގައި 100،000 ރުފިޔާ ދައްކަންޖެހޭނެއެވެ. އެ ގާނޫނުގައި މިހާރު ބުނާގޮތުން އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ދައްކަން ޖެހޭނީ 40،000 ރުފިޔާއެވެ.
ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް އިތުރު އިސްލާހުތަކެއް ވެސް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ނުވާނަމަ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް ވެސް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
މީ ކޮންބަޔަކަށް ކުރިމަތި ލެވިޔަ ނުދޭންވެގެން ހުށަހަޅާ އިޞްލާޙުތަކެއްތަ؟ ބަލަ ކަލޭމެން ވަކި ޔަހޫދީންނަށް ވުރެ އެންމެ ތަންފުކެއްވެސް ތަފާތެއްނެތެއްނު؟ އެމީހުންގެ މަސައްކަތަކީވެސް ތިގޮތަށް އެމީހުންގެ ފޮތުގެ އާޔަތް ތައް ބަދަލުކުރުމެވެ. ކިތަންމެ ވަރެއް އެރުވިޔަސް ﷲ ތަޢާލާ ވެރިކަން ދެއްވާ މީހަކަށް ނޫނީ ވެރިކަމެއް ނުލިބޭނެކަން ހަނދާން ބަހައްޓާށެވެ. ފަހަރެއްގަ އަދި 2018 ވަނައަހަރުން ފެށިގެން ކުރިޔަށް އޮތް 5 އަހަރު ދުވަހު ރާއްޖޭގެ ވެރިކަމަށް އަންނާނެ މީހެއްގެ ނަން އަދި ފެންނަން ނެތިވެސް ހިގައިދާނެއެވެ.
ބަލަ މި ސަރުކާރުން ކަންކަން ހަރުދަނާ ކުރަނީ ދިވެހި ރައްޔިތުންގެ ކުރިމަގައް ބަލާފަ ޔާމީން 2018.
ގައުމެއްގައި ހިންގަން ހެދޭ އެންމެހާ ގާނޫނުތަކާއި ޤަވާޢިދުތައް ހުންނަންޖެހޭނީ ތިމާއަށް އެކަމެއް ލިބިގަތުމަށް އެދޭފަދަައިން އަނެއް މީހާއަށް އެކަން ވުމަށް އެދެވޭގޮތަށް ، މި ހަމަޔަށް އިންކާރުކުރާ އަދި މިނޫންގޮތްގޮތަށް އަމަލު ކުރާމީހުންނަކީ، އީމާންކަން ފުރިހަމަ ނުވާމީހުން.
"މި ގައުމުގައި މިހާރު އިޖުތިމާޢީ އަދާލަތު ގެއްލި ނިމިއްޖެ" މިއީ ބިރުވެރިކަމެއް
ޔާމީން ގެންދަވަނީ ގާނޫނުތަކަށް އަންދާ ގާނޫނު ހިންގަމުން
ޔާމީން ގެންދަވަނީ ގާނޫނުތަކަށް އަންދާ ގާނޫނު ހިންގަމުން
ޔާމީން ގެންދަވަނީ ގާނޫނުތަކަށް އަންދާ ގާނޫނު ހިންގަމުން
ޔާމީން ގެންދަވަނީ ގާނޫނުތަކަށް އަންދާ ގާނޫނު ހިންގަމުން
ޔާމީން ގެންދަވަނީ ގާނޫނުތަކަށް އަންދާ ގާނޫނު ހިންގަމުން
މިއީ ހުރިހާ ދިވެހިން މިކަމަށް ވިސްނާ ކުރިއަށް އޮތް އިންތިޚާބަށް މަގު ކޮށަންވީ ވަގުތު
މިއީ ހުރިހާ ދިވެހިން މިކަމަށް ވިސްނާ ކުރިއަށް އޮތް އިންތިޚާބަށް މަގު ކޮށަންވީ ވަގުތު