އަންހެނަކު މާލޭގެ ގެއަކަށް ވަގަށް ވަދެ އެގެއަށް ފެންއަޅާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށާފައެވެ.

މި ވީޑީއީ މީސްމީޑިއާގައި ހިއްސާ ކުރަމުން ލަވަކިޔުން ދޫކޮށްލުމަށްފަހު، ދީނީ ހޭލުންތެރިކަން އިތުރު ކުުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަލީ ރަމީޒް ބުނީ، އެ އަންހެން މީހާ ފެން އަޅާފައިވަނީ އޭނާގެ ރަހުމަތްތެރިއެއްގެ ގެއަކަށް ކަމަށާއި އެގޭގެ އެކި ތަންތަނަށް އޭނާ ފެން އަޅާފައިވަނީ ސިހުރެއްގެ ގޮތުގައި ކަމަށެވެ.

އަލީ ރަމީޒު ބުނީ، އެއީ އެ އަންހެން މީހާ އަލަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ހަމަ އެގޮތަށް އެގެއަށް ވަދެ ގޭގެ އެކި ތަންތަނަށް ފެން އަޅާފައިވާ ކަމަށެވެ.

"ޔަގީން ކުރެވޭ ގޮތުގައި އެއީ ސިހުރު ހަދާފައިވާ ފެނެކެވެ. މީނާ މިހާރު ދެތިން ފަހަރު މިގެއަށް ވަދެ މިކަން ކޮށްފި" އަލީ ރަމީޒު ބުންޏެވެ.

މީސްމީހުންގެ ދިރިއުޅުން ހަލާކު ކުރުމަށް ސިހުރު ހަދާ މީހުން މުޖުތަމައުގައި އަދިވެސް ވަރަށް ގިނަ ކަމަށާއި އެފަދަ މީހުންގެ ނުބައިކަމުން މުޖުތަމައު ރައްކާތެރި ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އަލީ ރަމީޒު ވަނީ ވިދާޅުވެފައެވެ.

އެވީޑިއޯއާއި އެކީ އަލީ ރަމީޒު ވަނީ ސިހުރުވެރިން ދެނެގަންނާނެ 13 އަލާމާތެއް އެނގޭނެ ވީޑީއޯއެއްގެ ލިންކު ވެސް ހިއްސާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޒަރީނާ

    އެފަދަމީހުނަށް ހަލާ ކުހުރި !! މާލޭގަ ވަރަށްގިނައިން ކުރާ ކަމެެއް ..
    ފަސްނަމާދު ކުރާ ދީންވެރި އަންހެނުން އާންމުއުފަލަ ކަށްހަދައިގެން ތުއްތުބެމެން އާދަންބެމެން މުހަންމަދުބެމެން އިބުރާހިމްބެމެން އަލިބެމެންލައްވާ ތިއްތިހެދިލައިގެން ރޭގަނޑު ދިހައެއް އެގާރަޖަހާއިރު ގޮސް ކުރުވާ ކަން ކަން..

    10
    1
  2. ޢަހުރ

    ފުލުހުން މިކަންކަން ރަނގަޅަށް ބަލާބަލަ، ކިތައް އާއިލާ ހަނާވަނީ ސިހުރާއި ހުރެ. ދެން ގޯސްވާންވީ މިވާހަކަ ދައްކާ މީހައެއް ނޫނޭ

    20
  3. ދިދަ ދަނޑި

    ތީގެ މީހުން ވަރަށް ގިނަވެއްޖެ.. މައްސަލައަކީ ފާޅުގައި ކުރާއިރުވެސް އަދަބު ނުދޭތީ…

    18
  4. ރަނާ

    ސިހުރު ހަދާ މީހުނަށް ދީނުގަ އަދަބެއް ކަނޑައެޅިފއެއް ނޯވޭބާ . ނޯންނަ ނަމަ އެފަދަ މީހުނަށް ދޭނެ އަދަބެެއް ގާނޫނުގަ ކަނޑަ އަޅަން ވެއްޖެ އެއްނު .

    10
    • މ

      ދީނުގަ އޮވޭ އަދަބު

  5. ނަތާ

    ހަމަ ކޮސްވެއްޖެ. ހަސަދޥެރިވާކައްނުވާނެ😢😢

    13
  6. ސިހުރުފެން ހެނެއް ހިއެއްނުވޭ

    އެއީ ސިހުރު ހަދާފައި ހުރި ފެން ހެނެއް ހިއެއް ނުވެއެވެ. ސަބަބަކީ ފެން އަޅާފައި އޭނަގެ ފައި ކާއްތާފައި އެފެންތައް ދޮރެއްގެ ދަށުން ފޫއްދާލާފަދަ ގޮތަކަށް ހަރަކާތް ކުރާތީ އެވެ. އަޑުއިވޭ ގޮތުގައި ސިހުރު ހަދާފައި ހުންނަ ތަކެތީގައި ބީހުމެއް ނޯވެއެވެ. އޭގައި ބީހިއްޖެ ނަމަ ސިހުރު ޖެހޭނެ އެވެ. އަދި އެއީ ޖައްސަން ބޭނުންވާ މީހަކަށް އޭއަށް އެރި ނުވަތަ ބީހެވޭ ފަދަ ގޮތަކަށް ބެހެއްޓޭ ތަކެއްޗެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި އެއީ ޖެއްސުން ކުރަން ކުރި ކަމެކެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ އެކުރީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ.

    8
    5
  7. ބަބޫ

    މަށަށް ހީވަނީ ކަރަންޓް ބިލް މާ ބޮޑުވާތީ މީތަރުތަކަށް ފެން އެޅީހެން.

    4
    3
  8. ނަޢީމް

    ސިހުރު ހަދާ މީހުން ހަމަ ފަލީހަތް ކޮށް ހަރުކަށި އަދަބުދޭންވީ. މީހުންގެ ދިރިއުޅުން ހަލާކު ކުރަމުން ދުވާ ޝައިތޯނީ ބައިގަނޑެއް އެއީ.

    20
  9. ކޭކު މުހައްމަދު

    ތި ސިހުރެއް ނޫން. ތިވާނީ އެތަނަށް ބުޅަލެއްގެ ނަޖިސް ތައް ދޮވެލީކަމައް...މަވެސް އެތާ އެކަން ކުރިނަމަ ގޮވާނެ ސިހުރު ކޭކު ކިޔާފަ.

  10. Anonymous

    އަލީ ރަމީޒަ ކީ ޖާދޫގެ ދުނިޔެ އެއްގައި އުޅޭ މީހެއް މީނަ ކިޔާ ވާހަ ކައަށް ހެއްލޭ ދިވެހިންގެ މޮޔަ ކަމާއެވެ

    1
    2
  11. ކުރޮޅި

    ޢާއްމުކޮން ރާއްޖޭގަ ސިހުރުހަދަނީ މުދަލުގެ ދަހިވެތި ކަމުގަ އާއިލާ ދުއްވާލަން ނުވަތަ ކުޑަކުއްޖަކު ކުރިއަރާ މޮޅުވެދާނެ ކަމުގެ ބީރުހީވާތީ ކިޔެވުން ހަލާކު ކޮށްލަން މަށައް ސިހުރު ޖެހުނީމާ މަގޭ ފިރިބެ މަށަށްފެންނަނީ ވެމްޕަޔާ އެއްގެ ސިފައިގަ ދެން ފިރިބެ ދެރަވެ ހިތުގައި ޖެހިދާނެތީ އެވާކަ ނުދައްކާ ހުރީ ދުވަސްކޮޅަކުން އެކަން ރަނގަޅުވެއްޖެ ދަރިޔަށްވެސް ސިހުރު ޖެހި މަދަރުސާގެ މައްސަލަ ބޮޑުވެ ކަޑާވެސްލި އެ ޖިންނި ކާރީގަވެސް ބުލަން އޮތީ ކަލޭ އިސްލާހުވެ މީހުންނަށް ދުއްޕާން ކުރުން ހުއްޓާލާށޭ ލައުހުލްމަޙްފޫޘްގަ ލިއުއްވާފައިވާގޮތެއް ކަލެޔަކަށްވެސް އަހަންނަކަށްވެސް ނޭގޭނެއެވެ ޖިންނި އިސްލާހުވާށެވެ މީހުންނަށް އުދަނގޫ ކުރުން ހުއްޓާލާ މަޣޭ ރުއްދަނޑައް ގޮސް އެތަނުން ކުރުބާ ބޯލައިގެން އިންށާނުންނާ ދުރުގައި ޖަންގަލީގަ ދިރިއުޅޭށެވެ