ނުރައްކާތެރި ވިހަގަދަ ބޯވައެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަމުންދާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެމްއާރުއައި އިން ބުނީ، ރާއްޖޭން ފެނިފައިވަނީ ބްލޫރިންގްޑް އޮކްޓޮޕަސް ކަމަށާއި އެއީ ސައިޒުން ކުޑަ ނަމަވެސް، ވިހަގަދަ ބޯވައެއް ކަމަށެވެ. އެސޮރުމެން އުފައްދާ ނިއުރޯޓޮކްސިނަކީ އިންސާނުންގެ ފުރާނައަށް ނުރައްކާވާ ވިހައެއް ކަމަށް އެމްއެމްއާރުއައި އިން ބުނެފައިވެއެވެ.

އެ ވައްތަރުގެ ބޯވައަށް ނުރައްކާ އޮތް ކަން އިހްސާސްވުމުން ވަށްބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއްހެން ލައްތަކެއް ހަންގަނޑަށް އަރުވައި ވިހަ މާއްދާއެއް ބޭރުކުރާ ކަމަށާއި އެއީ އިންސާނުންގެ ހިއްސުތަކާ ބެހޭ ނާރަށް ހަމަލާދޭ ވިހައެއް ކަމަށް އެމްއެމްއާރުއައި ބުނެއެވެ.

"މި ބާވަތުގެ ބޯވައިގައި އަތްލައި ހަދާ ނަމަ އިންސާނުންގެ ގައިގައި ވެސް ދަތް އަޅައި ވިހަ ދޫކުރުމުގެ ފުރުސަތު އޮވެއެވެ. މިގޮތަށް ބޯވަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އެޅިއަ ނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެއެވެ. ނަމަވެސް ހަށީގަނޑުގެ ތެރެއަށް ނިއުރޯޓޮކްސިންގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަ ފަށައެވެ" އެމްއެމްއާރުއައި އިން ބުންޏެވެ.

މި ބާވަތުގެ ބޯވައިގެ ނުރައްކާ ކިޔައިދެމުން އެމްއެމްއާރުއައި ބުނީ ނިއުރޯޓޮކްސިން އިން ވިހަވުމާ އެކު ބޯ އެނބުރުމާއި ހޮޑުލަވާގޮތް ވުމާއި ހިތް ހުއްޓުން ފަދަ ކަންކަން ދިމާވާ ކަމަށެވެ. ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވާ ކަމަށެވެ.

އެ ވިހަ ހަށިގަނޑުން ނައްތާލަން ފަރުވާދިނުމަށްޓަކައި އެންޓި ވެނަމެއް ހޯދިފައެއް ނުވެ އެވެ.

އެހެންކަމުން މި ވައްތަރުގެ ބޯވައެއް ފެނުނަސް އަތްލައި ނުހެދުމަށާއި ބަލާލަން ރީއްޗަސް ހިފައި ޓޭންކްތަކުގައި ވެސް ނުގެންގުޅެން މެރިން ރިސާޗް އިންސްޓިޓިއުޓުން އިލްތިމާސްކުރެ އެވެ. އަދި ބޯވައިގެ ވިހައިގެ އަލާމާތެއް އިހްސާސް ކުރެވިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދަން ވެސް އެދިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    މިއީ ރާއްޖެއިން އަލަށް ފެނިގެން އުޅޭ ބޯވައެއްބާ؟

  2. ޠ

    ރަސްފަންނުންނާއ ވިލިނގިލި މޫދުން ފެނޭތަ؟ އެނގޭ މީހަކު ޖަވާބެއްދީބަލަ

    2
    1
  3. މާމިގިލީ މީހާ

    ރާއްޖޭގެ ފަރުތަކަކު އުޅޭ ބޯވައެއް ނޫން ތީ އެއް. ބައެކު ގެނެސް ފަރުތަކައް ދޫކޮއްފިޔާ ހުރެ ދާނެ. އަދި މިވީ ހިސާބެކަށް ރާއްޖެއަކުން ނުފެނޭ ތިޔޭގެ ބޯވައެއް. އަހަރުން ނުފީނާ ފަރުތަކެއް މަދުވާނެ.

  4. ޙަނީ

    ރާއްޖޭގެ ކޮންސަރަހައްދަ ކުން ކުން ތިބޯވަ ފެނުނީ އެނގެން ނެތުމުން ވަރައް ދެރަ

  5. ސޯކާބެ

    ދެން އަވަހައް ބޯވަ ހިމާޔައް ކުރައްވަންވީނޫންތޯ ތިޔަ ބޯވައިންވެސް ބަޔަކައް އާމްދަސނީއެއްލިބޭ އަވަހައް ބަންދުކޮއްލާނެ ފުރުސަތުލިބުނީނޫންތޯ މިޔަރައްހެދިހެއް އެތައްހާސްބަޔަކައް އާމްދަނީލިބި ލިބިހުރި މިޔަރުގެ މަސްވެރިކަންވެސް މަނާކުރީ ދެވަނަދެކަމެއް ވެގެންނެއްނޫން ހަމަ ރައްޔިތުމީހާޔައް ރަނގަސޅު އާމްދަނީއެއްލިބޭތީ ރައްޔިތުމީހާ އަޅުވެތިކުރަން ފަސޭހަކަމާއެކުވޯޓްހޯދަން

    3
    1
  6. ލުއިލަމާނީ ނިޒާމް

    ވަތަން އެދޭ ގޮތޭ ބަދަލަކަށޭ ކިޔާފަ މީގެ ބޯވަ އައިނެއް ރާއްޖެއަށް ފާވި ފަހުން ބޮލާ ނޮހޮރުއްޕާން އެންމެ ބިރުބޮޑީ މީގެ ސަބަބުން ދިވެހިގައުމުގެ މިނިވަން ކަން ގެއްލި ދާނެތީ

    2
    2
  7. ވާސް

    ތި ބޯވަ ފެނިފައިވަނީ ރާއްޖޭގެ ކޮންސަރަހައްދު ތަކުންތޯިޔުނީމަތާ އެނގޭނީވެސް.

  8. ހައްގަކީ

    މިބޯވަ މިހާރު ނުފެނިދާނެ ބޯވަވީކަމައް ބެލެވެނީ އިނގިރޭސިވިލާތުގަ

  9. މަރުމޯ ސަރާބު

    ތިބޯވަ ޖަރުމަނު ގަލެއްދަށަށް ގެންގޮއްސަ ވަނީ އަދި މިވަގުތު ވީމާ މިޖަޒީރާ ތަކުން ނުފެނިދާނެ