ސިނަމާލެ ބްރިޖު މަޝްރޫއުގެ ކުރެހުން ފުރަތަމަ އާންމު ކުރުމާ އެކު، އާންމުން އުފެއްދީ މި ސުވާލެވެ؛ އެ ކުރެހުމާ އެއްގޮތަށް މާ ކަނޑުގައި ތަނބުތަކެއް ޖަހައި ބްރިޖަކުން މާލެ އާއި ހުޅުލެ އާއި ހުޅުމާލެ ގުޅުވާލެވޭނެބާއެވެ؟ ބައެއް މީހުން އެއީ ހުވަފެނުން ވެސް ދުށް ކަމެއް ނޫނެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެކަން ހަގީގަތަކަށް ހަދައި ސުވާލުތަކަށް ނިމުމެއް ގެނައެވެ.

މާލެ އާއި ހުޅުލެ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއަކީ ކުރީގެ ސަރުކާރުގައި ހިންގި ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއުގެ "ފޮނި، މީރުކަން" ރައްޔިތުންނަށް ލިބެމުން ދަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ އެއަށް ވުރެ ބޮޑު މަޝްރޫއެއް އިއުލާންކޮށްފައެވެ. އެއީ މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖުގެ މަޝްރޫއެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރާނެއެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ހަވާލު ކުރަން ސަރުކާރުން ނިންމާފައި އޮތީ އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާއެވެ. މިހާތަނަށް އައިއިރު، އެ ބްރިޖުގެ ކުރެހުންތައް ވަނީ ފައިނަލްކޮށްފައެވެ. މި ކުރެހުންތައް އާންމުވުމާއެކު، ގިނަ ބަޔަކު މިފަހަރު ވެސް އުފައްދަނީ މި ސުވާލެވެ؟ ސިނަމާލެ ބްރިޖު އެޅި ގޮތަށް ތިލަމާލެ ބްރިޖު ލޮލަށް ފެނުމުގެ ނަސީބު ފެނިދާނެތޯއެވެ؟

ހަމަގައިމުވެސް ކުރެހުންތަކުން އެ ނަސީބު މިއޮތީ އަދި ފެންނާށެވެ. ދެން އޮތީ އެ ކުރެހުންތައް ހަގީގަތަކަށްވުމުގެ ބައެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

"ވަގުތަށް" ލިބިފައިވާ ކަރުދާހުގައިވާ ގޮތުން ފޮޓޯތަކުގައި ވަނީ މާ ކަނޑުގައި ބިޔަ ތަނބުތަކެއް ފެނުން މައްޗަށް އަރާފައި ހުރި މަންޒަރެވެ. ކުރެހުމުގައި ފެންނަ ގޮތުން ރޭގަނޑު ގަޑީގައި ބްރިޖު ދިއްލާލާފައި އޮންނަ އިރު ވެސް ބަލާލަން ވަރަށް ހިތްގައިމެވެ.

އެހެން ފޮޓޯއެއްގައި ކ. ތިލަފުއްޓާއި ކ. ގުޅީފަޅު ގުޅޭ ހިސާބު ވަރަށް ބޮޑަށް އޮންނަނީ ފެހިކޮށްފައެވެ. މީގެއިތުރުން ތިލަފުއްޓަށާއި ވިލިމާލެ އަށް ދެވޭ ގޮތަށް ވަކި ލޭނެއް ވެސް ކުރެހުމަކުން ފެނެއެވެ. ބްރިޖު މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ ހަތަރު ލޭނަކަށެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއާ ހަވާލުވަނީ އިންޑިއާ!

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ. މި މަޝްރޫއުގެ މަސައްކަތް މާދަމާ އޮންނަ ރަސްމިއްޔާތެއްގައި ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާއެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

މި މަޝްރޫއުގެ ދަށުން 6.47 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެއެވެ. ގުޅީފަޅުގައި އަޅާ ބައިނަލްއަގުވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާ ގުޅުވާލުމުން މި މަޝްރޫއު ވާނީ ރާއްޖޭގެ އިގްތިސާދީ މައި އިންޖީނަށެވެ. މި މަޝްރޫއުގެ އަމާޒަކީ ދެ އަހަރުގެ ތެރޭގައި ނިންމުމެވެ.

ބްރިޖު މަޝްރޫއުއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.7 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖުތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

ރާއްޖެ އާއި އިންޑިއާ އާ ދެމެދުގެ ގުޅުން ފުޅާކޮށް ތަރައްގީ ކުރުމަކީި ދެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަން ދޭކަމެކެވެ. މި މަޝްރޫއުގެ ސަބަބުން ރަށްތައް ގުޅާލުމުގެ އިތުރުން އިގްތިސާދީ ގޮތުން ވެސް ވަރަށް ބޮޑު ކުރިއެރުން ލިބިގެން ދާނެއެވެ.

މާލެ- ތިލަފުށި ބްރިޖުގެ ކުރެހުމެއް.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލަން ހަމަަޖައްސާފައި އޮތީ ތިން ބްރިޖުންނެވެ. ބްރިޖުގެ ސާވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ބްރިޖް މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެއެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެއެވެ.

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށް ގެންދާ ބުރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން އިންޑިއާ އިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ދައްކަން ޖެހޭނީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ކަަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

  1. ނަސީ

    މިކަންވެއްޖިއްޔާ ކިތަންމެހާވެސް ރަގަޅު އެކަމަކު ގައުމް އިންޑިޔާ އައް ވިއްކާލައިގެން މީކުރާވަރުގެ ކަމެއްނޫން ، މިނިވަންކަންމަތީ މިނިވަން ނޭވާލައިގެން އުޅުންމީ ވަރައްވެސް މުހިންމުކަމެއް ، ބައެއެއްގެ ދަށުވެގެން އުޅުންމީވަރައްވެސް ވޭންހުރިކަމެއް މީވައް ލައްކަވާހަކަ

    126
    4
  2. ނަޒީ

    ބޭނުމީ ގްރެފިކްސް އެއްނޫނެވެ. ގްރެފިކްސް ސަޅިވާނެއެވެ.

    82
    2
  3. ދަރަނި ދަންތުރަ

    މެކުުނު ފުމުނަސް ގާހަކަޔަކަށް ނުފުމެވޭނެ....

    116
    9
  4. ދޮދި

    ލުކް ލައިކް އިންޑިޔާ ... ކަޑަ.... ނޯ މޮޑަން ލުކްސް

    90
    8
  5. އަލީމޫސާ

    އިޒްދިސް އަ ޑްރީމީ ބްރިޖް؟

    62
    4
  6. ދަރުމަ

    ވަރަށް ކަޓް ވައްތަރު ޖަހަނީ... ވީ ނީޑް ސިންގަޕޯ ލުކުސް

    92
    10
  7. ބޮލުރޮދި

    ތިހުންނާނީ 10 އަހަރު ވާއިރުވެސް ހަމަ ކުރެހުމުގަ....ފެންނާނީ ހަމައެކަނި ހުވަފެނުގަ.....އިންޑިއާ ގެ ސުޕީޑް އާ ވައްޓަފާޅި ނޭގެނީ ބޮޑިބަތް ކޭގުރޫޕަށް.

    85
    11
  8. ޜ

    އެންމެ ބޮޑު މަސްރޫއަކީ.ވެލާނާ އެއަރޕޯޓް މަސްރޫއު..އެއީ އެއް ބިލިޔަން ޑޮލަރުގެ މަސްރޫއެއް..ހަގީގަތައް ލިޔަންވާނީ
    ތިލަ ބުރިޖް އިއުލާން ކޮށް ކުރެހުންތައް ދައްކާލީ ކުރީ ސަރުކާރުން..

    79
    7
    • މީމަ

      ލޭންތައް ބަނޑުއަޅާލީ؟؟

      • ރަން ރީނދޫ

        ލޭނު ހުރި ވަރު ކަލެ އަށް އެނގޭނީ. ކަލޭ ތީ ވި އްޔާ ބުރިޖު ގެ އިންޖިނޭރަކީ.

  9. ރާއްޖެތެރޭ މީހާ

    މިހާތަނައް ހިންގި އެންމެ ބޮޑު މަޝްރުއަކީ ވެލާނާ އެއަރޕޯރޓް މަޝްރޫއު. އެއީ ރ ޔ ސަރުކާރުން ހިންގި މަޝްރޫއެއް. ޝުކުރިއްޔާ ރ ޔާމީން.

    90
    10
  10. ދުޢާ

    އަޅުގެ ދުޢާ އަކީ ﷲގެ ރަޙްމަތްފުޅާއިއެކު ތިލަމާލެ ބްރިޖް ނިންމުމުގެ ހެޔޮ ތަޢުފީޤް މިންވަރު ކުރެއްވެވުމެވެ! އާމީން

    52
    9
  11. މަސްއޫދު

    ޔަގީނުންވެސް އިންޑިޔާ މީހުނަކަށް ނުވަތަ ކުންފުންޏަކަށް ތިޔަބުރިޖެއް ނޭޅޭނެ! ތިޔައީ ހަގީގަތުގައިވެސް ހުވަފެނެއް! އިބޫގެ ކެންޕިޔަނުގެ ވަޢުދުތަކަށް ވީގޮތައް މި ބުރިޖައްވެސް ވާނީ ކުރެހުމުގައިވާ ފަދަ ބުރިޖެއް މި އޭސިޔާއކުނެތް! އަދި އިންޑިޔާއކުވެސްނެތް! މި ހަގީގަތްތަކަށް ބަލާއިރު މީވާނެކަމެއްކަމަށް ބުނަންދަތީ! އިންޑިޔާއކީ ޓެކޮނޮލޮޖީގޮތުން މިހާވަރުގެ ކުރިއެރުމެއް ލިބިފައިފައިވާ ގައުމެއްނޫން! އާބާދިގެ ފަންސާސް އިންސައްތަ މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ!

    52
    9
  12. ޞުރޭ

    ކޮންގޮތަކުން ހިއްގައިމުވީ ތިޔަ ބުރިޖު؟ ތި ފޮޓޯތައް އެހާ ހިތްގައިމެއް ނޫން.

    51
    8
  13. ވިސްނާވިސްނާ ބޯހަލާކު

    140 ކިލޯމީޓަރުގެ ދުރުމިން މާލެއާ ދެކުނުން މ.އަތޮޅުގެ ބޮޑު ބަޔަކާ އަދި ފ. އަތޮޅާ ހަމައަށް ފޯރާ! އުތުރުން ބ.އަތޮޅު އަދި ޅ.އަތޮޅަށްވުރެ ދުރު! މިވަރުގެ ދުރުމިނުބުރިޖެއް ކިހިނެތް މާލެއާ ތިލަފުއްޓާދެމެދަށް ފައްތާނީ ؟؟؟؟! ވިސްނާވިސްނާ ބޯހަލާކު! ވެދާނެ މިހަލަކަ ވިސްނުން އަންނަނީ ހިނދުކޮޅުަކަމަށް!

    41
    6
    • ކަނބުލޮ

      ކަލޯ އެބުނާހެން

      14
      4
  14. ރާއްޖެތެރެ

    މީ ވަރައް ނުރައްކާތެރި ލޯނެއްގެ ތެރޭން ނަގާ ބްރިޖެއް

    50
    7
  15. ޕީޕީ

    އަހަރެމެންގެ ސަރުކާރުގައި ތިޔަލޯނު ދައްކަން މިތިބީ ތައްޔާރަށް. މިސަރުކާރުން އަވަހަށް ތިޔަބުރިޖު އަޅާނިންމާބަލަ.

    32
    5
  16. ސީލާ

    އޮޅުވާލުމެއް.ނުވާނެ 2 އަހަރުން .

    9
    1
  17. ޙާމިދު

    2ވަނަ ފޮޓޯގެ ތަނބުތަށް ހުރިގޮތުންވެސް އަންދާޒާ ކޮއްލެވޭ ތި ބުރިޖްގެ ފެންވަރު.

    16
    2
  18. ޒާ

    އިނޑިއާއިން އައިޖީއެމްއެޗް ހެދީތީ އެމީހުން ރޭނި 4 ފާރު މިހާރުހުއްޓަސް އެބަޖެހޭ އިންދިރާ ގާނދީގެ ފޮޓޯ އެތާ އަދިވެސް ބަހައްޓަން. ހަމަ އެހެންމެ ތިޔަ ބުރިޖްގާ އިންޑިއާ ދިދަ ބަހައްޓަން ނުޖެހޭ ގޮތެއް ހަމަ ނެތްދޯ؟ ހުޅުމާލެ ބުރިޖްގައި ޗައިނާ ދިދައެއްނެތްގައިމު.

    21
  19. ޝުކުރިއްޔާ

    ރައީސްޔާމީންގެ ތަސައްވުރެއް މިސަރުކާރުގެ ތަސައްވުރެއްނޫން ޝުކުރިޔާ ރައީސްޔާމީން

    21
    1
  20. Anonymous

    އޭ ތި ބުރިޖުގެ ދެފަރާތުގަ އެހެރަ ދެ ޓަވަރު އެއީ ދިއްލީގަ ހުންނަ އިންޑިއާ ގޭޓްތަ؟

    19
  21. ހަޖަމް

    ހަމަ ގައިމުވެސް މިހާރު މިއޮތް ދަބަރު ބުރިޖައްވުރެން ޑިޒައިން ރީތި ހަޖަމުނުވިޔަސް

    5
    50
    • ހަޖަމެއްނުވާނެ

      ކުރެހުމުގައި ދަބަރެއް ނުޖަހާނެ ހެ ހޭ.. ތިޔަ ބުރިޖް ލޮލަސްފެނުން އުއްމީދަކީ ހަގީގަތަކަށް ވާނެހެނެއް ހިއެއްނުވޭ ..ބަލަން މިތިބީ

      21
    • Anonymous

      އޭބަލަ މިހިރަ މީހާ. ސިނަމާލެ ބުރިޖު ދަބަރަށް ހެދީ ކަލޭމެންގެ ރީނދޫ ސަރުކާރުން. ޔާމީނު އެތަން ހަދާ ނިންމާލިތަނުން ޔާމީނު ވައްޓާލާ ބުރިޖުގެ ދުވަސް ދުއްވާލީ މިސަރުކާރުން. ދެން ކަލޭމެން ތިތިބެނީ އިންޑިއާގެ ހޯލީގައި ބޭނުންކުރާހާ ކުލަތަކެއް ޖައްސާފަހުރި ފޮޓޯތަކަށް ބަލައިގެން އާޝޯހުވެފަ.

    • Anonymous

      ހެހެހެހެހެ ރަނުން ވިއްޔާ ރޭޕިސްތާނުން ބްރިޖް އަަޅަނީ. ރޭޕިސްތާންގެ ކޯރުތައް ހުރސްކޮއް އަޅާ ބްރިޖްތައް އަޅާ ނިމޭއިރު އަނެއް ކޮޅުން ބްރޮޖް ފައިބާ. ތި ބްރިޖްވެސް ވާނީ އެހެން . ރޭޕިސްތާންއަކީ ކަންކަން ކުރެވޭ ފެންވރުގެ ބައެއް ނޫން.

  22. ހަވާސާ އިބޫ

    ޖާބިރުގެ ކޭބަލް ކާރު ކުރެހުންތަށްވެސް ވަރަށް ސަޅި، ކިރީސަރުކާރުގެ އިހަވަންދިއްޕޮޅުގެ ތަރައްގީގެ ކުރެހުންވެސް ވަރަށް ސަޅި!
    އައިޖީއެމްއެޗު ގެކުރެހުންވެސް ވަރަށް ސަޅި ނިމުނިއިރު ގިނަ ޚިދުމަތްތަކެއް ނުދެވޭގޮޓަށް 30 އަހަރު ވީއިރުވެސް އިންޑިޔާގެ ވަކިތަކުން ނުނެއްޓެވޭގޮތަށް ތަންނިންމާފައި ހަވާލުކުރީ މަސައްކަތް ހަވާލުވިތާ 12 އަހަރު ފަހުން މިއީ އިންޑިޔާގެ ސްޕީޑު!

    25
  23. ނަން

    "މޭލް - ތިލަފުށި" ތަ ނޫނީ "މާލެ - ތިލަފުށިތަ" ހުވާ މިބުނީ ބޯހަލާކު.

    11
    1
  24. ފެންސިރު

    ކުރެހުން ވެސް ވަރަށް ކަޑަ. ހިއްގައިމެއްނޫން ކުރެހުމެއް. ޒަމާނީ ގޮތެއްނެތް. ރޔ. ތަރައްގީގެ ދުރުވިސްނުން ހަމައެކަނި މި ލިންކުންވެސް އެނގޭނެ. https://youtu.be/-I2jL4WeL8A ބަލާލަބަލަ

    27
    4
  25. ހުސޭނުބޭ

    އިންޑިޔާގައިވެސް އަދި ތިވަރު ބުރިޖެއް ނާޅާ! އެވަރު ބަޔަކު ކިހިނެއް މިތަނުގައި ބުރިޖް އަޅާނީ!

    26
    1
    • ބެން

      ބްރޯ އިންޑިޔާގަ އެބައިން 600 މިލިޔަން ޑޮލަރުގެ ބޮގިބީލް ބްރިޖް އަޅާފަ. ސަޅިކަމަކީ އެ ބްރިޖް އަޅަންވެސް މި މީހުން 16 އަހަރު ހޭދަވި. ކިހާވަރަކުން ދާނެބާ

      15
  26. ހާމިދު ޝާހިދު

    ވަރަށް އިންޑިއާ ވައްތަރު އެބަޖެހާ. އެމީހުންގެ މޮގުލް އެމްޕއަޔަރ ގެ ދުވަސްވަރުގެ ފައްޅިތަކުގައި ހުންނަ ޒާތުގެ މުންނާރެއް ތިހުރީ ދައްކާފައި. ވަރަށް ބޮޑަށް އިންޑިއާހެން ހީވަނީ. ކަމަކުނުދޭ. ގައުމު ދަރުވާލައިގެން މިއީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. ތިތަނުން ތަނބެއް ފެންމައްޗަށް އަރަން ކިހާ ދުވަހެއް ހޭދަވާނެބާ! އަބަދުވެސް މީގެ ކުރިން އިންޑިއާއިން ކުރާ ކަންކަން ވަގުތަށް ނިންމާލެވިފައެއް ނުވާއިރު، މަސައްކަތުގެ ފެންވަރު ދައްކަން ފާހަގަ ކުރެވޭ. އައިޖީއެމްއެޗަށް ބަލާލިއަސް، މައިޓް ބިލްޑިންގ އަށް ބަލާލިއަސް، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީއަށް ބަލާލިއަށް ފެންނަނީ މިމަންޒަރު. މަސައްކަތް ނިންމަން ކަނޑައަޅާފައި އޮންނަ ތާރީހު ފަހަނަ އަޅާދާތާ އެތައް ދުވަހެއްފަހުން މަސައްކަތް ނިންމަނީ. ޖީއެމްއާރު އަށް އެއަރޕޯޓް ދިނީމާވެސް، އެމީހުން ތިބޭތާ 3 އަހަރު ވެގެން ދިޔައިރުވެސް ބޮޑެތި ބިލްބޯޓްތައް ބެހެއްޓުންނޫން ކަމެއް އެމީހުނަކަށް ނުކުރެވުނު.

    23
    1
  27. އައްމަޑޭ

    ކިހިނެތްތޯ ކަނޑު ހުރސްކޮށް ބުރިޖެއް އަޅާނީ. ކޮން އިންޖިނިއަރިންއެއް ތޯ އޮތީ ބުރިޖު އެޅޭނެ. އަދި އެޅުނަސް ވެސް މެސް.

    16
    2
  28. ނުވަގުތު

    އެންމެ ދެރަވަނީ ވިލިނގިލީގައި މިހާރު އޮންނަ ރަށުވަންތަ މާޙައުލު ގެއްލިގެން ދިއުމުގެ ބިރު އޮތުމުން

    13
    4
  29. ޙހހހ

    އަމިއްލަ ޤައުމުގައި ތިފެންވަރު ބުރިޖެއް ތިބުނާ އިންޑިއާ ގައި އެމީހުންއެޅިތަ ،

    23
    1
  30. ސުވާލު

    ގީ ޓީ އޭ - 6

  31. ލަތީފުބެ2323

    އައްޑޫ މީހުންނަށް ފެނޭ؟؟

    6
    1
  32. ރަން ރީނދޫ

    އަ އްޑޫ މަގުތަކުގަ ތާރު އަޅަން ވެސް ދީނީ އިންޑި އާ އަށް، އަދި ހަމަ އެންމެ މަގެ އްގަވެސް ތާރު ނޭޅޭ 3 ައހަރު ވެ އްޖެ.

    20
  33. ޙ

    ކުރެހުން ދެއްކިދާނެ. އިންޑިޔާއިން ބްރިޖް އަޅައިދޭނީ މިނިވަންކަން ފޭރިގެންފަ. އެހެން ނޫނީ ތިކަމެއް ނުވާނެ

    15
  34. އޭނާ

    މޮޅުނަމެއް ޖަހާލުމަކުން ނުފުދެއެވެ

    14
  35. ޛޖޖ

    އިންޑިޔާ މީހުނަށް ބްރިޖް އަޅަން ނޭނގޭތީ އަޅަނީ ޗައިނާއިން

    15
  36. Anonymous

    ތިހެން ކިތައް ފަހަރު ދަޅަ ދައްކައިފިންތަ އަހަރެމެނައް. ގަބޫލެއް ނުކުރެވޭ. މިހާރުވެސް ކަލޭމެންވަނީ ބިއްލޫރިން ބްރިޖެއް އަޅާފައެއްނު. އޭގެ މަތީގައި ވިލިގިއްޔާ ގުޅީފަޅާއި ތިލަފުއްޓައް މިދަނީ. އެކަކުންޏެއް ހޮރުކޮންނަން ޖެހޭ އެކަކުންޏަކައް ވާވަރުން. ރައްޔިތުން މޮޔަހައްދަން ނޫޅޭ. ސްލޯމޭންއައް ނުވާވަރުން ކަންކަން ކުރަން އުޅުނީމަ ސޯޓުބޭލި އޮރިޔާން ވެފަ ތިއޮތީ.

  37. ޙާމަ

    ކުރެހުން ހިތްގައިމުވާނެ..ނިމޭއިރު އޮއްނާނީ އެއްބައި މަދުންހަދާފައި..

  38. Anonymous

    ސްލޯމޭންއަަކައް ނުވާނެ. މިހާރުވެސް ބޮއްލޫރި ބްރިޖްމަތީގައި އަހަރެމެން މިދަނީ ވިލިގިއްޔައް.

  39. Anonymous

    ތިކުރެހުމައް ބަލާލީމަވެސް އެނގިއްޖެ ތިކަމެއް ނުވާނެކަން.

  40. ީިޖޖޖ

    ތި ބްރިޖް އެއް އެޅުނަސް ވިލިގިލިން ހިގާލާފަ މާލެ ދެވޭނެ ކަހަލަ މަގެއް ބާއްވާތި. އަހަރެމެން ބޭނުން ހިގާފަވެސް މާލެ ދާން

  41. ޙހހހ

    އަހަރެމެން ދަރިންވެސް މިހާރު ތިހެން ކުރަހާލާނެ

  42. ޢިބޫ

    މިކަނ މިސަރުކަަރައް ވެއްޖެ ނަމަ މަގޭ ވޯޓު ދޭނަން. ޔަގީން

  43. ފުތާބެއްޔާ

    އެފްކޮންއިން ކޮއްފަހުރި މަސަކަތްތައް ވީކިޕީޑިއާއިން ފެންނައިރު އެމީހުން ބުރިޖްއަކަށް އަޅާފައިނީ ޗެނަބް ރެއިލްވޭ ބުރިޖް. އެމަސަކަތް 2002 ގަ ފަށާފަ 2009 އަކަށް ނިންމަންއޮތީ އެކަމު ސޭފްޓީ ކަންތަކާ ހެދި 2008ގަ ހުއްޓުނީ. އަލުން 2010ގަ މަސައްކަތް ފަށާ 2015 އަށް ނިންމަންކީ ބުރިޖް ނިމުނީ 2021 އޭޕުރީލްގަ.
    ސުވާލަކީ މިމީހުންގެ ގާބިލުކަން އެބަހުރިހޭ ގަދަ އޮއިވަރު ހުރިތަނެއްގަ ބުރިޖެއް އަޅަން؟ އަދި ކިހާ ދުވަހެއް ވާނެތޯ އެ ބުރިޖް ނިންމަން؟

  44. ޑަރޯގާ

    ތިޔާގެން ސިފަ ވަނީ އިންޑިޔާގެ ހިންދޫން ހޯލީފާހަގަކުރަންކުރަހާ ރަންގޯލީއެއް. އެއްވެސް ކަހަލަ ޒަމާނީގޮތެއް ފިވެހިވަންތަގޮތެއް ސިފަނުވޭ. އެނގިދާނެތާ ރައީސްޔާމީންގެދައުރުޗައިނާސަރުކާރުން ބުރިޖްއޅާތީ އަގުބޮޑުކަމުގެ ހޯއްގޮވާހެދި ބައިގަނޑުމީ.

  45. Anonymous

    މިސަރުކާރުގެ ވެރިކަމެއްގަ ކުރެވޭނެ ވަރަކީ ތީ އެކި ވައްތަރުގެ ކުރެހުން ކުރެހުން ، ދެން ނުވެހުރި ކަމެއްވާނެ ނަޝީދުގެ އަނގައިން.

  46. ށުމަން

    ތިހެން ކުރެހުން ދައްކައިގެން ފޭރި ގަން ނާނީ މި ގައުމުގެ މިނިވަންކަން. ...
    މި ސަރުކާރަކީ .އިންޑިއާ.ގެ ޕަޕެޓެއް.

  47. ތުއްތުފިކުރު

    ހަހާ . މިފަހަރު ވަރަށްވެސް ތަފާތު ހިޔާލީ ދަންތުރާގެ ކުރެހުން. އިންތިހާބާ ގާތްވާވަރަކަށް މިބާވަތުގެ ތަފާތު ހުނަރުވެރި ހިތްގަ އިމު ހިޔާާލީ ފޮލާގެ މަންޒަރާ ފޯރިގަދަވާނެ.

  48. ޒުހައިރާ

    ކުރެހުމެއް ހިތްގައިމު ވުމަކީ ބްރިޖް އެޅުމެއްނޫން އުޑުގައިވާ ހަނދުވެސް އިރުވެސް ވަރަށް ރީތި ކިތަންމެ ރީއްޗަށް އަހަރެމެންނަށް އެ އާއި ހަމައަށް ނުދެވޭ އަތްނުލެވޭ...