މަގުމައްޗަށް ވެއްޓިފައި އޮތް ވޮލެޓެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހާއަކީ އޮގަސްޓް 7 ވަނަ ދުވަހުގެ ވަގުތެއްގައި ވައިލެޓްމަގު އައިޓަމައިޒް ފިހާރަ ކައިރިއަށް ވެއްޓިފައި އޮތް ވޮލެޓެއް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ. މި ވޮލެޓަކީ އެފިހާރައިން ވިޔަފާރިކުރުމަށްފަހު ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ވޮލެޓެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ވީޑިއޯ އިން ފެންނަ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 494292 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފް އޮފިޝިއަލް

    އެއީ ވަގަށް ނެގި ކަމަކަށް ނުވާނެ

    5
    1
  2. ހާލުފޮޅި

    ވައްކަން ކުރުމަކީ ގޯސްކަމެއް.. އެކަމަކު މަގުމައްޗަށް ވެއްޓިފަ އޮންނަ އެއްޗެއް ނެގުން ވާނީ އެއްޗެއް ހޮވިކަމަށް ދޯ.. އެއަށް ކިޔާނެތަ ވަގަށްނެގުން؟؟؟

  3. ސަދޫމް

    މީހެއްގެ އަމަލެއް ވައްކަމަކަށް ވާނީ އޭގައި ކޮން ޝަރުތެއް ހުރެގެން؟

  4. ގުދުގުދާބެއްޔާ

    މިހެން މިވަނީ ފަހަތު ޖީބައް އެއްޗެހި ލާތީ! ފަހަރު ޖީބައް ވޮލެޓްލާން އާދަކޮއްފައިވާ ވަރަށް ގިނަ މީހުންނަށް ބޭރުގައުމުތަކަށް ގޮސް އުޅޭ އިރު ހުރިހާ ޑޮލަރ ކޮޅު ގެއްލިފަ އެބަހުރި! ބާރު ޖިންސެއްލާ ކުރިމަތީ ޖީބައް ވޮލެޓް ލުމަކީ ސޭފްކަމެއް!