ދުއްވާފައި ދިޔަ ސައިކަލެއް ޖެހި މާފަންނުގައި ހުންނަ އިހުސާން ސްޕޮޓް ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފިއެވެ.

އެ ފިހާރައިން މައުލޫމާތު ދިން ގޮތުގައި، އެ ފިހާރައިގެ ބޮޑު ދޮރާއި ދިމާލު ބިއްލޫރިގަނޑުގައި، ދުއްވާފައި ދިޔަ އެ ސައިކަލު ޖެހުނީ ކޮންޓްރޯލް ނުވެގެން ގޮހެވެ.

މިއަދު މެންދުރު ފަހު 15:05 ހާއިރު ހިނގި ބި ހާދިސާގައި އެ ބިއްލޫރިގަނޑު ވަނީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފައެވެ.

އެ ފިހާރައިން ބުނީ، އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށްވެސް އަނިޔާތަކެއް ވި ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

އެވަގުތު ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ.

އިހްސާން ސްޕޮޓްއަކީ ކޮސްމެޓިކްސްއަށް ހާއްސަ ފިހާރައެކެވެ. މި ފިހާރަ ހުންނާނީ މާލޭގެ މުރަނގަ މަގުގައެވެ.

މި ފިހާރައިގެ އެންމެ ތިރީ ފަންގިފިލާއިން އެތައް ވައްތަރެއްގެ، އެތައް ބްރޭންޑެއްގެ ކޮސްމެޓިކްސް ލިބެން ހުންނާނެއެވެ. އަދި ފުރަތަމަ ފަންގިފިލާއިން ގޭތެރެއަށް ބޭނުންވާ އެތައް ސާމާނެއް ލިބެން ހުންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު