ދިވެހި ފިރިހެނަކު ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯއެއް އާއްމުކޮށްފިއެވެ.

ރާއްޖޭގައި ދިރިއުޅޭ އެފިރިހެން މީހާ ބަރަހަނާ ވީޑިއޯއެއް އާއްމުކޮށްފައި ވަނީ މިއަދު އެވެ.

ޓިކްޓޮކްގެ ގަވައިދުތައް ބުނާ ގޮތުން ވެސް ބަރަހަނާ މަންޒަރެއް އެ ޕްލެޓްފޯމްގައި އާއްމު ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް ބަރަހަނާ ވީޑިއޯ އާއްމުކުރި ދިވެހި ފިރިހެން މީހާގެ އެކައުންޓް އަދި ބްލޮކް ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އެމާއްދާ ބުނާ ގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.

ނަމަވެސް މިމައްސަލަ ފުލުހުން ބަލަމުން ގެންދާކަމެއް އަދި މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޓިކްޓޮކްގައި ނިވަކަން ކުޑަ ހެދުންލައިގެން ވީޑިއޯ އާއްމު ކުރާ ދިވެހި އަންހެނުންގެ އަދަދު ވެސް ވަރަށް ގިނައެވެ. އެކަމާއި ގުޅިގެން އެފަދަ އަންހެނުންނަށް މީސް މީޑިއާގައި ފާޑުކިޔުން ވެސް އާއްމުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާރތް އިސް އަވާރ ޕްލޭގުރައުންޑް ލެޓްސް ޕުރޮޓެކްޓް އިޓް

    132 ވަނަ މާއްދާގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. ނަމަވެސް ގުނަވަންތަށް ފާޅުވާގޮތަށް ފޮތިކޮޅެއް އެޅުން ނޫނީ ގަޔައް ބާރުކޮށް ހުރުން 132ވަނަ މާއްދާ ތެރެއަކަށް ނުވަދޭ. ބޮޑުކަމެއްނުމީ. އަމެއްލަ އަތުން ހަދާ ގާނޫނުތަށް މީ މަގުފުރެދުން ބޮޑެތި ގާނޫނުތަކެއް.

    110
    7
  2. ޏައުށާޒު

    ސްނެޕްގައި ތިގަނޑުގަންނަ މީހުންބައިވަރު! ޢަންހެނުން އެބައުޅޭ ބަރަހަނާވެެގެން ލާރިހޯދައިގެން ދިރިއުޅޭމީހުން. 200ރ އަ ށް 3 ބަރަަހަނާ ފޮޓޯ ނޫނީ 500ރ އަ ށް 1 އަވަރ ޖަހައިގެން ލާރިހޯދާ ހެސްކިޔާފަ.

    8
    2
  3. ޖަމީލް

    ދެން މަޖްލިސް ރައީސް ޓިކް ޓޮކް ގަ ނޫންވީމަތަ އޯކޭ ވީ؟

  4. ނަން

    މާލޭ މަގުމަތީ މިއަށްވުރެ މާ ހުތުރު ގޮޮތަކަށް ބަރަހަނާ ކޮށް އޮށްވާ މިދިޔަމަހު ދިވެހި ފިރިހެނެއް ފެނިފަވޭ....

    10
  5. އަލީ

    ވެލެޒިނީ މުރުތައްދުވީމާ ބުނީ މޮޔައެކޭ. ވެލެޒިނީގެ ކޮއްކޮ ﷲ ގެ ރަސޫލާ ގަބޫލުނުކުރަމޭ ބުނީމާ ދިނީ އޭޖީ އޮފީހުގެ އިސް މަގާމެއް. ތިމީހާއަށް ވެސް މިސަރުކާރުން ދޭނީ ބޮޑު އިނާމަކާއި ބޮޑު މަގާމެއް. އަދަބެއް ދޭން ޖެހިއްޖެ ނަމަ ބުނާނީ މޮޔައެކޭ.

    16
    1
  6. މަޖީދު

    ތީ ތިކަލޭގެ އާއްމުކަމެއް. ޕޮލިހުން އޭނަ ހިފާ ހައްޔްރުކޮށް ހައްގު އަދަބު ދިނުމަށް ޖެހިލުންވާ ސަބަބު ފުރަތަމަ ތިޔަ މީޑިޔާއިން ހޯދަންވީނު.