ދިވެހި ފިރިހެނަކު އަމިއްލައަށް ބަރަހަނާ މަންޒަރު ވީޑިއޯކޮށް އެމަންޒަރު މީސް މީޑިއާގައި އާއްމުކުރިތާ ގަޑިއިރުތަކެއް ވީއިރުވެސް ފުލުހުން އަދިވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.

އޭނާ ވީޑިއޯ އާއްމުކުރީ ރޭގެ ވަގުތެއްގައި ކަމަށް ވެއެވެ. ވީޑިއޯ އާއްމުކުރި މައްސަލަ ސަމާލުކަމަށް ގެނެސް "ވަގުތު" އިން އެމައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު އެވެ. ބަރަހަނާ މަންޒަރު އަމިއްލައަށް ވީޑިއޯކޮށް އެވީޑިއޯ އާއްމުކުރި މީހާގެ މައްސަލަ ފުލުހުން ބަލަމުން ގެންދޭތޯ ނޫސްވެރިން ސުވާލު ކުރަމުން އަންނަތާ ނުވަ ގަޑިއިރު ވީއިރުވެސް ފުލުހުން އެމައްސަލައިގައި އެއްވެސް އެއްޗެއް ނުބުނެއެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އެމާއްދާ ބުނާ ގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.

ބަރަހަނާ ވީޑިއޯ އާއްމުކުރި މީހާ ހައްޔަރު ނުކުރާތީ ބައެއް ފަރާތްތަކުން ވަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމައްސަލައިގައި ކަންބޮޑުވުން ފާޅުކުރި އެކަކު ބުނީ "މަޑުކަށި ހުންނަ މީހުން" ސަރުކާރަށް ނުފެންނަ ކަމަށާއި އެފަދަ މީހުންނާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ. "މަޑުކަށި ހުންނަ މީހުން މިސަރުކާރަކަށް ނުފެންނާނެ. އެފަދަ މީހުންނާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ވެސް ނާޅާނެ. މައްސަލައެއް ވެސް ނުބަލާނެ." އޭނާ ބުންޏެވެ.

އިތުރު މީހަކު ބުނީ މިއަދު އެކަކު ބަރަހަނާވުމުން އެމައްސަލަ ނުބަލައި ހިންދާލުމާއިއެކު މާދަމާ އެތައް ބަޔަކު މިގޮތަށް ބަރަހަނާ ވެގެން އާއްމުންގެ ކުރިމައްޗަށް ނިކުންނާނެ ކަމަށެވެ. ވީޑިއޯ އާއްމުކުރި މީހާގެ މައްސަލަ ފުލުހުން ނުބަލަނީ އެފަދަ ކަންކަން ކުރަން މީހުންނަށް ހިތްވަރުދޭން ކަމަށް ވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަދުލުއިންސާފު

    ޤާނޫނުލްއުޤޫބާތުގަ ކޮންމެ އެއްޗެކޭ އޮތަސ ސް އޮރިޔާން ފޮޓޯ ނެގުމާ ބެހެއްޓުމަކީ ކުށެއްކަމަށް ޕޮލިސް އާއި ޕްރޮސެކިއުޓަރ ޖެނެރަލް މިހާރު ބަލާމަކަށް ނުފެނޭ. މިދޭތެރޭން ދެމަފިރިޔަކު އޮރިޔާން ފޮޓޯ ނަގާ އެކަކުއަނެކަކަށް ފޮނުވާފަ ހުއްޓާ އެހެންމީހަކާ ހެކްކޮށްގެން އެފޮޓޯތައް ލީކުކޮށްލި މައްސަލާގަވެސް ފޮޓޯ ނެގި ދެ މީހުންގެ ތަހުގީގު ޕޮލިސް ނުކުރޭ. ޕީޖީ ވެސް އަޅާނުލާ.

  2. ޜަނާ

    މިކަމާ ޒައިދުއާ ޢިޔާޒު ބުނަނީ ކީކޭބާ

    • ކަބަޑު

      މިކަމަކާ އެއްޗެއް ބުނާނެ މީހެއްނުވާނެ އަންހެނަކު ކުރި ކަމެއްނަމަ ފަންސާހުން މަތީގަ ކޮމެންޓުތައްވެސް އޮންނާނީ.

  3. މިތުރާ

    ކީއްކުރަން އޭނާ ހައިޔަރު ކުރަނީ؟އެހެން ހަބަރެއްގަ އޮތް ބަޔަކު މީހަކު ބަރަހަނާ ކޮށްފަ ވީޑިޔޯ އާއް މު ކުރިވާހަކަ؟ އޭނާގެ ކުރިން ހަށްޔަރު ކުރަން ޖެހޭ ބަޔަކުވެސް ހައްޔަރު ނުކުރޭ، ހަށްޔަރު ނުކުރުން ކޮބާ ތަފާތަކީ އެއްދޮރުން ވައްދާފަ ވަލު ދޮރޯށިން ނެރޭނެ، މީވާ ގައު މެއް!

  4. އުއްތަމަ އުސްތާޛް

    އޮރިޔާން ކާޑު އުފެއްދުން
    އޮރިޔާން ކާޑު ގެންގުޅުން
    އާން މު ތަނެއްގައި ޖިންސީ ގުނަވަން ހާ މަކުރުން
    އާން މު އިޖްތިމާޢީ މިންގަނޑާއި ޚިލާފުވުން
    އަ މުރަށް ނުކިޔަ މަންތެރިވުން
    ޖިންސީ އަމަލަށް ހިތަވަރުދިނުން
    ކިތައް ކުށް ކުރީ މަތަ ހައްޔަރުކުރަނީ

    7
    1
  5. ތެދު ބަސް

    މިޤައުމުގެ އެންމެ ލޭޒީ މުވައްސަސާއަކީ ޕޮލިސް، ކިރިޔާ ސިޔާސީ ތަޙުޤީޤު އެކަނި ކުރެވޭ ވަރު ވަނީ

  6. Anonymous

    ޤާނޫނުލްއުޤޫބާތުގަ ކޮންމެ އެއްޗެކޭ އޮތަސް، މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރިޔަސް އަދި ވަގުތު" އިން އެމައްސަލަ ރިޕޯޓްކުރިޔަސް ފުލުހުންނަށް ތިމައްސަލަ ބެލޭނީ ފުލުހުންނަށް ހެކި ނޫނީ ތިވީޑިއޯ ފެނިގެން. ބަޔަކު ރިޕޯޓު ކުރިޔަސް އަދިނުވާނެ

    2
    2
  7. ބަމްފޯޑް

    އެ އޯކޭ. އެމީހުން ވަރަށް ބިޒީޔޭ ދީނީ ހަރުކަށި މީހުން ހައްޔަރުކުރުމުގަ. މިހާރު މިސަރުކާރުގަ އެވަރު ބޮޑު ކުއްކުރާ ބައެއްނެތެއްނު.

  8. ވިސްނާ

    މިޒާތުގެކަންތަކަކީ އާދައިގެކަމަކަށްވަނީތޯ އެހެންވެތޯ ޢޭނާހައްޔަރުކޮށްފައިނުވަނީ ދެންމައްސަަލައަކަށްވަނީ ފެނިވަޑައިގަންނަވާކަމެއްތޯ ، ނުވަތަ ކުރައްވަންބޭނުންކަމެއްތޯ
    ޒާތީކަމެއްގެގޮތުން ނުވަތަ ޝައްގެމަށްޗަށްނަމަވެސް ނުވަތަ ކުރަންބޭނުންވާކަމަކަށްވާތީ
    ރައީސްޔާމިން ޖަލުބަންދުކުރުން ނަމޫނާއަކަށް ތިބޭފުޅުންވެސް ބައްލަވަނީތޯ ނަމަވެސް
    އެންމެފުރަތަމަ ޢަދުލުއިންސާފަށް ވިސްނާވަޑައިގަތުންއެދެން

  9. ހުސެން

    މަޑުކަށި މީހެއް ސީޕީ އަކީ ދެނޯ ދެން ކިހިނެއްވާނީ.

  10. ނަޖީބު އައްބާސް

    އޮޅިގެންވެސް ތިކަންވޭދާނެ! ނެޓުމެދުވެރިކޮއް ދިވެހިން އެމެންގިނައިން ވަންނަނީ ކޮންކަހަލަ ސައިޓުތަކައްތޯ