ފެންކުޅިކުޅުމާއި ސިޔާސީ ޕާޓީއެއްގެ ދިދަ ހޫރުމާއި ތަފާތު ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ދިފާއުގައި ދީނީ އިލްމްވެރިޔާ އަލީ ޒައީދު ތެދުވެއްޖެއެވެ.

ޒައިދު މިގޮތަށް ވިދާޅުވެފައި ވަނީ އިއްޔެ ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި ފަސް އަަހަރުގެ ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގައުމީ ދިދަ އާއި ޕީޕީއެމްގެ ދިދަ ގޭގެ ކުޑަދޮރުން ހޫރާލި މައްސަލައާ އިމްރާންގެ މައްސަލައާ އަޅާ ކިޔަމުން ދާތީއެވެ.

އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި، ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދި މައްސަލައިގައި އިމްރާން ޖަލަށްލި ފަހުން، ގޭބަންދުގައި ހުންނެވިއިރު އިމްރާން ގޭގެ ބެލްކަންޏަށް ނިކުމެ ވަޑައިގެން އީދު ކުޅިވަރުގައި ބައިވެރިވެ ވަޑައިގެންނެވި މައްސަލައިގެ ވާހަކަތައް މިހާރު ދަނީ ދެކެވެމުންނެވެ. އެކަމަކު އެފަހަރު އިމްރާނަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސް ރައީސް ޔާމީނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމާއެކު އެ ވާހަކައިގެ އަޑު ގަދަވެއްޖެއެވެ.

މިއަދު ޒައިދު ވަނީ ފެންކުޅި އާއި ސިޔާސީ އެއްވުމެއްގައި ސިޔާސީ ދިދައެއް ހޫރުވުމާއި ތަފާތު ކަމަށް ވިދާޅުވެ ވާހަކަ ދައްކާފައެވެ. އެގޮތުން ޒައިދު ވިދާޅުވި، ދިދައަކީ އެއްވުމަށް ޖޯޝް ދެއްވުމެއް ކަމަށާއި، އެއީ ބައިވެރިވުމެއް ކަމަށެވެ.

"އަޅުގަނޑު ނޭދެން އެއްވެސް ބޭފުޅަކަށް ފިޔަވަޅެއް އަޅާކަށް، ނަމަވެސް ފެންކުޅި ކުޅުމާއި، ސިޔާސީ އެއްވުމަކަށް ދިދަ ހޫރުވުމާއި ތަފާތުވީމަ އެ ވާހަކަ ހިއްސާކޮށްލީ". ޒައިދުގެ ޓްވީޓްގައި ވެއެވެ

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. މާޟީ

  ކޮންމެ ގޮތެއް ވިއަސް 2023 ގެ ފަހުން ޖަލުގޮޅި ތައްޔާރު ފެންކުޅި ކުޅެން ތައްޔާރައް ހުރޭ....

  46
  3
 2. ރީތި މޫސަ

  ސޭހް ދޮގެއްނުހަދާނެ ތީހަމަތެދެއް އެކަކުފެންކުޅި ކުޅުނީ މަގުމަތީގަ ކުޅިވަރު ކުޅޭބަޔަކާއިއެކު، އަނެކަކު ދިދަހޫރުވީ މަގުމަތީގަ ދިދަހޫރުވިބަޔަކާއިއެކު ދެމީހުންވެސް ތިބީގޭބަންދުގަ

  32
  2
 3. ގލ

  ރ ޔާމީން ސަޕޯޓަރުންނަށް ގައުމީ ދިދަ ވިހުރުވާ ލެއްވީ ރަނގަޅަށެވެ އެއަ ކު ގޯހެއްނެތެވެ އެ ކަން ގޯސް ޮކށްގެން އުޅެނީ ސިޔާސީ ބޭނުމެއްގައެވެ އިމްރާނު ފެން ކުޅި ކުޅުން
  މާގޯހެވެ.

  43
  2
 4. ރަދީފް

  ޒައިދު ކަލޭގެ ލަދު ކޮބާ؟؟

  44
  1
 5. ދިވެހިން

  މިއީ ސޭހެއްނޫން ސިޔާސީމީހަކާއި ވައްތަރީ

  45
  1
  • ސަކޫން

   ތިބުނާހެން މީ ހަމައެކަނި ސިޔާސީ ކަމެއް . މިއަކު ދީނީ އެއްވެސް ކަމެއް ނުހިމެނޭ . ޢެހެންވީމަ ބުނެވޭނީ ސިޔާސީ މީހެކޭ. ޒަައިދު ކީއްވެެބާ ޔުނެސްކޯ މެދުވެރި ވެގެން 7 ،8 ،9ގެ ކުދިންނަށް ލާދީނީ ކަންތައްތައް ކިޔަވައިދިނީމަ އެކަމާ އެއްޗެއް ނުބުނީ. ސަރު ކާރުން ކުރުވީމަ އޯކޭދޯ ދީނާ ޚިލާފްވިޔަސް .

   36
   1
 6. ޝޮކްތެރަޕީ

  ބަސް ބުނަން ކެރެނީ ވަކި ބަޔަކާ ދެކޮޅައައްތަ؟

  33
  1
 7. ޢަބްދުﷲ

  އިމްރާނުގެ ދިފާއުގައި ޒައިދު : " ފެންކުޅިކުޅުމާއި ސިޔާސީ ޕާޓީ އެއްގެ ދިދަ ހޫރުމާއި ތަފާތު"

  14 ސިކުންތު ކުރިން ( ސެޕްޓެމްބަރު 11, 2021 )

  އެއީތެދެއް އިސްލާމީ ގައުމެއްގައި އިސްލާމްދީނަށް ނަސުރު ދޭނަމޭ ބުނާ ވެރިޔަކު

  ދިދަހޫރުމަކީ އެދީނަށް ނަފުރަތު ކުރާ މީހުނަށް ވަރަށް އަސަރުވެސް ކުރާނެ ކަމެއް.

  ކުލަފެން އެއީ އިސްލާމް ދީން އުނިކަމަށް ގަބޫލް ކުރާމީހުން ނާއި ޣައިރު މުސްލިޮމުން

  ގެ ދީން މަތިވެރި ކުރުިމަށް ކޮންމެހެން ކުރަން ޖިހާދު ކުރާން އޮތް ހަމައެކަނި މަގު.

  India Out # India Out # India Out #

  رئيس يامين عبد القيوم ވަގުން ވަގްތައް މިނިވަންކުރޭ #

  މިކޮމެއްޓް ފެންނާނެބާ ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  29
 8. އަބޫ ބަކުރު ބިން އަހްމަދު

  އަޅުގަނޑަކީ އެތްވެސް ސިޔާސީޕާޓީ އަކަށް ތާއިދުކުރާމީހެތްނޫން އަޅުގަނޑު ހިތައްއަރަނީ ޝޭޙް ޒައިދު މީ ހަމަ ޝޭހެތްބާއޭ ނޫނީ ސިޔާސީ ބޭގުޅެއްބާއޭ ސިޔާސީ ކަކްކަން އެތްކާރިކޮއްލާފަ ދިނީ ނަސޭހަތްދީ ހަދަން މާރަނގަޅުވާނެ މީހުންގެ ލޯބިވެސް އިތުރުވާނެ މިހާރުގިނަމީހުން ޒައިދު މެންނެތް ބަލައެތްނުގަނޭ

  32
 9. ސޫއޫދު

  މީދެންކާކު ހުރިހާތަނަކައް އަނގަބާނަމުންދުވަނީ ކެރޭނަމަ އިންތިހާބުތަކާ މުރިމަތިލާބަލަ ސައިޒުފެއްނާނޭޭ 1 ވޯޓްވެސްލިބޭނެހެނެއްހީނުވޭ

  26
  2
 10. ހުސޭނުބޭ

  ފިތުނަ އުފެއްދުމަށް ޝައިޚް ޒައިދު ހާދަ މޮޅޭ! ލަނޑަޔާ ވާނީ ލަނޑަޔާ!

  27
  1
 11. Anonymous

  ތިހާ ޝައިޚްވެ ދީނީ ފަގުޑި އަޅައިގެންއުޅުއްވާ ބޭކަލުން ވަކިފަރާތަކަށްޖެހި ވަކިމީހެއްގެ ދިފާއަށް އަޑުއުފުލާ ގޮވެލިފަތި ގޮވާތީ ތިބޭފުޅުންގެ އިޚްލާސްތެރިކަމާއި އިންސާފަށް ލޯބިކުރާގޮތާއިމެދު ސުވާލު އުފެދޭ،؟؟ ޝައިޚް އިމްރާނު ގޭބަންދުގައިހުރެ އީދުމަޖާކުރަން ބޭނުންވީ ބެލްކަނީއަށް ނިކުމެ ކުލަފެންއުކަންވީމަ އެކަންކުރީ، ރ.ޔާމީނުގެ ޕާޓީއާއި ސަޕޯޓަރުން ބޭއްވި އެއްވުމުގައި އެމަނިކުފާނަށް ފެންނަ ހިސާބުގައި ސަޕޯޓަރުން ތިއްބަވާ ތަރުހީބުދިނީމަ އަގު ވަޒަންކުރުމުގެގޮތުން އެމަނިކުފާނު ބޭނުންވީ ކަމާއިގުޅޭ ދިދަތަކާއި އަތްޕުޅު ހޫރައިގެން ސަލާމްކުރަންވީމަ އެކަންކުރޭއްވީ، ބަޔަކަށް ހަޖަމުނުވެގެން އުޅުނަސް އޮނގޭ އެއްޗަކީ ރ.ޔާމީނުގެ ގައުމަށްލޯބިކުރާ މިންވަރާއި ޝައިޚު އިމްރާނަކީ ކުލަބޯނޑިއަށް ލޯބިލުރާ ޕްރައިސްލެސް އެއްކަމެވެ.

  29
 12. ށޭކު

  ދީނީ ގޮތުންތޯ ގޯހީ

  14
 13. ޕެކެޓް

  ކަލޭ ޕެކެޓ ހޫރިވާހަކަ ތި ދެއްކީ.ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނޭ ބުނާހެން ތިމަމެންގެ އައްޕަކަމަށް ގަބޫލުކުރާ މީހާ ،އަންހެނަކަށް ހަދާލިގޮތް އެގުނީމަވެސް ބުނީ ކީކޭ ތިބައިގަޑު.

 14. ސޭލް

  ޒައިދަކީ، ވަކި ބަޔަކު ދިފާޢުކޮށް، ވަކި ބަޔަކަށް އެޓޭކް ދޭ ވައްތަރުގެ ސޭކެއްތަ؟

 15. ޢަދުރޭ

  ތީ އެކި ވައްތަރުގެ ކުޅި ހުއްދަކުރާ ބައެއް ކުޅިއެއް ވެއްޖިއްޔާ ސިޔާސީއެއް ނުވާނެ ތި މީހުންނަކަށް

 16. ޖާބެ

  އިސްލާމްދީން ހަލާކުކުރުމުގަ މިކަހލަ މީހުންގެ މުނާފިޤު ދަޢުރު ބޮޑުކަމުން މިހާރު އައްދު ފަހަނައަޅާގޮސްފި ސިޔާސީ ކަންކަން ދީނުގެ ނަމުގަ ޖީލުތައް އަދިރީގެ ތެރެޔައް ގޮސް ހަލާކުކޮށްފި .... އެއްވެސް ޕާޓީޔަކައް ސަޕޯޓްނުކުރާމީހުންވެސް މިހާރު ކަލޭމެންގެ މީހުންގެ ފިތުނަޔާހެދި ދުއްތުރާޔަކައްވެއްޖެ ޖާހިލުކަމުންހުސްވެފަ... ދުނިޔަވީ މުދަލާ ފައިސާގެ ދަހިވެތިކަމުގެ އިސްލާމްދީނުގެ އަސްލު އޮޅުވާލާ ބަޔަކައް ތިޔަމީހުންވެއްޖެ... މިޤައުމު ސެކިޔުލަރ ކުރުމުގަ ކަލޭމެންގެ ދައުރު މާބޮޑު ކޮންމެ ކަމެއްގަވެސް ހައްދެއް އޮއްނަންވާނެ..

 17. ކަނަ

  ދީނީވާހަކަދެއްކުމާއި ސިޔާސީތާކިހާއަޅައިގެންއުޅުމާއިވެސްތަފާތު

 18. މުއާޒް

  އިސްލާދީނުްގެ ރިވެތި އަޙްލާޤް ހަލާކުކޮށް މިގައުމު ހަލާކުކުރުމުގަ މިމީހުންނައް ނޭންގޭ ކިހާ ޖާހިލުކަންވެސް މިމީހުންގެ ކިބައިގަ ހުރީ ، އެބަޔަކު ޤަބޫލްކުރާ އުސޫލްތައް ވަކިބަޔަކައް ބަދަލްކޮށް ދީނުގެ ނަމުގަ ދޫވިއްކައިގެން ފައިސާކާގެން ފަލަވާ މީހުން މިއީ...

 19. ޙހހހ

  ރިހާކުރުފުޅި ވަަގަށްނެގުމާ ، ރިހާކުރު ކެއްކި ތެލި ވަގަށް ނެގުމާއި ތަފާތުވާނެ

 20. Anonymous

  ވަކި މީހަކާ ޖައްސާލައިގެން އުޅޭހެން ހާދަ ހީވެޔޭ
  ޙަސަދަވެރިކަމަޖީ ތިމާގެ ހެޔޮޢަމަލު ތައް ކައި ހުސްކުރާ ކަމެކޭ ކިޔާ އަޑު އެހިން
  ޝެއިޚު މިކަން ތަފްސީލް ކޮށްދެއްވުން އެދެން

 21. ރަން ރީނދޫ

  ދެން ހޫރާލާނީ ތިކަހަލަ ދީނީ ތާކިހާ އަޅައިގެން ދުނިޔެއާއި ހެދި ބޫތު ކައިފައި ތިބޭ ޝޭކުން،.

 22. ނަޝީދު

  މީނަވެސް މިހާރު ޝޭކުންގެ ތާޖް އަޅާގެން ހައްދުފަހަމަ އަޅާ ދާންފެށީ ދޯ މިހަރު ކަލެަަށް މީގެ ކުރިން ކުރި ޢިޚްތިރާމް މިހާރަކު ނުކުރާނެ.. ވަރަށް ސަލާމް....

 23. އަލީ

  ކުލަ ޖެހުމަކީ ހިންދީ ދީނުގެ ކަމެއް. ޒައިދަށް ޝުކުރިއްޔާ. ދީން ހިމާޔަށް ކުރެވޭ ރަގަޅަށް.

 24. ކެޔޮޅު

  އެހެންވިއްޔާ ކަލޭ ޖަލުގައިހުރިއިރު ޖަހާފޮޑީގެވަސްވެސް މާލެއަށްދުވާނެތާދޯ.

 25. ސޭކު

  ޖަލުގައި ބަންދުކޮށްފަ ތިބޭ ގައިދީންނަށް ރައީސް ހޮވަން ވޯޓުލެވެ. އަނެކަކު މިހަރަ ހުރެގެން ކޮންމެވެސް އެއްޗެއް މިޔޮށް ބޭރަށް އުކަނީ. އެވެސް އޯކޭޔޯ. އެކަމަކު ދިދައެއް ވިހުރުވާ ނުލެވެ؟ ކޮންކަހަލަ ކޮށި ވިސްނުމެއްގެ ސިޔާސްތެއްތަ މިއީ ؟! ޒައިދުގެ ތާކިހާ ނަގާ ވިހުރުވަބަލަ.

 26. Anonymous

  އާނ،، އަހަރުމެންނަށް ކަލެޔާ އިމްރާނާވެސް ތަފާތު. ދެން އުޅެންވީނު އެއްގޮތް ކުރަން. މީ ހޭ ދެބައިވެފައި ހުރިމީހެއްތަ.

 27. ވާނުވާ

  މިހިރަ ފެންނަ ސޭކު ޒައިދު 2 މީހުންވެސް ތިބީ ބަންދުގައި އެންވީމަ ހަމަހަމަވާނެ