ހދ. ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ %84 މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން ދުވާރު ހެދުމުގެ މަސައްކަތުގެ %89 އާއި ސަބްގްރޭޑް މަސައްކަތްތަކުގެ %65 އާއި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ %60 ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 16,518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38,916 އަކަ މީޓަރުގެ ސަރަޙައްދެއް ގާއިމުކުރުމާއި، 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުއަކީ 88.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.