ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒި ކުރުމަށް ލަވަކިޔުންތެރިޔާ މުހައްމަދު ފަރުހާދު ހިމެނޭހެން ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ސިވިލް ކޯޓުންފު ފުލުހުންގެ މައްޗަށް ކުރި އަމުރާއި ގުޅިގެން ހޯދަމުންދާ އިތުރު މީހުންގެ ތެރޭގައި، ކ. މާލެ، މ. އަޙްމަދީއާބާދު، މުބާޙް މުޙައްމަދު ޒަކީ (39އ) އާއި ކ. މާލެ، މއ. ސިލްވަރބީމް، އިސްމާޢީލް ފާޚިރު (49އ) އާއި ސ. ފޭދޫ، އަނބުމާގެ، ޢާއިޝަތު ނުޒުހަތު (40އ) ހިމެނެއެވެ.

މުބާޙް މުޙައްމަދު ޒަކީ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ ހޯމަ ދުވަހު 09:15 އަށް ކޯޓަށް ހާޒިރު ކުރުމަށެވެ.

ފާހިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ ހޯމަ ދުވަހު 11:15 އަށް ކޯޓަށް ހާޒިރު ކުރުމަށެވެ.

ނުޒުހަތު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ ހޯމަ ދުވަހު 11:00 އަށް ކޯޓަށް ހާޒިރު ކުރުމަށެވެ.

ލަވަކިޔުންތެރިޔާ ފަރުހާދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަ ދުވަހު 14:15 އަށް ކޯޓަށް ހާޒިރު ކުރުމަށެވެ.

ފުލުހުން ވަނީ މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.