ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫސިޓީގައި ކުރިއަށްދާ މުޒާހަރާގައި ބައިވެރިވި މީހުންގެ ގައިގައި ފުލުހުން މުގުރުން ތަޅައިފިއެވެ.

"ހައްޔަރުކުރޭ" ނަމުގައި ކުރިއަށް ގެންދާ މި މުޒާހަރާ ފަށާފައިވަނީ މިއަދު ހަވީރު 16:30 އެހާކަންހާއިރު އެވެ. އައްޑޫގެ ގިނަ ބަޔަކު ނުކުމެ ކުރާ މިމުޒާހަރާއަކީ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ފަރާތަކުން ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ބާއްވާ މުޒާހަރާއެވެ.

މި މުޒާހަރާގައި އައްޑޫގެ ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އެސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ.

މި މުޒާހަރާ އެސިޓީގެ ސިޓީ ސްކޮއާ ކައިރިން ފަށާފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ހިތަދޫގައި ހުންނަ ފުލުހުންގެ އިދާރާގެ ބައެއް ފުލުހުންނާއި ބައްދަލުކޮށް އެކަމުގައި ތުހުމަތު ކުރެވޭ ފުލުހުންގެ މީހާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ.

އެސިޓީގެ ފުލުހުންގެ އިދާރާ ކައިރިއަށް އެއްވުމަށްފަހު، މިހާރު މުޒާހަރާގެ ބައިވެރިން ވަނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަުތު ކުރެވޭ ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެފައެވެ.

އެސަރަހައްދުގައި ހަރަކާތްތެރިވި "ވަގުތު" ނޫސްވެރިއަކު ބުނީ، މުޒާހަރާ ކުރާ މީހުންގެ ގަޔަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހާ އަނިޔާ ކުރަން ފެށީ ފުލުހުންނަށް ޖާގަ ދހިނުމަށް ކޮންމެ ވެސް ވަރަކަށް މުޒާހަރާކުރާ މީހުން ފަހަތަށް ޖެހިފައި ތިއްބާ ކަމަށެވެ.

އަދި ފުލުހުން އާއްމުންނާއި ކުރިމަތިލުމަށް އަރައިގަތީ "ކުއްލި" އަކަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހަމަ ނުޖެހުމުގެ ތެރޭގައި މުގުރުން ތެޅުމުގެ އިތުރުން ބައެއް މީހުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ބައެއް އާއްމުންގެ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި ބައެއް ފުލުހުންނަށް ވެސް ވަނީ އަނިޔާ ވެފައެވެ.

"އެގޭ ބޭރުގަ ތިބި ފުލުހުންގެ ތެރެއިން ބަޔަކު ގޯތި ތެރެއަށް ވަދެ ނިކުތުމަށްފަހު ކުއްލިއަކަށް ގިނަ އަދަދެއްގެ ޕެޕަރ ސްޕްރޭ ޖަހަން ފެށީ. އެގަޑީ ބައެއް ފުލުހުން ދިޔައީ އާއްމުންގެ ގައިގައި ތަޅަމުން"

އޭނާ ބުނީ ގޮތުގައި ފަހުން ބޮޑު ހަމަ ނުޖެހުމަކަށް އެކަން ގޮސްފައިވަނީ އާއްމުން އޮއްގާ އުކަން ފެށި ހިސާބުންނެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާއިރު، އާއްމުން އެތަނުން ދުރު ކުރުމުގެ ގޮތުން އެފަދަ އިންޒާރެއް ވެސް ދީފައި ނުވާ ކަމަށެވެ.

މި ހަމަ ނުޖެހުމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީގައި މިއަދު ކުރި އިހުތިޖާޖުގައި ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިތުރު ތަފްސީލް އަންނަނީ....

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަމާ

    ރަނގަޅަށް ހެދީ.
    ފުލުހުން މައްސަލަ ބަލައި ފިޔަވަޅު އަޅަންދެން ކެތްނުކުރެވުނީމަ ތިހެދީ ހަދަންވާގޮތަށް.
    ފުލުހުންނަށް އިތުބާރު ކުރަންޖެހޭނެ. އެއީ ވަކިބަޔަކު ދިފާއުކޮށްފައި ވަކިބަޔަކު ނުކޮށް ތިބޭނެ ބައެއްނޫން.
    އެއީ މިގައުމުގެ ފުލުހުން. ވީމާ މައްސަލަ ބަލައި ނިމެންދެން ގޭގައި މަޑުކުރޭ.

    11
    75
  2. ޙހހހ

    ފުލުހުންގެ މިނިސްޓަރު އިމްރާނު ވިދާޅުވި ނޫންތޯ އުރަމަތީގައި އަދި ހިފާލުމަކުން ޖިންސީ ގޯނާއަކަށް ނުވާނެޔޭ

    54
    2
  3. ރަން ރީނދޫ

    ތި ވާނީ ކުރީ ސަރުކާރުގެ ކަމަކަށް. 😝🐊

    14
  4. ހައްހައް

    ފުލުހުން؟ ގައުމުގެ ޖޯކު

    9
    1
  5. މުރާދު

    މިފަދަ ނުބައިޢަމަލުތައް ނުހުއްޓި ކެތްތެރިކަން ކޮޅުންލާހިސާބަށްދިއުމުވެސް މައްސަލަބަލައި
    ފިޔަވަޅުއަޅަންދެން ކެތްނުކުރެވުނީމަ ހަދަންވާގޮތަށް ހެދީކަމަށް ދެކިލައްވާފަރާތަށް ބުނެލަން
    މިފަދަކަންކަމަކީ އަލަށްމިގައުމުގައި ހިނގާކަމެއްތޯ ؟ ފުޅުހުންގެ ޚިދުމަތް ދެއްވަންފެށީ މިގައުމުގައި އަލަށްތޯ ؟ ކަންކަމާުކުރިމަތިލައްވާއިރު ފުލުހުންގެ ވާޖިބަކީ ކެތްތެރިވުންތޯ ނުވަތަ
    އާމުންގެ ގައިގާ ތެޅުންތޯ؟ މުޒާހަރާކުރުމާ، ޝުޢޫރުފާޅު ކުރުމުގެ ހުއްދައެއްނޯވޭތޯ ؟މިކަންކަމަށް
    އަވަހަށް ޖަވާބެއްދެއްވާ