އިޓަލީވިލާތުގައި ދިވެއްސަކު އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ.
އިޓަލީވިލާތުގައި މަރާލާފައި ވަނީ އުމުރުން 44 އަހަރުގެ ހދ.ނޮޅިވަރަމްފަރު، ވައިމަތީގޭ މަހްމޫދު އިމާދެވެ.
އޭނާ އަކީ އިޓަލީވިލާތުގެ މީހަކާއި ކައިވެނި ކޮށްގެން އުޅޭ މީހެކެވެ. ނަމަވެސް މިވަގުތު އޭނާގެ އަނބިމީހާ އާއި ބަފައިބެ ތިބީ ރާއްޖޭގައެވެ.
ނޮޅިވަރަމްފަރުގެ ކައުންސިލްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު މީހަކު އިޓަލީވިލާތުގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ރަށުތެރޭގައި ވާހަކަދެކެވެމުންދާ ކަމަށެވެ.
"ރަސްމީ ސިފައެއްގައި އެމައުލޫމާތު ލިބިފައެއް ނެތް. ނަމަވެސް ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ރަށުތެރޭގައި ވާހަކަދެކެވޭ." އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަހްމޫދު އިމާދު މަރާލުމަށްފަހު ދަންޖައްސާފައި ހުރިކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭ ކަމަށެވެ.
"ތޫނު އެއްޗަކުން ވަރަށް އަނިޔާ ކޮށްފައިވާ ކަމަށް ވެސް ވާހަކަ ދެކެވޭ. ރަސްމީ ސިފައެއްގައި އެއްވެސް އިދާރާއަކުން މައުލޫމާތު ލިބިފައި ނުވާތީ އަޅުގަނޑަށް ވަކިއެއްޗެއް ދަންނަވާކަށް ނޭނގޭ." އޭނާ ވިދާޅުވިއެވެ.
ޝުކުރިއްރާ ރައީސް ޔާމީން.
ދިވެހި ރައްޔިތަކު އިހާނެތިގޮތަކަށް މަރާލި ވާހަކަ އިވުމުން ވެސް ކަލެއަށް އެވަނީ ކުޅިވަރަކަށްތަ؟ ތިހާ ހިއްހަރުވާކަށް ނުވާނެ. ކަލޭ ވެސް މަރުވާނެ، އަދި މަރުވާނީ ކޮންގޮތަކަށް ކަމެއް ކިހިނެއް އިނގެނީ؟
މައްޔިތާގެ ފާފަ ފުއްސަވާދެއްވާ އާއިލާއަށް ކެއްތެރިކަން ދެއްވުން އެދި ދުއާކުރަން.
ޔާމީން ތިހިރީ ކަލެއާ ރަގަޅަށްވެސް އަވަލާފައި..
މިވެސް ކޮމެންޓެއްތަ؟ ލިޔެފައި އޮތް ޚަބަރާއި އޮތީ ކޮން ގުޅުމެއް؟
، ކީއްވެ؟
މަ އްޔިތާ އައށް ހެޔޮ ރަހްމަތް ލަ އްވާ އާއ އިލާ އަށ ކެ އްތެރިކަން ދެ އްވާށި
މި ސަރުކާރަށް އެނގޭނީ މޯދީ ފައްޅީގެ ކަންތައްތައް
އިޓަލީގެ ފަތުރުވެރިން ބޯއިކޮޓް ކުރެވޭކަށްވެސް ނެތްދޯ؟؟
މްއްޔިތާ އައށް ހެޔޮ ރަހްމަތް ލަ އްވާ އާއ އިލާ އަށ ކެ އްތެރިކަން ދެ އްވާށި އާމީން
އަންހެނުންނާ ބަފައިބެ ރާވައިގެންކުރިކަމަކާ ވައްތަރު.
އޭނާ އެކޮޅުގައި ބަހައްޓާފައި ބަފައިބެ އާއި އަންހެނުން އައީ ކީއްވެ. ތިދެމީހުން ހިފަހައއްޓައި ސުވާލުކުރޭ
ﷲ، މަޙްމޫދް ޢިމާދުގެ ފާފަ ފުއްސަވައި، ކަށްވަޅު ތަނަވަސް ކުރައްވައި، ޖަންނާތުލް ފިރުދައުސް މިންވަރު ކުަރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން
ރަސްމީ ސިފައެއްގަ އެއްވެސް ހަބަރެއް ނެތޭ ކިޔާފަ ދެން ސުރުހީ ތި ލިޔަނީ ކީއްކުރަން.
ކާފަރު ފަރަންޖީ އަންހެނުންނާ އިންނަ ދިވެހި ފިރިހެނުންނަށް އިބުރަތްތެރި ފިލާވަޅެއް.
ތިވާނީ އިސްލާމީ ހައްދު ފަހަނެޅި ބަޔަކު ކުރި ކަމަކަށް
މައްޔިތާގެ ފާފަ ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.
މީހެއްގެ މަރުގެ ޚަބަރު ލިބުނީމަ ތިމާއަށް ވެސް އަންނާނެ ދުވަހެއްކަން ހިތަށް އަރާނަމަ ކޮންފަދަ.
އެމީހެއްގެ ފާފަ އުފުލާނީ އެމީހަކީ. ވަކި މީހެއްގެ ބޮލުގައި ތިމާ ނަފްރަތު ކުރާތީ ކަންކަން އެޅުވުމުގެ ބަދަލުގައި ކޮންމެ ކަމެއްވެސް ޙަޤީޤަތް ހާމަ ވޭތޯ ބެލިއްޔާ މާރަނގަޅުވާނެއެއްނު
ޖަނާޒާގައ ބައިވެރިވުމަކީ ވެސް ވ. ޘަވާބާއި ދަރުމަ ލިބޭކަމެއް. އަދި ނުދެވުނަސް އެމައްޔިތާއަށް ހެޔޮދުޢާ ކޮަށްލައިދީގެން ވެސް އަހަރެމެންނަށް އިތުރު ޘަވާބު ހޯދެން އޮއްވާ މާ ސިޔާސީވެގެން ކޮންފައިދާއެއް ފަހުންވެސް ކުރާނީ.
އަޅަމެން އެންމެނަށް ހެޔޮވިސްނުން ދެއްވާށި އާމީން